ހާމަކޮށްދެއްވުންތަކެއް 19:20 - ކިތާބުލް މުޤައްދަސާ20 އަދި ކަނޑުދާއްބަ އަތުލައިގަނެ އެ އެއްޗާއި އެއްބައިވެ އޭތީގެ ޙާޟިރުގައި އޭތީގެ ސިލު ޖަހައި އަދި އޭތީގެ ސޫރައަށް އަޅުކަންކުރި ފަރާތްތަކަށް މުޢުޖިޒާތްތައް ދައްކައި މަކަރު ހެދި ދޮގުވެރި ނަބީކަލޭގެއާއި އެކުގައި އޭތި ވެސް ހުރަގެއަށް ލެވުނެވެ. އެ ކަނޑުދާއްބައާއި ދޮގުވެރި ނަބީކަލޭގެ ދިރިތިއްބައި ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައި ލެވުނެވެ. အခန်းကိုကြည့်ပါ။ |
ނަމަވެސް ފިނޑިންނާއި، އީމާންވުމަށް ދެކޮޅުހަދާ މީހުންނާއި، ފާޙިޝް އަމަލުތަކުގެ ވެރިންނާއި، މީހުން މަރާލި މީހުންނާއި، ޖިންސީ ގޮތުން ފާފަކުރި މީހުންނާއި، ފަންޑިތަވެރިންނާއި، ބުދަށް އަޅުކަންކުރި މީހުންނާއި، އަދި ހުރިހާ ދޮގުވެރިންނަށް ހުރި ތަނަކީ ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅި. މިއީ ދެވަނަ މަރުވުން.“
އަހަރެންނަށް ފެނިގެންވި އިލްހާމްގައި އެ އަސްތަކާއި އަދި އޭގެ އަސްވާރުންގެ މޭމަތީގައި އެޅިފައިވާ ދަހަނާ އަނގުރު އަލިފާން ފަދައިން ރަތްކުލައާއި، ނީލަމް ފަދަ ނޫކުލައާއި، އަދި ކައްސަނދުވާނި ފަދަ ރީނދޫ ކުލައިގައި ވިއެވެ. އެއަސްތަކުގެ ބޯތައް ސިންގާއެއްގެ ބޯ ފަދައިން ވިއެވެ. އަދި އެ އަސްތަކުގެ އަނގައިން އަލިފާނާއި، ދުމާއި، ކައްސަނދުވާނި ނުކުތެވެ.