ހާމަކޮށްދެއްވުންތަކެއް 2:19 - ކިތާބުލް މުޤައްދަސާ19 ތިޔަބައިމީހުންގެ އެންމެހާ އަމަލުތައް އަހަރެންނަށް އެނގޭ. ތިޔަބައިމީހުންގެ މެދުގައިވާ ލޯތްބާއި އީމާންތެރިކަމާއި ޚިދުމަތާއި އަދި ކެތްތެރިކަން އަހަރެންނަށް އެނގޭ. އަދި ތިޔަބައިމީހުން މީގެ ކުރިން އަމަލު ކުރި ކުރުމަށް ވުރެން މިހާރު އިތުރަށް މިކަންތައް ކުރުމުގައި ވާކަން އަހަރެން ދަންނަން. အခန်းကိုကြည့်ပါ။ |
ނަމަވެސް ތިމޮތީ ތިޔަބައިމީހުންގެ ކައިރިއަށް ޒިޔާރަތް ކުރުމަށް ފަހު، އަހަރެމެންގެ ކައިރިއަށް އެނބުރި އައިސް ތިޔަބައިމީހުންނާއި ބެހޭ ގޮތުން އުފާވެރި ޚަބަރުތައް ދިނެވެ. އަދި ތިޔަބައިމީހުންގެ ކިބައިގައި ވީ އީމާންތެރިކަމާއި ތިޔަބައިމީހުންގެ މެދުގައިވާ ލޯތްބާއި މެދު ޚަބަރު ދިނެވެ. ހަމަ އެހެންމެ، ތިޔަބައިމީހުން އަބަދުވެސް އަހަރެމެންގެ މަތިން ހެޔޮ ގޮތުގައި ހަނދުމަ ކުރަމުން ގެންދާ ކަމުގައި ވެސް އޭނާ ބުންޏެވެ. އަދި އަހަރެމެން ތިޔަބައިމީހުން ދުށުމަށް އެދޭފަދައިން ތިޔަބައިމީހުން ވެސް އަހަރެމެން ދުށުމަށް އެދޭ ވާހަކަވެސް ބުނެދިނެވެ.
އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުންނާއިމެދު އަބަދުވެސް އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވާން ޖެހެއެވެ. އެފަދައިން އަހަރެމެން އަމަލު ކުރުމަކީ އެންމެ އެކަށީގެންވާ ގޮތެވެ. އެއީ ތިޔަބައިމީހުން އީމާންތެރިކަމުގައި ހެދިބޮޑުވެދާ ދިއުމާއި އަދި އެކަކު އަނެކަކަށް ދެމުން ދާ ލޯބި ތިޔަބައިމީހުންގެ ތެރޭގައި އިތުރުވެ ދިއުމުގެ ސަބަބުންނެވެ.
ތިޔަބައިމީހުން ޙަޔާތު ވޭތުކުރަމުން ގެންދަނީ ކޮން ތަނެއްގައިކަން އަހަރެންނަށް އެނގޭ. އަދި އެއީ އެތަނެއްގައި ޝައިތާނާގެ ތަޚުތު ބެހެއްޓިފައި ހުރި ތަން ވެސްމެ. ނަމަވެސް ތިޔަބައިމީހުން އަހަރެންނަށް ތެދުވެރިވީމު. އަދި އަހަރެންގެ ވަފާތެރި ހެކިވެރިޔާ ކަމުގައިވާ އަންތިޕާސް ތިޔަބައިމީހުންގެ ތެރޭގައި އުޅުނު ހިނދު އެތަނެއްގައި ޝައިތާނާ ދިރިއުޅެމުން ގެންދާ ތިޔަބައިމީހުންގެ ސަހަރުގައި އަންތިޕާސް ޝަހީދުކުރެވުނު. އެހެނަސް އަހަރެންނާއިމެދު ތިޔަބައިމީހުންގެ ކިބައިގައި ހުރި އީމާންތެރިކަން ދޫކޮށްނުލަން.
ތިޔަބައިމީހުންގެ މުސީބާތްތައް އަހަރެންނަށް އެނގޭ. ތިޔަބައިމީހުންގެ ނިކަމެތިކަމާއި ފަގީރުކަން ވެސް އަހަރެންނަށް އެނގޭ. ނަމަވެސް ޙަޤީޤީ މުއްސަނދިންނަކީ ތިޔަބައިމީހުން! ބައެއް ފަރާތްތަކުން ތިޔަބައިމީހުނާއި ދެކޮޅަށް މުޚާތަބު ކުރި ނުބައި ބަސްތައް ވެސް އަހަރެންނަށް އެނގޭ. އެއީ އެބައިމީހުން ދަޢުވާ ކުރަމުން ދިޔައީ ޙަޤީޤީ ބަނީއިސްރާއީލުންނަކީ އެބައިމީހުން ކަމުގައި. ނަމަވެސް އެބައިމީހުންނީ ޙަޤީޤީ ބަނީއިސްރާއީލުންނެއް ނޫން. އެބައިމީހުންނީ ޝައިތާނާގެ ޖަމާޢަތުގެ ބައެއް!