ހާމަކޮށްދެއްވުންތަކެއް 2:16 - ކިތާބުލް މުޤައްދަސާ16 އެހެންވީމާ، ފާފަތަކުން ދުރުވެ ތައުބާވޭ! އެހެންނޫނީ އަހަރެން ތިޔަބައިމީހުންގެ ކައިރިއަށް އަވަސް ގޮތެއްގައި ދާނަން. އަދި ތިޔަބައިމީހުންގެ ތެރޭގައި ވީ އެފަދަ ފަރާތްތަކާއި ދެކޮޅަށް އަހަރެންގެ އަނގައިގައިވާ ކަނޑިން ޙަމަލާ ދޭނަން. အခန်းကိုကြည့်ပါ။ |
އެކަލޭގެފާނުގެ އަނގައިން ތޫނު ކަނޑިއެއް ނުކުތެވެ. އެ ކަނޑިން އެންމެހާ ޤައުމުތައް އެކަލޭގެފާނު ފަތަޙަ ކުރައްވާނެއެވެ. ދަގަނޑު އަސާއަކުން އެބައިމީހުންގެ މައްޗަށް އެކަލޭގެފާނު ބާރު ހިންގަވާނެއެވެ. އަދި މާތް ކުޅަދުންވަންތަ މަތިވެރި ރަސްކަލާނގެ ކޯފާއިން މޭބިސްކަދުރުތައް އަޅާފައިވާ ތާނގީގެ ތެރޭގައި ހުރި މޭބިސްކަދުރުތައް އެކަލޭގެފާނުގެ ފައިންޕުޅުން ޗިސްކޮށް އެމޭބިސްކަދުރުން ދިޔަ ހައްދަވާނެއެވެ.
އެހެންވީމާ، ތައުބާވެ މީގެ ކުރިން ތިޔަބައިމީހުން ތިބި ހިސާބުން މިހާރު ތިޔަބައިމީހުންނަށް ތިބެވުނު ދުރުމިނާއި މެދުގައި ވިސްނާ! އަދި ކުރީގައި ތިޔަބައިމީހުން އަމަލުކުރި ފަދައިން އަމަލުކުރޭ! އެފަދައިން ތިޔަބައިމީހުން އަމަލު ނުކުރާނަމަ އަހަރެން ގޮސް ތިޔަބައިމީހުންގެ ދިއްލާފައިވާ ބައްތި ބަހައްޓާ ހަރު ނަގާނަން!