Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 18:21 - ކިތާބުލް މުޤައްދަސާ

21 އެއަށް ފަހު، ވަރުގަދަ މަލާއިކަތަކު ބޮޑު ހިލައެއް ނަގައި މިފަދައިން ވިދާޅުވެ ކަނޑަށް އެއްލާލެއްވިއެވެ. ”⁠ހަމަ މިފަދަ ބާރަކާއެކު ކުއްލިއަކަށް މިމަތިވެރި ސަހަރު އެއްލާލެވޭނެ. އިތުރަށް ދެން މިސަހަރު ނުފެންނާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 18:21
14 ပူးပေါင်းရင်းမြစ်များ  

އެ ފުންކަނޑު އައިސް އެމީހުން ވަށާލި. އަދި އެމީހުން ގަލެއް ހެން ކަނޑުގެ އަޑިއަށް ގެނބިގެން ދިޔަ.


ބާރުގަދަ އެހެން މަލާއިކަތަކު އުޑުން ތިރިއަށް ފައިބައި ވަޑައިގަންނަވަނިކޮށް އަހަރެން ދުށީމެވެ. އެ މަލާއިކަތާ ވަނީ ވިލާގަނޑަކުން އޮޅާލެވިފައެވެ. އަދި އެ މަލާއިކަތާގެ އިސްތަށިފުޅުގެ ވަށައިގެން ވިއްސާރަދުންޏެއް ވިއެވެ. އެ މަލާއިކަތާގެ މޫނުފުޅު އިރުފަދައިން ވިއެވެ. އަދި އެ މަލާއިކަތާގެ ފައިތިލަފުޅު އަލިފާނުގެ ތަނބުތަކެއް ފަދައިންވިއެވެ.


އަދި އެ ޑްރޭގަންގެ މައްޗަށް މީކާއީލުގެފާނު ފަތަޙަ ހޯއްދެވިއެވެ. އަދި އެ ޑްރޭގަނާއި އޭތީގެ ބައިވެރިން އުޑުން ބޭރުކޮށްލެވުނެވެ.


އެންމެހާ ރަށްތައް ގެއްލި ދިޔައެވެ. ހުރިހާ ފަރުބަދަތައް ނެތި ދިޔައެވެ.


އެބައިމީހުން ދުރުގައި ވާނެއެވެ. އެއީ އޭނާގެ ވޭންތަކުގައި ޙިއްސާކުރުމަށް އެބައިމީހުން ބިރުވެތިވެގެން ވާތީއެވެ. އެބައިމީހުން ބުނާނެއެވެ. ”⁠ހުރި ހިތާމައެއްގެ ބޮޑުކަމާއޭ! ހުރި ނުތަނަވަސްކަމާއޭ! އޭ މަތިވެރި ސަހަރު ބާބިލޭ! އެންމެ ގަޑިއެއްގެ ތެރޭގައި ތިޔަ ސަހަރަށް ޢުޤޫބާތް ލިބިދިނީއޭ!⁠“


ލަވަ ކިޔުންތެރިންނާއި ހާޕްގެ މިއުޒިކާއި، ފުންމާއޮނާއި، ތާޅަފިލީގެ އަޑު މި ސަހަރުގެ މީހުން އިތުރަށް އަޑެއް ނާހާނެ. އެއްވެސް ގޮތަކުން ވިޔަފާރި ކުރާނޭ އަދި އެހެން ވެސް މަސައްކަތެއް ކުރާނޭ މީހަކު އެތަނުން ދެން ނުފެންނާނެ. އަދި ގޮދަން ކަނޑާ ބޮޑެތި ހިލަދައިތަކުގެ އަޑު އިތުރަށް ނީވޭނެ!


އެއަށް ފަހު، ހުދުކުލައިގެ ބޮޑު ތަޚުތެއްގައި ބޭކަލަކު އިށީނދެވަޑައިގެން އިންނެވިތަން އަހަރެން ދުށީމެވެ. އެމީހެއްގެ ކުރިމަތިން އުޑާއި ބިން ގެއްލި ދިއުމަށް މަސައްކަތްކުރިއެވެ. ނަމަވެސް އުޑާއި ބިން ދާނޭ އެއްވެސް ތަނެއް ނެތެވެ.


އަދި ބާރުގަދަ މަލާއިކަތަކު ބާރަށް އިޢުލާނު ކުރައްވަމުން ގެންދިޔަތަން އަހަރެން ދުށީމެވެ. ”⁠ސިލުތައް ކަނޑާލައި އެފޮތް ހުޅުވާލަން އެކަށީގެން ވަނީ ކާކަށް؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ