Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 19:3 - ކިތާބުލް މުޤައްދަސާ

3 އިތުރަށް އެބައިމީހުން ހަރުއަޑުން ބުންޏެވެ. ”⁠މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުހުރި! މަތިވެރި ސަހަރު އަނދައި އަޅައިޔަށްވެ، އޭގެ ދުން ނުނިވި އަބަދުމެ އަރަމުން ދޭ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 19:3
9 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނު ސަދޫމުއާއި ޢަމޫރަތާ ދިމާ ތިރިއަށް ބެއްލެވި ހިނދު ފެނިވަޑައިގަތީ މުޅި ތަނުން ދުންތައް އަރަމުން ދިޔަ ތަނެވެ. މުޅިހިސާބު ވަނީ ދުމުން ފުރިފައެވެ.


ސަދޫމު އާއި ޢަމޫރަތުގެ މަތިންނާއި އަދި އެ ސަހަރުތަކުގެ ކައިރީގައި ވީ އެހެނިހެން ސަހަރުތަކުގެ މަތިން ހަނދާންކުރާށެވެ. އެ ސަހަރުތަކުގެ އަހުލުވެރިން ވަނީ ފާހިޝް އަމަލުތައް ކުރުންމަތީގައެވެ. އަދި މިކަންތަކުގެ ތެރޭގައި އެބައިމީހުން ނުކުރާކަ ނުބައިވެގެންވީ ޢަމަލެއް ނުމެނެތްމެއެވެ. އެ ސަހަރުތައް ނެތި ކުރެއްވީ އަލިފާން ފޮނުއްވައެވެ. އެއީ ނުބައިވެގެންވީ ހުރިހާ އެންމެންގެ މައްޗަށް ފޮނުއްވާނޭ ނިމުމެއް ނުވާ އަލިފާނުގެ ގަދަފަދަ ޢުޤޫބާތުގެ މިސާލެއްމެއެވެ.


އެބައިމީހުން ކަނޑު ދާއްބައަށާއި އޭތީގެ ސޫރައަށް އަޅުކަންކޮށް އަދި އޭތީގެ ނަމުގެ ނިޝާން ޖަހާފައިވާނަމަ، އެބައިމީހުންނަށް ދުވާލާއި ރޭގަނޑު ޢުޤޫބާތް ދެއްވުމުގައިވާނެ. އެބައިމީހުންނަށް ދެވޭ ޢުޤޫބާތުގެ ދުންތައް އަބަދާއި އަބަދު މައްޗަށް އަރައަރާ ހުންނާނެމެ. އަދި އެބައިމީހުންނަށް އަރާމުކޮށްލުމަށް ވަގުތެއް ނުމެލިބޭނެ.⁠“


އެސަހަރު އަނދައިގެން ދާހިނދު އަރަމުން ދާ ދުންތައް އެބައިމީހުންނަށް ފެނުމުން އެބައިމީހުން ހަރުއަޑުން ގޮވަމުން ދާނެއެވެ. ”⁠މިފަދަ މަތިވެރި އިތުރު ސަހަރެއް ނުވޭ!⁠“


އެއަންހެނާއާއެކު ޖިންސީފާފަކޮށް އޭނާގެ ލައްޒަތުން އުފާލިބިގަތް ދުނިޔޭގެ ރަސްރަސްކަލުންނަށް އެއަންހެނާ އަނދަމުންދާއިރު އަރާ ދުންތަން ފެންނާނެއެވެ. އެއަށް ފަހު، އެބައިމީހުން ރޮއި ރޮއި ހިތާމައިގައި ވާނެއެވެ.


މިކަންތައްތަކަށް ފަހު، ސުވަރުގޭގައި ތިބި ގިނަ ޢަދަދެއްގެ ބަޔަކު އެއްފަހަރާ ހަރުއަޑުން މިފަދައިން ބުނި އަޑު އަހަރެން އެހީމެވެ. ”⁠މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުހުރި! ދިންނެވުމާއި ޖަލާލަތުކަމާއި ބާރު މިލްކުވެ ވޮޑިގެންވަނީ އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށްމެ!


މިއަށް ފަހު މާތްރަސްކަލާނގެ ތަޚުތުކޮޅުގެ ކުރިމަތީގައި ސައުވީސް ބޮޑުންނާއި އަދި ދިރިހުރި ހަތަރު މަޚުލޫގުން މާތްރަސްކަލާނގެ ކިބަފުޅަށް ބިންމަތީގައި މޫނުޖައްސައި ސަޖިދަކޮށް އެކަލާނގެ ކިބަފުޅަށް މިފަދައިން ވިދާޅުވެ އަޅުކަން ކުރެއްވިއެވެ. ”⁠އާމީން! މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދު ހުރި!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ