Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 19:18 - ކިތާބުލް މުޤައްދަސާ

18 ރަސްރަސްކަލުންގެ މަހާއި، ވެރިންގެ މަހާއި، ހަނގުރާމަވެރި ފަހުލަވާނުންގެ މަހާއި، އަސްތަކާއި އަދި އޭގެ އަސްވާރުންގެ މަހާއި، ހުރިހާ އެންމެންގެ މަހާއި، އޭގެތެރޭގައިވާ ހުރިހާ އަޅުންނާއި މިނިވަނުންގެ މަހާއި، މަތިވެރި އަދި ދަށު ދަރަޖައިގެ މީހުންގެ މަސްކެއުމަށް މިކޮޅަށް އާދޭ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 19:18
18 ပူးပေါင်းရင်းမြစ်များ  

އެއީ ގަބުރެއްގެ ހަށިގަނޑު ތަނެއްގައިވާ ހިނދު އެތަނަކަށް ބާޒުތައް އެއްވާ ފަދައިން.⁠“


އެމީހުން ސުވާލު ކުރިއެވއެ. ”⁠މާތްސާހިބާ. މިކަންތައް ވާނީ ކޮންތާނކުތޯ؟⁠“ އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ބާޒުތައް އެތަނެއްގައި އެއްވަންޏާ މަރުވެ ކުނިވެފައިވާ މަސްގަނޑެއް ވާކަން އެނގޭ. ހަމައެފަދައިން އިންސާނާގެ ދަރިކަލުން ދުނިޔެއަށް ވަޑައިގަންނަވާ ދުވަހު މީސްތަކުންނަށް ފަހުދުވަސް ގާތްވެއްޖެކަން ވެސް އެނގޭނެ.⁠“


ދުނިޔޭގައި ތިބި މީސްތަކުން ވަނީ ރުޅިން ފުރިފަ. ނަމަވެސް މިހާރު އިނބަރަސްކަލާނގެ ކޯފާގެ ވަގުތު އަތުވެއްޖެ. މިއީ މަރުވެފައިވާ ފަރާތްތަކަށް ޙުކުމް ކުރުމުގެ ވަގުތުމެ. އަދި އިނބަރަސްކަލާނގެ ޚާދިމުން ކަމަށްވާ ނަބިއްޔުންނާއި، އިނބަރަސްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި އަދި އިނބަރަސްކަލާނގެ ކިބަފުޅަށް ޤަދަރުކުރި ހުރިހާ އެންމެންނަށް ޘަވާބު ދެއްވާނޭ ވަގުތު ވެސްމެއެވެ. އޭގެތެރޭގައިވާ އެންމެ ނިކަމެތިންނާއި އެންމެ މަތިވެރި ފަރާތްތަކަށް ވެސްމެ. އެއީ ދުނިޔެ ފަނާކުރި މީސްތަކުން ފަނާކުރުމަށްވާ ވަގުތު. އެއީ އެބައިމީހުން ދުނިޔެ ފަނާކުރި ފަދައިން ވެސްމެ!⁠“


އަދި ބިމު ދާއްބަ ހުރިހާ އެންމެންނަށް، އޭގެ ތެރޭގައި ދަށްމީހުންނާއި، މަތިވެރިފަރާތްތަކާއި، މުއްސަނދިންނާއި، ފަޤީރުންނާއި، މިނިވަނުންނާއި، އަދި އަޅުންގެ ކަނާއަތުގައި ނުވަތަ ނިތްކުރީގައި ފާހަގަ ޖެހުމަށް މީސްތަކުންނަށް މަޖުބޫރު ކުރިއެވެ.


ތިބާ ދުށް ދާއްބަ އާއި އޭގެ ދިހަ ދަޅު އެ އަންހެނާ ދެކެ ނަފްރަތު ކުރާނެ. އެ އަންހެނާގެ އަތުގައިވާ އެންމެހާ ތަކެތި އެބައިމީހުން އަތުލައިގަންނާނެ. އަދި އޭނާ އޮރިޔާން ޙާލުގަ ދޫކޮށްލާނެ. އެބައިމީހުން އެ އަންހެނާގެ މަސްކައި އަދި އެ އަންހެނާގެ ހަށިގަނޑު އަލިފާނުގައި އަންދައިލާނެ.


އެއަށް ފަހު ތަޚުތުކޮޅުން މިފަދައިން އަޑެއް އިވިގެން ދިޔައެވެ. ”⁠އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށް ޙަމްދުކުރޭ! އެކަލާނގެ އެންމެހައި ޚާދިމުންނާއި، އެކަލާނގެ އަށް ބިރުވެތިވާ ފަރާތްތަކުގެ ތެރެއިން އެންމެ ދަށް ފަރާތްތަކުން ފެށިގެން އެންމެ މަތިވެރި ފަރާތްތައް!⁠“


އެއަށް ފަހު، ދުނިޔޭގެ ރަސްރަސްކަލުންނާއި އަސްކަރީ ވެރިންނާއި، މުއްސަނދިންނާއި، އަމުރުވެރިންނާއި، ނުފޫޒުވެރި ފަރާތްތަކާއި، އަދި އަޅުންނާއި މިނިވަނުންނާއި އަދި އެންމެހައި މީސްތަކުން ހޮހަޅަތަކުގައްޔާއި އަދި ފަރުބަދަތަކުގެ ހިލަތަކުގެ ދަށުގައި ފިލިއެވެ.


”⁠ނިކަން އާދެބަލަ.⁠“ ދާއޫދާ ދިމާއަށް އޭނާ ބުންޏެވެ. ”⁠ކަލޭގެ ގައިގައި ހުރި މަސްކޮޅު މިތިބަ ދޫނިތަކާއި ވަލުޖަނަވާރުތަކަށް ކާން ދޭނަން.⁠“


މިއަދު މާތްރަސްކަލާނގެ ކަލޭގެ މައްޗަށް އަހަރެން ބާރުވެރި ކުރައްވާނެ. އަހަރެން ކަލޭ ބަލިކޮށް ކަލޭގެ ކަރު ބުރިކޮށްލާނަން. އަދި ފިލިސްޠީނުންގެ ހަނގުރާމަވެރިންގެ ގައިގައި ހުރި މަސްތައް މިތިބަ ދޫނިތަކާއި ވަލުޖަނަވާރުތަކަށް ކާންދޭނަން. އޭރުން މި ދުނިޔޭގެ އެންމެންނަށް ވެސް އެނގޭނެ ޙަޤީޤީ ކަލާނގެއަކީ އިސްރާއީލީންގެ ކަލާނގެ މާތްކަލާނގެ ކަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ