Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 19:11 - ކިތާބުލް މުޤައްދަސާ

11 އުޑު ހުޅުވިގެން ދިޔަތަން އަހަރެން ދުށީމެވެ. އަދި އެތަނުގައި އަހަރެންގެ ކުރިމަތީގައި ހުދު ކުލައިގެ އަހެއް އޮތެވެ. އެ އަހުގެ އަސްވާރުގެ ނަމަކީ ވަފާތެރިޔާ، ތެދުވެރިޔާއެވެ. އަދި އެކަލޭގެފާނު ހަނގުރާމަ ކުރުމުގައި އަދުލު އިންސާފުން ފައިސަލާކުރެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 19:11
28 ပူးပေါင်းရင်းမြစ်များ  

އެ މާތްރަސްކަލާނގެއަކީ އެންމެ މޮޅަށް ހަނގުރާމަ ކުރައްވާ ފަހުލަވާނު. އެކަލާނގެ ނަންފުޅަކީ ޔަހޫވޭ.


ހަމަކަށަވަރުން އުޑު ހުޅުވި މާތްރަސްކަލާނގެ މަލާއިކަތުން އިންސާނާގެ ދަރިކަލުންގެ ގާތަށް އައިސް ގޮސް ވާތަން ކަލޭމެން ދެކޭނެ.⁠“


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠އަހަރެން މިއީ މަގު، އަހަރެން މިއީ ތެދު، އަހަރެން މިއީ ދިރިހުރުން. އެއްވެސް މީހަކަށް އަހަރެން މެދުވެރިކޮށް ނޫން އެހެން ގޮތަކަށް ބައްޕާފުޅުގެ އަރިހަކަށް ނުދެވޭނެ.


އުޑުގައި ހުރި މާތްކަލާނގެ ގެކޮޅު ވަނީ ހުޅުވިފައެވެ. އަދި ޢަހުދުނާމާ ފޮށިކޮޅު ވެސް އެތަނުން ފެނުނެވެ. އެއަށް ފަހު، ހޮނުގެ ވިދުވަރާއި ގުގުރީގެ ބާރު އަޑާއި ބިންހެލުން އައެވެ. އަދި ގަނޑުފެނުގެ ބަރު ގުޅަގުޅަ ވެހުނެވެ.


އެއަށް ފަހު ކަނޑު ދާއްބައާއި އަދި ދުނިޔޭގެ ރަސްރަސްކަލުންނާއި އެބައިމީހުންގެ ލަޝްކަރުތައް އަސް ދުއްވަން އިން އަސްވާރާއި އަދި އެކަލޭގެފާނުގެ ލަޝްކަރާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އެއްވި ތަން އަހަރެން ދުށީމެވެ.


އަސްދުއްވަން އިން އަސްވާރުގެ އަނގައިން ނުކުތް ތޫނު ކަނޑިން ކަނޑުދާއްބައިގެ ލަޝްކަރު ގަތުލު ކުރެވުނެވެ. އަދި ހުރިހާ ދޫނިތަކެއް އައިސް އެތަކެއްޗަށް ކެވުނު ވަރަކަށް އެބައިމީހުންގެ މަސްކެއެވެ.


”⁠ލަވުދީކިޔާގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ އާމީންގެ ފަރާތުން ދިން ޚަބަރެއް. އަހަރެންނީ ވަފާތެރި އަދި ތެދުވެރި ހެކިވެރިޔާ. އަދި މާތްރަސްކަލާނގެ ޚަލްޤުތަކުގެ ވެރިޔާ ވެސްމެ.


”⁠ފިލަދެލްފިޔާގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ މާތް އަދި ތެދުވެރި ފަރާތުން ދިން ޚަބަރެއް. ދާއޫދުގެފާނަށް މިލްކުވެގެންވީ ތަޅުދަނޑި ވަނީ އަހަރެންގެ އަތުގައި. އަދި އަހަރެން ދޮރެއް ހުޅުވައިފިނަމަ އެ ދޮރެއް ބަންދުކުރެވެނޭ ފަރާތެއް ނުހުންނާނެ. އަދި އަހަރެން ދޮރެއް ލައްޕައިފިނަމަ އެ ދޮރެއް ހުޅުވޭނޭ ފަރާތެއް ވެސް ނުހުންނާނެމެ.


އެއަށް ފަހު، އުޑުން ދޮރެއް ހުޅުވުނު ތަން އަހަރެން ދުށީމެވެ. އަދި ތާޅަފިލީގެ އަޑުފަދައިން އަޑެއް ވެސް އިވުނެވެ. އެއީ މީގެ ކުރިން އަހަރެންނާއި ވާހަކަ ދެއްކި އަޑެއްފަދަ އަޑެކެވެ. އެ އަޑު އަހަރެންނަށް ބުންޏެވެ. ”⁠މިތާ މައްޗަށް އާދޭ. އަދި މިއަށް ފަހު ހިނގައިދާނޭ ކަންތައްތަކުގެ ޙާދިސާތައް އަހަރެން ތިބާއަށް ދައްކައިދޭނަން.⁠“


އަހަރެން ބަލާލީމެވެ. އެތަނުގައި ހުދު ކުލައިގެ އަހެއް އޮތެވެ. އެ އަހުގެ އަސްވާރުގެ އަތުގައި ދުނިދަނޑިއެއް ވިއެވެ. އަދި އޭނާއަށް ތާޖެއް ވެސް ލިބިފައި ވިއެވެ. އޭނާ އަސް ދުއްވަމުން ގެންދިޔައީ ތަންތަން ފަތަޙަކުރާ ފާތިޙެއް ފަދައިންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ