ހާމަކޮށްދެއްވުންތަކެއް 2:17 - ކިތާބުލް މުޤައްދަސާ17 ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ! ފޮރުވިގެންވީ މަންނާއިން ބައެއް އަހަރެން ނަސްރު ހޯދާ ފަރާތްތަކަށް ދޭނަން. އަދި ހުދު ހިލައިގައި އާ ނަމެއް ލިޔެ އެއިން ކޮންމެ ފަރާތަކަށް އަހަރެން ދޭނަން. ނަމަވެސް އެ ހިލަ ލިބިދޭ ފަރާތަށް މެނުވީ އެ ހިލައިގައިވާ ލިޔުމެއް އެނގިގެންނުވާނެ.“ အခန်းကိုကြည့်ပါ။ |
މި އެއްލައްކަ ސާޅީސް ހަތަރު ހާސް މީހުން ތަޚުތުކޮޅުގެ ކުރިމަތީގައިއާއި، ދިރިހުރި ހަތަރު މަޚުލޫގުންގެ ކުރިމަތީގައާއި އަދި ބޮޑުންގެ ކުރިމަތީގައި ކޮއްޅަށް ތިއްބެވެ. އެބައިމީހުން އާ ޙަމްދު ސަނާގެ ލަވައެއް ކިޔަމުން ގެންދިޔައެވެ. އެބައިމީހުން ފިޔަވައި އެއްވެސްމީހަކަށް މި ލަވަ ނޭނގެއެވެ. ބަޔާންވެ ދިޔަ އެއްލައްކަ ސާޅީސް ހަތަރު ހާސް މީހުންނަކީ މުޅި އިންސާނީ ދަރިފަސްކޮޅުން ފިދުޔަ ދެއްވާފައިވާ ފަރާތްތައް ވެސްމެއެވެ.