Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 19:10 - ކިތާބުލް މުޤައްދަސާ

10 އަހަރެން އެ މަލާއިކަތާއަށް އަޅުކަން ކުރުމަށްޓަކައި ފައިންޕުޅު މައްޗަށް ގުދުވެ ސަޖިދަ ކުރީމެވެ. ނަމަވެސް އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”⁠ތިޔަފަދައިން އަމަލު ނުކުރޭ! އަހަރެންނަކީ ވެސް ތިބާއާއި އަދި އީސާގެފާނާއި މެދު ހެކިވަނިވި ފަރާތްތަކާއި އެއްފަދައިން މާތްރަސްކަލާނގެ ޚާދިމެއް. އިތުރު ފަރާތަކަށް އަޅުކަން ނުކުރޭ! ހަމައެކަނި އަޅުކަން ކުރަން ޖެހޭނީ މާތްރަސްކަލާނގެ ކިބަފުޅަށް! އެހެނީ އީސާގެފާނާއިމެދު ހެކިދޭ ކޮންމެ މީހަކުމެ ބުނެދެނީ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 19:10
40 ပူးပေါင်းရင်းမြစ်များ  

ކަލޭމެން އަހަންނަށް ފުރިހަމައަށް އިޚްލާސްތެރި ވާން ވާނެ. އަހަރެން ފިޔަވައި އެހެން ކަލަކަށް ކަލޭމެން އަޅުކަން ކޮށްގެން ނުވާނެ.


އީސާގެފާނު އިބިލީހަށް ވިދާޅުވިއެވެ. ”⁠އަހަރެން ދޫކޮށް މިތަނުން ދުރަށްދޭ ޝައިތާނާ! މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ: ’⁠ހަމައެކަނި އަޅުކަން ކުރަންވާނީ ތިޔަބައިމީހުންގެ އިލާހު، މާތްރަސްކަލާނގެއަށޭ. އަދި ޚިދުމަތް ކުރާން ޖެހޭނީ ވެސް އެކަލާނގެއަށޭ.⁠‘⁠“


އެ ހިނދު ޖައިރުސްއޭ ކިޔުނު ދީނީ މަރުކަޒުގެ ވެރިއަކު އެތަނަށް އައެވެ. އޭނާއަށް އީސާގެފާނު ފެނުމާއެކު އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ އަދަބުވެރިކަމާއެކު އެކަލޭގެފާނަށް އާދޭސް ދެންނެވިއެވެ. ”⁠އަޅުގަނޑުގެ އަންހެންދަރިފުޅު ވަނީ މަރުގެ ތުންފަތްމަތީގަ. އާދޭސްކޮށް ދަންނަވަން. އަޅުގަނޑާއެކުގައި ހިންގަވާ. އަދި ކަލޭގެފާނުގެ އަތްޕުޅު އޭނާގެ ގައިގައި ބީއްސަވާލެއްވުމުން އެކަނބުލޮގެ ބަލި ފަސޭހަވެ، އޭނާއަށް އަލުން އަނބުރާ ދިރުން ލިބިދެއްވާނެ!⁠“


އީސާގެފާނު ހުންނެވި ޚަބަރު އިވި ޖިންނީގެ އުނދަގޫ ކުރިމަތިވެފައިވީ އަންހެން ކުއްޖެއްގެ މަންމަ އެކަލޭގެފާނުގެ އަރިހަށް އައިސް ހަމައެ ހިނދު އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވިއެވެ.


މަލާއިކަތާ ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަހަރެން މިއީ ޖިބުރީލު. އަހަރެން މިއައީ މާތްރަސްކަލާނގެ ޙަޟްރަތުން. އެކަލާނގެ އަހަރެން ފޮނުއްވީ ކަލެއަށް މިއުފާވެރި ޚަބަރު ދިނުމަށް.


ދެން އެކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ތައުރާތާއި ޒަބޫރުއާއި އަދި ނަބީބޭކަލުން ލިޔުއްވާފައިވާ ފޮތްފޮތުގައި އަހަރެންނާއި މެދު ބަޔާން ވެގެންވާ ހުރިހާ ކަމެއް އެބަޔާން ވެގެން ވީ ފަދައިން ހިނގާ ނިމިދާނެ ކަމަށް އަހަރެން ކަލޭމެންނާއިއެކު ވީ ދުވަސްތަކުގައި ކަލޭމެންނަށް ބުނީން.⁠“


ކަލޭމެން މާތްރަސްކަލާނގެ މުޤައްދަސް ފަތްފުށްތައް ކިޔަވާ އެފޮތްތައް ދަސްކޮށް ހަދާ! ކަލޭމެން އެފޮތްތައް ކިޔަވަނީ ނިމުންނުވާ ޙަޔާތް ލިބިގަތުމަށް އެދި. އެކަމަކު އެފޮތްތަކުގައި ލިޔެވިގެން ވަނީ ހަމަ އަހަރެންނާ ބޭހޭގޮތުން.


ހުރިހާ ރަސޫލުންނާއި ނަބީބޭކަލުންނެއް މާކުރީއްސުރެ ވެސް އަންގަވާފައިވާ ފަދައިން އެ ބޭކަލަކަށް އީމާންވުމުން އެންމެ ހާ މީސްތަކުންގެ ފާފަތައް އެ ނަންފުޅެއް މެދުވެރިކޮށް ފުއްސެވޭނޭ ނަންފުޅަކީ އީސާގެފާނުގެ ނަންފުޅޭ.⁠“


ޖެރޫސަލަމުގެ މީހުންނާއި އަދި އެމީހުންގެ ވެރިންނަކަށް އީސާގެފާނަކީ ކޮން ބޭކަލެއް ކަމެއް ނުވިސްނުނު. އަދި ރަސޫލުންނާއި ނަބީން މެދުވެރިކޮށް މާތްރަސްކަލާނގެ އަންގަވާފައިވާ ބަސްފުޅުތައް ލިޔެވިގެންވީ ފޮތުން ކޮންމެ ސަބަތުގެ ދުވަހެއްގައި އެމީހުން ކިޔަވާ އާޔަތްތަކެއް ވެސް އެމީހުންނަކަށް ނުވިސްނޭ. ނަމަވެސް ހަމަ އެ ބަސްފުޅުތަކުގައި ލިޔެވިގެންވީ ފަދައިން އެމީހުން އެކަލޭގެފާނު ކުށްވެރިކުރި. އަދި އެ ގޮތުން އެ ބަސްފުޅުތަކުގައި ވީ ފަދައިން ހުރިހާކަމެއް ފުރިހަމަވެ ދިޔަ.


އެހެންވީމާ، މޮޔައިން ފަދައިން ޙަޔާތުގައި އަމަލު ނުކޮށް ހެޔޮ ވިސްނޭ މީހުން ފަދައިން އަމަލު ކުރާށެވެ.


އެހެންވީމާ، ކޮންމެ ފިރިއަކު އޭނާގެ އަނބިމީހާ ދެކެ އޭނާގެ އަމިއްލަ ނަފުސާމެދު ލޯބިވާ ފަދައިން ލޯބިވާން ޖެހޭނެއެވެ. އަދި ކޮންމެ އަނތްބަކު އޭނާގެ ފިރިމީހާއަށް ޤަދަރު ކުރާން ޖެހޭނެވެސް މެއެވެ.


އެކަމަކު އަހަރެމެންނަކީ އަސްލު ގޮތުގައި ޚިތާނު ކުރެވިފައިވާ ބައެކެވެ. ސަބަބަކީ އަހަރެމެން މާތްރަސްކަލާނގެއަށް އަޅުކަން ކުރަނީ އެކަލާނގެ މަތިވެރި ރޫޙުފުޅުންނެވެ. އަދި އަލްމަސީޙު އީސާގެފާނު ކުރެއްވި ކަންތަކަށްޓަކައި އަހަރެމެން ފަޚުރުވެރިވަމެވެ. އަހަރެމެންގެ ނަފްސުތަކާމެދަކު އަހަރެމެންގެ އިތުބާރެއް ނުވާ ޙާލުގައެވެ.


އެއްވެސް މީހަކު ނުބައި ކަމެއްގެ ބަދަލު ނުބައި ކަމެއް ކުރިޔަ ނުދިނުމަށް ޔަޤީންކުރާށެވެ. ނަމަވެސް އެކަކު އަނެކަކަށް ހެޔޮކޮށް ހިތުމަށް އަބަދުމެ ގަދައަޅައި މަސައްކަތް ކުރާށެވެ. އަދި ހަމައެހެންމެ ހުރިހާ އެންމެންނާއި މެދުގައި ވެސް މެއެވެ.


އެހެންވީއިރު، މަލާއިކަތުންނަކީ ކިހާވަރެއްގެ ބައެއް ހެއްޔެވެ؟ އެއީ އެކަލާނގެ ޚާދިމުން ނޫން ހެއްޔެވެ؟ އެއީ ދިންނެވުން ހާސިލްވާނެ މީހުންގެ ޚިދުމަތުގައި ތިބި ރޫޙުތަކެއް ނޫންހެއްޔެވެ؟


ކަލޭމެންނާ ވާހަކަދެކެވޭ ފަރާތަކާ ދެކޮޅު ނުހަދާށެވެ. އިސްރާއީލީން ވެސް މޫސާގެފާނު ކުރެއްވި އިންޒާރަށް ފުރަގަސް ދިނުމުން އެމީހުން ސަލާމަތެއް ނުވިއެވެ. އެއީ ބިންމަތީގައި ހުންނެވި ބޭކަލެކެވެ. އަހަރެމެންނާ އުޑުން ވާހަކަދައްކަވާ ފަރާތަށް އަހަރެމެން ފުރަގަސް ދީފިނަމަ އަމުދުން އަހަރެމެން ސަލާމަތެއް ނުވާނެ ނޫންހެއްޔެވެ؟


އެހެންކަމުން އެ ހެކިބަސް ވަނީ މާތްކަލާނގެ ދަރިކަލުން ގަބޫލު ކުރާ މީހުންގެ ހިތުގައި ބިންވަޅު ނެގިފައެވެ. އެކަމަކު މާތްކަލާނގެ ގަބޫލު ނުކުރާ މީހުން އެކަލާނގެ ބަސްފުޅު ދޮގު ކުރެއެވެ. އެހެނީ އެމީހުން އެކަލާނގެ ދަރިކަލުންނާ މެދު ވަޙީކުރެއްވި ބަސްފުޅު ގަބޫލެއް ނުކުރެއެވެ.


އަހަރެންގެ ލޯބިވާ ދަރިންނޭވެ! ތިޔަބައިމީހުންގެ ހިތުގައިވާ މާތްކަލާނގެ މަޤާމު އަތުލައިފާނެ ހުރިހާ ވިޔާނުދާ ކަމަކުން ދުރުހެލިވެ ތިބޭށެވެ.


މި ފޮތަކީ އީސާ އަލްމަސީޙަށް މާތްރަސްކަލާނގެ ހާމަކޮށްދެއްވި ހާމަކޮށްދެއްވުން ތަކެކެވެ. އެއީ ދުރުނޫން ގޮތެއްގައި ހިނގާނެ ޙާދިސާ ތަކެއްގެ ޚަބަރު އެކަލޭގެފާނުގެ ޚާދިމުންނަށް ބުނެދެއްވުމަށެވެ. އަދި އަލްމަސީޙުގެ މަލާއިކަތާ އެކަލޭގެފާނުގެ ޚާދިމު ޔޫޙަންނާއަށް ހިނގާނެ މި ޙާދިސާތައް އަންގައި ދިނުމަށް ފޮނުއްވިއެވެ.


އަހަރެންނީ ތިޔަބައިމީހުންގެ އަޚު، ޔޫޙަންނާއެވެ. އަލްމަސީޙުގެ ރަސްކަންފުޅުގައި ވޭން ތަޙައްމަލުކުރުމުގައި ޙިއްސާވާ އަދި އެކަލޭގެފާނު ދެއްވާ ކެތްތެރިކަމުގައި ކުރިޔަށް ދާ ތިޔަބައިމީހުންގެ ބައިވެރިޔަކީމެވެ. އަހަރެން ޕާތުމޮސް ކިޔާ ރަށަށް އަރުވާލީ މާތްރަސްކަލާނގެ ބަސްފުޅުންނާއި އަދި އީސާގެފާނުގެ ހެޔޮ ޚަބަރުފުޅުން ވަޢުޡު އިއްވަމުން ދިއުމުގެ ސަބަބުންނެވެ.


އެބައިމީހުންވަނީ ޅަކަންބަޅި ޤުރުބާން ކުރެވިދިޔަ ލެއިން ޝައިތާނާގެ މައްޗަށް ފަތަޙަ ހޯދާފަ. އަދި އެބައިމީހުން ގަތުލު ކުރުމަށް ދާންދެން އީސާގެފާނާއި ބެހޭ ހެޔޮ ޚަބަރުފުޅާއި މެދު ހެކިދެމުން ދިޔައީތީ ވެސް މެ. އެހެނީ ދުނިޔަވީ ޙަޔާތަށް އެބައިމީހުން ލޯތްބެއް ނުކުރީމު.


އެއަށް ފަހު، އެ އެކަނބުލޭގެދެކެ ޑްރޭގަން ނުހަނު ރުޅި އައެވެ. އަދި އެކަނބުލޭގެ ދަރިންނާއި ދެކޮޅަށް ޑްރޭގަން ހަނގުރާމަ ކުރިއެވެ. އެއީ މާތްރަސްކަލާނގެ އެންމެހާ އަމުރުފުޅުތަކަށް ބޯލަނބައި، އީސާގެފާނަށް އީމާންވެ އެކަލޭގެފާނުގެ މައްޗަށް ހެކިދޭ ހުރިހާ އެންމެން ވެސްމެއެވެ.


އެ މަލާއިކަތާ ހަރުއަޑުފުޅުން ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވޭ! އަދި އެކަލާނގެ ޖަލާލަތުކަމާއި މެދު ޙަމްދުކުރޭ! އެހެނީ އެންމެހައި މީސްތަކުންނާއި މެދު އެކަލާނގެ އިންސާފު ކުރެއްވުމުގެ ވަގުތު މިވަނީ އައިސްފައި. އުޑުތަކާއި، ބިމާއި، ކަނޑާއި، އަދި ފެން އާރުތައް ހެއްދެވި އެކަލާނގެ ކިބަފުޅަށް އަޅުކަންކުރޭ!⁠“


ސާހިބުވަންތަ ރަސްކަލާކޮ! އިނބަ ކަލާނގެ ނަންފުޅަށް ގަދަރާއި ޙަމްދު ނުކުރާނީ ކާކު؟ އިނބަރަސްކަލާނގެ މަތިވެރިކަމާއި ދެކޮޅު ހަދާނީ ކާކު؟ ހަމައެކަނި މާތްކުރެވިގެން ވަނީ އިނބަރަސްކަލާނގެމެ. އެންމެހާ ޤައުމުތަކެއް އައިސް އިނބަރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރާނެ. ސަބަބަކީ އިނބަރަސްކަލާނގެ އަދުލުވެރި ގޮތްތައް އެމީހުންނަށް ފެނުނީތީ ވެސްމެ.⁠“


އެއަށް ފަހު، އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”⁠މި ތަކެތި ލިޔޭ: ޅަކަންބަޅީގެ ކައިވެނީގެ ޖާފަތަށް ދަޢުވަތު ލިބިގެންވާ ހުރިހާ އެންމެންނަށް އުފާވެރިކަން ލިބިގެންވޭ.⁠“ އަދި އިތުރަށް ވެސް އެ މަލާއިކަތާ ވިދާޅުވިއެވެ. ”⁠މިއީ މާތްރަސްކަލާނގެ ޙައްޤު ތެދު ބަސްފުޅު.⁠“


ސައުވީސް ބޮޑުން ތަޚުތުގައި އިންނެވި ފަރާތްޕުޅުގެ ކުރިފުޅުމަތީ ސަޖިދަ ކުރެއެވެ. އަދި ދާއިމަށް ދިރިދެމި ވޮޑިގެންވާ މި ފަރާތަށް އަޅުކަން ކުރެއެވެ. އެ ބޮޑުން، އެބޮޑުންގެ ބޮލުގައި ވީ ތާޖުތައް ތަޚުތުގެ ކުރިފުޅުމަތީގައި ބޭއްވުމަށްފަހު ބުނަމުން ގެންދެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ