Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 19:19 - ކިތާބުލް މުޤައްދަސާ

19 އެއަށް ފަހު ކަނޑު ދާއްބައާއި އަދި ދުނިޔޭގެ ރަސްރަސްކަލުންނާއި އެބައިމީހުންގެ ލަޝްކަރުތައް އަސް ދުއްވަން އިން އަސްވާރާއި އަދި އެކަލޭގެފާނުގެ ލަޝްކަރާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އެއްވި ތަން އަހަރެން ދުށީމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 19:19
14 ပူးပေါင်းရင်းမြစ်များ  

މި ދެ ހެކިވެރިން މާތްރަސްކަލާނގެ ޚަބަރުފުޅު އިއްވަވައި ނިމުމުން ފޫނެތް ފުން ވަޅުގަނޑުގެ ތެރެއިން ދާއްބައެއް ނުކުމެ، އެ ދެމީހުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އަންނާނެއެވެ. އެ ދެމީހުންގެ މައްޗަށް އެދާއްބަ ފަތަޙަ ހޯދައި އެދެމީހުން ގަތުލު ކުރާނެއެވެ.


އެއަށް ފަހު ތިންވަނަ މަލާއިކަތާ ކުރީގެ ދެ މަލާއިކަތުންގެ ފަސްފަހަތުން މިފަދައިން ހަރުއަޑުން ވިދާޅުވަމުން ވަޑައިގެންނެވިއެވެ. ”⁠އެއްވެސް މީހަކު ކަނޑު ދާއްބައަށާއި އޭތީގެ ސޫރައަށް އަޅުކަންކޮށް އަދި އޭތީގެ ފާހަގަ ނިތްކުރީގައި ނުވަތަ އަތުގައި ޖެހިގެންވާނަމަ،


މި ނުބައި ތިން ރޫޙަށް ޝައިތާނީ ޖާދޫތައް ދެއްކުމުގެ ބާރު ލިބިގެން ވިއެވެ. މި ނުބައި ތިން ރޫޙު ދުނިޔޭގައި ތިބި އެންމެހާ ރަސްރަސްކަލުންގެ ކައިރިއަށް ގޮސް ކުޅަދުންވަންތަ މާތްރަސްކަލާނގެ އާއި ދެކޮޅަށް ހަނގުރާމަ ކުރެއްވުމަށް އެބައިމީހުން ގެނެއެވެ. ނަމަވެސް އެދުވަހަކީ މާތްރަސްކަލާނގެ ކިބަފުޅަށް މަތިވެރި ކާމިޔާބީ ލިބޭނޭ ދުވަހެވެ.


އެއަށް ފަހު، ނުބައިރޫޙުތައް ރަސްރަސްކަލުން ގެނެސް ޢިބްރާނީ ބަހުން އާމަގެޑަން ކިޔާ ތަނަށް އެއްތަން ކުރިއެވެ.


އެއަންހެނާއާއެކު ޖިންސީފާފަކޮށް އޭނާގެ ލައްޒަތުން އުފާލިބިގަތް ދުނިޔޭގެ ރަސްރަސްކަލުންނަށް އެއަންހެނާ އަނދަމުންދާއިރު އަރާ ދުންތަން ފެންނާނެއެވެ. އެއަށް ފަހު، އެބައިމީހުން ރޮއި ރޮއި ހިތާމައިގައި ވާނެއެވެ.


އަސްދުއްވަން އިން އަސްވާރުގެ އަނގައިން ނުކުތް ތޫނު ކަނޑިން ކަނޑުދާއްބައިގެ ލަޝްކަރު ގަތުލު ކުރެވުނެވެ. އަދި ހުރިހާ ދޫނިތަކެއް އައިސް އެތަކެއްޗަށް ކެވުނު ވަރަކަށް އެބައިމީހުންގެ މަސްކެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ