ހާމަކޮށްދެއްވުންތަކެއް 19:5 - ކިތާބުލް މުޤައްދަސާ5 އެއަށް ފަހު ތަޚުތުކޮޅުން މިފަދައިން އަޑެއް އިވިގެން ދިޔައެވެ. ”އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށް ޙަމްދުކުރޭ! އެކަލާނގެ އެންމެހައި ޚާދިމުންނާއި، އެކަލާނގެ އަށް ބިރުވެތިވާ ފަރާތްތަކުގެ ތެރެއިން އެންމެ ދަށް ފަރާތްތަކުން ފެށިގެން އެންމެ މަތިވެރި ފަރާތްތައް!“ အခန်းကိုကြည့်ပါ။ |
އަދި މަރުވެދިޔަ ހުރިހާ އެންމެންގެ ތެރެއިން މަތިވެރި މީހުންނާއި ނިކަމެތިން ތަޚުތުގެ ކުރިމަތީގައި ކޮޅަށް ތިބިތަން ވެސް އަހަރެން ދުށީމެވެ. ފޮތްތައް ވަނީ ހުޅުވާލެވިފައެވެ. އަދި އެހެން ފޮތެއް ވެސް ހުޅުވުނެވެ. އެއީ ޙަޔާތުގެ ފޮތެވެ. އަދި އެފޮތްތަކުގައި ބަޔާންވެގެންވާ ފަދައިން މަރުވެ ދިޔަ މީސްތަކުން ކުރި އަމަލުތަކަށް ފައިސަލާ ކުރެވި ދިޔައެވެ.