Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 19:15 - ކިތާބުލް މުޤައްދަސާ

15 އެކަލޭގެފާނުގެ އަނގައިން ތޫނު ކަނޑިއެއް ނުކުތެވެ. އެ ކަނޑިން އެންމެހާ ޤައުމުތައް އެކަލޭގެފާނު ފަތަޙަ ކުރައްވާނެއެވެ. ދަގަނޑު އަސާއަކުން އެބައިމީހުންގެ މައްޗަށް އެކަލޭގެފާނު ބާރު ހިންގަވާނެއެވެ. އަދި މާތް ކުޅަދުންވަންތަ މަތިވެރި ރަސްކަލާނގެ ކޯފާއިން މޭބިސްކަދުރުތައް އަޅާފައިވާ ތާނގީގެ ތެރޭގައި ހުރި މޭބިސްކަދުރުތައް އެކަލޭގެފާނުގެ ފައިންޕުޅުން ޗިސްކޮށް އެމޭބިސްކަދުރުން ދިޔަ ހައްދަވާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 19:15
15 ပူးပေါင်းရင်းမြစ်များ  

އެކަލާނގެ ބޮޑު ދުޝްމަން ފަރާތް ފައުޅު ވާނީ އޭގެ ފަހުންނެވެ. ނަމަވެސް މާތްސާހިބާ އީސާގެފާނު އޭނާ ގަތުލު ކުރައްވާނީ އެކަލޭގެފާނުގެ ނޭވާފުޅު ލައްވައެވެ. އަދި މާތްސާހިބާ ވަޑައިގެންނެވުމުގެ މަތިވެރިކަމުން އޭނާ މުޅީންމެ ނެތިކޮށްލާނެއެވެ.


އެމީހެއްގެ ކަނާއަތުގައި ހަތް ތަރި ވިއެވެ. އަދި ދެމިޔަލީ ތޫނު ކަނޑިއެއް އެމީހެއްގެ އަނގައިގެ ތެރެއިން ނުކުތެވެ. އެމީހެއްގެ މޫނު މެންދުރު ވަގުތުގެ އިރު ބަބުޅާ ފަދައިން ބަބުޅައެވެ.


އެއަށް ފަހު، އެ އެކަނބުލޭގެ ފިރިހެން ދަރިއަކު ވިހެއެވެ. އެ ދަރިފުޅަކީ ދަގަނޑު އަސާއެއް ބޭނުންކޮށްގެން މުޅި ދުނިޔޭގެ ޤައުމުތަކުގެ މައްޗަށް ވެރިކަން ހިންގާނޭ ކުއްޖެކެވެ. ނަމަވެސް ނުހަނު އަވަހަށް އެ ކުއްޖާ މާތްރަސްކަލާނގެ ޙަޟްރަތާއި އެކަލާނގެ ތަޚުތުކޮޅަށް ނެންގެވިއެވެ.


އެމީހަކީ މާތްރަސްކަލާނގެ ކޯފާގެ މޭބިސްކަދުރުގެ ރާ ބޯންޖެހޭނޭ ފަރާތެއްމެ. އަދި އެކަލާނގެ ކޯފާގެ ތަށީގެ ގަދަ އިޙްސާސް އެމީހަކަށް ކުރުވާނެ. އަދި އެމީހަކަށް އަލިފާނުންނާއި އަދަމުން ދާ ކައްސަނދުވާނިން ޢުޤޫބާތް ދެވޭނެ. އެއީ މާތްވެގެންވާ މަލާއިކަތުންނާއި ޅަކަންބަޅީގެ ޙާޟިރުގައި ވެސްމެ.


އަސްދުއްވަން އިން އަސްވާރުގެ އަނގައިން ނުކުތް ތޫނު ކަނޑިން ކަނޑުދާއްބައިގެ ލަޝްކަރު ގަތުލު ކުރެވުނެވެ. އަދި ހުރިހާ ދޫނިތަކެއް އައިސް އެތަކެއްޗަށް ކެވުނު ވަރަކަށް އެބައިމީހުންގެ މަސްކެއެވެ.


”⁠ޕެރުގަމޫމުގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ ދެމިޔަލީ ތޫނު ކަނޑި ހިފައިގެންހުރި ފަރާތުން ދިން ޚަބަރެއް.


އެހެންވީމާ، ފާފަތަކުން ދުރުވެ ތައުބާވޭ! އެހެންނޫނީ އަހަރެން ތިޔަބައިމީހުންގެ ކައިރިއަށް އަވަސް ގޮތެއްގައި ދާނަން. އަދި ތިޔަބައިމީހުންގެ ތެރޭގައި ވީ އެފަދަ ފަރާތްތަކާއި ދެކޮޅަށް އަހަރެންގެ އަނގައިގައިވާ ކަނޑިން ޙަމަލާ ދޭނަން.


ބައްޕާފުޅު އަހަރެންނަށް ދެއްވިފަދަ ބާރު އެފަދަ ފަރާތްތަކަށް އަހަރެން ދޭނަން. އެބައިމީހުން ޤައުމުތަކުގެ މައްޗަށް ބާރު ހިންގާނީ ދަގަނޑު އަސާއަކުން މުށި ފުފޭތަކެއް ފުނޑުފުނޑު ކުރާ އުސޫލުން. އަދި އެފަދަ މީހުންނަށް ފަތިހުގެ އުޖާލާވި ތަރި ވެސް އަހަރެން ދޭނަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ