Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 19:4 - ކިތާބުލް މުޤައްދަސާ

4 މިއަށް ފަހު މާތްރަސްކަލާނގެ ތަޚުތުކޮޅުގެ ކުރިމަތީގައި ސައުވީސް ބޮޑުންނާއި އަދި ދިރިހުރި ހަތަރު މަޚުލޫގުން މާތްރަސްކަލާނގެ ކިބަފުޅަށް ބިންމަތީގައި މޫނުޖައްސައި ސަޖިދަކޮށް އެކަލާނގެ ކިބަފުޅަށް މިފަދައިން ވިދާޅުވެ އަޅުކަން ކުރެއްވިއެވެ. ”⁠އާމީން! މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދު ހުރި!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 19:4
20 ပူးပေါင်းရင်းမြစ်များ  

އަޅަމެން ވަސްވާސްތަކުގެ ތެރެއަށް ވެއްޓިދާފަދަ މަގެއް އަޅަމެންނަށް ނުދައްކަވައި ޝައިތާނާގެ ކިބައިން ރައްކާތެރި ކުރައްވާފާނދޭވެ!⁠‘


އެއަށް ފަހު، ދިރިހުރި ހަތަރު މަޚުލޫގުންގެ ތެރެއިން އެއް މަޚުލޫގަކު އެ ހަތް މަލާއިކަތުންގެ ތެރެއިން ކޮންމެ މަލާއިކަތަކަށް ރަނުގެ ބޯތައްޓެއް ދެއްވިއެވެ. މި ބޯތަށިތައް ފުރިފައި ވަނީ ދާއިމަށް ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެ ކޯފާތަކުންނެވެ.


މިކަންތައްތަކަށް ފަހު، ސުވަރުގޭގައި ތިބި ގިނަ ޢަދަދެއްގެ ބަޔަކު އެއްފަހަރާ ހަރުއަޑުން މިފަދައިން ބުނި އަޑު އަހަރެން އެހީމެވެ. ”⁠މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުހުރި! ދިންނެވުމާއި ޖަލާލަތުކަމާއި ބާރު މިލްކުވެ ވޮޑިގެންވަނީ އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށްމެ!


އިތުރަށް އެބައިމީހުން ހަރުއަޑުން ބުންޏެވެ. ”⁠މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުހުރި! މަތިވެރި ސަހަރު އަނދައި އަޅައިޔަށްވެ، އޭގެ ދުން ނުނިވި އަބަދުމެ އަރަމުން ދޭ!⁠“


އެއަށް ފަހު، ގިނަ ޢަދަދެއްގެ ބަޔަކު އެއްވެ ހަޅޭއްލަވާ ފަދައިން ނުވަތަ އޮހިގެންދާ ފެންއާރަކުން ފެން އޮހޮރޭފަދަ އަޑަކުން، ނޫނީ ގުގުރީގެ އަޑުފަދަ އަޑަކުން މިފަދައިން ބުނަމުން ގެންދިޔަ އަޑު އަހަރެން އެހީމެވެ. ”⁠މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުހުރި! އެކަލާނގެއީ އަހަރެމެންގެ ސާހިބުވަންތަ، ކުޅަދުންވަންތަ މާތް ރަސްކަލާނގެ. އެކަލާނގެއީ ރަސްކަން ކުރައްވާ މަތިވެރި ރަސްގެފާނު!


އެ ހިނދު ދިރިހުރި ހަތަރު މަޚުލޫގުން ޖަވާބު ދިނެވެ. ”⁠އާމީން!⁠“ އަދި ބޮޑުން ސަޖިދަކޮށް އަޅުކަން ކުރިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ