ހާމަކޮށްދެއްވުންތަކެއް 18:9 - ކިތާބުލް މުޤައްދަސާ9 އެއަންހެނާއާއެކު ޖިންސީފާފަކޮށް އޭނާގެ ލައްޒަތުން އުފާލިބިގަތް ދުނިޔޭގެ ރަސްރަސްކަލުންނަށް އެއަންހެނާ އަނދަމުންދާއިރު އަރާ ދުންތަން ފެންނާނެއެވެ. އެއަށް ފަހު، އެބައިމީހުން ރޮއި ރޮއި ހިތާމައިގައި ވާނެއެވެ. အခန်းကိုကြည့်ပါ။ |
އެބައިމީހުން ކަނޑު ދާއްބައަށާއި އޭތީގެ ސޫރައަށް އަޅުކަންކޮށް އަދި އޭތީގެ ނަމުގެ ނިޝާން ޖަހާފައިވާނަމަ، އެބައިމީހުންނަށް ދުވާލާއި ރޭގަނޑު ޢުޤޫބާތް ދެއްވުމުގައިވާނެ. އެބައިމީހުންނަށް ދެވޭ ޢުޤޫބާތުގެ ދުންތައް އަބަދާއި އަބަދު މައްޗަށް އަރައަރާ ހުންނާނެމެ. އަދި އެބައިމީހުންނަށް އަރާމުކޮށްލުމަށް ވަގުތެއް ނުމެލިބޭނެ.“
ސުވަރުގޭގެ އަހުލުވެރިން އުފަލުގައިވާށެވެ. އެހެނީ އެ ސަހަރުގެ ނިމުން ހުރިގޮތާއި މެދު ވެސްމެއެވެ! މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި ނަބީބޭކަލުންނާއި މަންދޫބުން އުފަލުގައިވާށެވެ. އެހެނީ ތިޔަބައިމީހުންނާއި މެދު އެ ސަހަރު އަމަލުކުރި ކުރުމުގެ ޢުޤޫބާތް މާތްރަސްކަލާނގެ އެ ސަހަރަށް ދެއްވައިފިއެވެ!
އޭނާ އޭނާގެ އަމިއްލަނަފްސު މަތިވެރިކުރި. އަދި މަތިވެރި ލައްޒަތާއިއެކު އޭނާ ދިރިއުޅުނު. ވީމާ މިހާރު އެކަންތަކުގެ ބަދަލުގައި އޭނައަށް އަނިޔާތަކާއި ހިތާމަވެރިކަން ދައްކާލާ! އެއީ އޭނާ ބޮޑު ކަނޑަމުން މިހެން ބުނަމުން ގެންދިޔައީތީ. ’އަހަރެން މިތާ މިއިނީ ރާނީއެއްގެ މަޤާމުގައި! އަހަރެންނަކީ ހުވަފަތް ވެފައިވާ އެހީތެރިއެއް ނެތް މީހަކީމެއް ނޫން. އަދި އަހަރެން ރޯން ޖެހޭ ސަބަބެއް ވެސް ނެތް!‘