ހާމަކޮށްދެއްވުންތަކެއް 18:3 - ކިތާބުލް މުޤައްދަސާ3 އެހެނީ ހުރިހާ ޤައުމުތަކެއް ވަނީ އެއަންހެނާގެ ރާ ބޮއި މަސްތުވެފައި. އެއަންހެނާގެ ފާހިޝް ބާރުގަދަ ރަލުގެ ބުއިންތައް ބޮއިފައި. ދުނިޔޭގެ ރަސްރަސްކަލުން އެއަންހެނާއާއެކު ވަނީ ޒިނޭގެ ގުޅުން ހިންގާފައި. އެއަންހެނާގެ ނިމުމެއްނުވާ ލައްޒަތުން ދުނިޔޭގެ ވިޔަފާރިވެރިން ވަނީ މުއްސަނދިވެފައި.“ အခန်းကိုကြည့်ပါ။ |
އެބައިމީހުންގެ އަމިއްލަ ބޮލަށް ވެލި އުކަމުން ދާނެއެވެ. އަދި އެބައިމީހުން ހިތާމަކޮށް ރޮމުން މިފަދައިން ގޮވަމުން ދާނެއެވެ. ”ހުރި ހިތާމައެއްގެ ބޮޑުކަމާއޭ! މި މަތިވެރި ސަހަރަށް ހުރި ނުތަނަވަސްކަމުގެ ދެރަކަމާއޭ! މި ސަހަރަކީ އެންމެހާ ކަނޑު އުޅަނދުފަހަރުތަކުގެ ވެރިންނަށް އެއަންހެނާގެ މުއްސަނދިކަމުގެ ސަބަބުން މުއްސަނދި ކަން ގެނެސްދިން ސަހަރެއް! އަދި އެއްމެ ގަޑިއެއްގެ ތެރޭގައި އެ ހުރިހާ މުއްސަނދިކަމެއް ގެއްލިއްޖެ!“
އޭނާ އޭނާގެ އަމިއްލަނަފްސު މަތިވެރިކުރި. އަދި މަތިވެރި ލައްޒަތާއިއެކު އޭނާ ދިރިއުޅުނު. ވީމާ މިހާރު އެކަންތަކުގެ ބަދަލުގައި އޭނައަށް އަނިޔާތަކާއި ހިތާމަވެރިކަން ދައްކާލާ! އެއީ އޭނާ ބޮޑު ކަނޑަމުން މިހެން ބުނަމުން ގެންދިޔައީތީ. ’އަހަރެން މިތާ މިއިނީ ރާނީއެއްގެ މަޤާމުގައި! އަހަރެންނަކީ ހުވަފަތް ވެފައިވާ އެހީތެރިއެއް ނެތް މީހަކީމެއް ނޫން. އަދި އަހަރެން ރޯން ޖެހޭ ސަބަބެއް ވެސް ނެތް!‘