Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 18:23 - ކިތާބުލް މުޤައްދަސާ

23 އިތުރަށް ބައްތީގެ އަލިކަމެއް އެތަނުން ލިބިގެން ނުވާނެ. އިތުރަށް އަލަތު ކައިވެނީގެ އަނބިންނާއި އަދި ފިރިންގެ އަޑު އެތަނަކުން ނީވޭނެ. އެއީ މި ސަހަރުގެ ސައުދާގަރުންނީ މުޅި ދުނިޔޭގެ އެންމެ ބާރުވެރި ފަރާތްތައް ވެސްމެ. އަދި މިސަހަރު އޭގެ ދޮގު ސިހުރުތަކުގެ މަޅީގައި ދުނިޔޭގެ މީސްތަކުން ޖެއްސި ވެސްމެ!

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 18:23
26 ပူးပေါင်းရင်းမြစ်များ  

އެހެނީ ނުބައި މީހުންނަކަށް މުސްތަގުބަލެއް ނެތެވެ. އެމީހުންގެ ބައްތި ވަނީ އަބަދަށްޓަކައި ނިވިފައެވެ.


ކޮންމެއަކަސް މި ސައިމަން އޭނާގެ ފަންޑިތައިގެ ބާރުދައްކައިގެން އެ ރަށުގެ މީހުން އަޖައިބުކޮށް ހައިރާން ކުރުވާ ތާ އެތައް ދުވަހެކެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އެތައް ބަޔަކު އޭނާއަށް އީމާންވިއެވެ.


އެ ޑްރޭގަން ނަގައި އެއްލާލެވުނެވެ. އެއީ ގަދީމީ ހަރުފަ ވެސްމެއެވެ. އޭގެ ނަމަކީ: އިބިލީސް، ނުވަތަ ދުނިޔޭގެ ކެހިވެރިޔާ ކަމުގައި ވާ ޝައިތާނާއެވެ. އެ ޝައިތާނާ ދުނިޔޭގެ ތެރެއަށް އެއްލާލެވުނެވެ. އޭނާ އާއިއެކު އޭނާގެ މަލާއިކަތުން ވެސް އެއްލާލެވުނެވެ.


ދުނިޔޭގެ ރަސްރަސްކަލުން ވަނީ އޭނާ އާއި އެކުގައި ޖިންސީ ފާފަވެރިކަން ހިންގާފަ. އަދި ދުނިޔޭގައި ތިބި މީސްތަކުން ވަނީ އޭނާގެ ފާޙިޝްކަމުގެ ރާ ބޮއެގެން އަމަލުވެފައި.⁠“


އޭނާގެ ނިތްކުރީގައި ލިޔެވިފައިވާ ލިޔުމުގައި ވަންހަނާ ކުރެވިފައިވާ މާނައެއް ވެއެވެ. ލިޔެވިފައިވިއެވެ. ”⁠މަތިވެރި ބާބިލް. ނާސި އަންހެނުންގެ މައިއަންހެނާ އާއި އަދި ދުނިޔޭގައިވާ އެންމެ ނުބައިކަމުގެ މައި އަންހެނާ.⁠“


ލަވަ ކިޔުންތެރިންނާއި ހާޕްގެ މިއުޒިކާއި، ފުންމާއޮނާއި، ތާޅަފިލީގެ އަޑު މި ސަހަރުގެ މީހުން އިތުރަށް އަޑެއް ނާހާނެ. އެއްވެސް ގޮތަކުން ވިޔަފާރި ކުރާނޭ އަދި އެހެން ވެސް މަސައްކަތެއް ކުރާނޭ މީހަކު އެތަނުން ދެން ނުފެންނާނެ. އަދި ގޮދަން ކަނޑާ ބޮޑެތި ހިލަދައިތަކުގެ އަޑު އިތުރަށް ނީވޭނެ!


އެހެނީ ހުރިހާ ޤައުމުތަކެއް ވަނީ އެއަންހެނާގެ ރާ ބޮއި މަސްތުވެފައި. އެއަންހެނާގެ ފާހިޝް ބާރުގަދަ ރަލުގެ ބުއިންތައް ބޮއިފައި. ދުނިޔޭގެ ރަސްރަސްކަލުން އެއަންހެނާއާއެކު ވަނީ ޒިނޭގެ ގުޅުން ހިންގާފައި. އެއަންހެނާގެ ނިމުމެއްނުވާ ލައްޒަތުން ދުނިޔޭގެ ވިޔަފާރިވެރިން ވަނީ މުއްސަނދިވެފައި.⁠“


އެއަންހެނާއާއެކު ޖިންސީފާފަކޮށް އޭނާގެ ލައްޒަތުން އުފާލިބިގަތް ދުނިޔޭގެ ރަސްރަސްކަލުންނަށް އެއަންހެނާ އަނދަމުންދާއިރު އަރާ ދުންތަން ފެންނާނެއެވެ. އެއަށް ފަހު، އެބައިމީހުން ރޮއި ރޮއި ހިތާމައިގައި ވާނެއެވެ.


ނަމަވެސް ފިނޑިންނާއި، އީމާންވުމަށް ދެކޮޅުހަދާ މީހުންނާއި، ފާޙިޝް އަމަލުތަކުގެ ވެރިންނާއި، މީހުން މަރާލި މީހުންނާއި، ޖިންސީ ގޮތުން ފާފަކުރި މީހުންނާއި، ފަންޑިތަވެރިންނާއި، ބުދަށް އަޅުކަންކުރި މީހުންނާއި، އަދި ހުރިހާ ދޮގުވެރިންނަށް ހުރި ތަނަކީ ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅި. މިއީ ދެވަނަ މަރުވުން.⁠“


ނަމަވެސް އެސަހަރުގެ ބޭރުގައި ތިބޭނީ ވަޙުޝީ އަމަލުތައް ކުރި މީސްތަކުންނާއި ފަންޑިތަވެރިންނާއި، ފާޙިޝް މީހުންނާއި، ގާތިލުންނާއި، ބުދަށް އަޅުކަންކުރާ މީހުންނާއި، އަދި އަމަލުންނާއި ބަހުން ދޮގުވެރިންނެވެ.


އެތަނަށް ރޭގަނޑު ވުމެއް ނޯންނާނެއެވެ. އަދި ބައްތިތަކާއި އިރުގެ އަލިކަން އެބައިމީހުންނަށް ބޭނުމެއް ނުވާނެއެވެ. ސަބަބަކީ އެބައިމީހުންގެ އަލިކަމަކީ ސާހިބުވަންތަ މާތްރަސްކަލާނގެ ކަމުގައި ވާނެކަމެވެ. އަދި އެބައިމީހުން ރަސްރަސްކަލުން ފަދައިން ދާއިމަށް ވެރިކަން ކުރާނެވެ.


އެއަށް ފަހު، ދުނިޔޭގެ ރަސްރަސްކަލުންނާއި އަސްކަރީ ވެރިންނާއި، މުއްސަނދިންނާއި، އަމުރުވެރިންނާއި، ނުފޫޒުވެރި ފަރާތްތަކާއި، އަދި އަޅުންނާއި މިނިވަނުންނާއި އަދި އެންމެހައި މީސްތަކުން ހޮހަޅަތަކުގައްޔާއި އަދި ފަރުބަދަތަކުގެ ހިލަތަކުގެ ދަށުގައި ފިލިއެވެ.


އަދި މީހުން މެރުމުންނާއި ފަންޑިތަ ހެދުމުންނާއި، އެބައިމީހުންގެ ޖިންސީ ފާޙިޝްކަމާއި ނުވަތަ އެބައިމީހުން ވައްކަންކުރުން ނުމެ ހުއްޓިއެވެ. އަދި އެބައިމީހުން ތައުބާ ވުމަކަށް އެދިގެން ނުމެވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ