Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 18:19 - ކިތާބުލް މުޤައްދަސާ

19 އެބައިމީހުންގެ އަމިއްލަ ބޮލަށް ވެލި އުކަމުން ދާނެއެވެ. އަދި އެބައިމީހުން ހިތާމަކޮށް ރޮމުން މިފަދައިން ގޮވަމުން ދާނެއެވެ. ”⁠ހުރި ހިތާމައެއްގެ ބޮޑުކަމާއޭ! މި މަތިވެރި ސަހަރަށް ހުރި ނުތަނަވަސްކަމުގެ ދެރަކަމާއޭ! މި ސަހަރަކީ އެންމެހާ ކަނޑު އުޅަނދުފަހަރުތަކުގެ ވެރިންނަށް އެއަންހެނާގެ މުއްސަނދިކަމުގެ ސަބަބުން މުއްސަނދި ކަން ގެނެސްދިން ސަހަރެއް! އަދި އެއްމެ ގަޑިއެއްގެ ތެރޭގައި އެ ހުރިހާ މުއްސަނދިކަމެއް ގެއްލިއްޖެ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 18:19
13 ပူးပေါင်းရင်းမြစ်များ  

ތާމާރު އެ ހެދުން ވީދާލައި ބޮލަށް އަޅިއަޅައި ދެއަތުން މޫނުފޮރުވައިގެން ރޮމުން ރޮމުން ހިނގައްޖެއެވެ.


ތިބާ ދުށް ދާއްބަ އާއި އޭގެ ދިހަ ދަޅު އެ އަންހެނާ ދެކެ ނަފްރަތު ކުރާނެ. އެ އަންހެނާގެ އަތުގައިވާ އެންމެހާ ތަކެތި އެބައިމީހުން އަތުލައިގަންނާނެ. އަދި އޭނާ އޮރިޔާން ޙާލުގަ ދޫކޮށްލާނެ. އެބައިމީހުން އެ އަންހެނާގެ މަސްކައި އަދި އެ އަންހެނާގެ ހަށިގަނޑު އަލިފާނުގައި އަންދައިލާނެ.


އެބައިމީހުން ދުރުގައި ވާނެއެވެ. އެއީ އޭނާގެ ވޭންތަކުގައި ޙިއްސާކުރުމަށް އެބައިމީހުން ބިރުވެތިވެގެން ވާތީއެވެ. އެބައިމީހުން ބުނާނެއެވެ. ”⁠ހުރި ހިތާމައެއްގެ ބޮޑުކަމާއޭ! ހުރި ނުތަނަވަސްކަމާއޭ! އޭ މަތިވެރި ސަހަރު ބާބިލޭ! އެންމެ ގަޑިއެއްގެ ތެރޭގައި ތިޔަ ސަހަރަށް ޢުޤޫބާތް ލިބިދިނީއޭ!⁠“


އެހެނީ ހުރިހާ ޤައުމުތަކެއް ވަނީ އެއަންހެނާގެ ރާ ބޮއި މަސްތުވެފައި. އެއަންހެނާގެ ފާހިޝް ބާރުގަދަ ރަލުގެ ބުއިންތައް ބޮއިފައި. ދުނިޔޭގެ ރަސްރަސްކަލުން އެއަންހެނާއާއެކު ވަނީ ޒިނޭގެ ގުޅުން ހިންގާފައި. އެއަންހެނާގެ ނިމުމެއްނުވާ ލައްޒަތުން ދުނިޔޭގެ ވިޔަފާރިވެރިން ވަނީ މުއްސަނދިވެފައި.⁠“


މިސަބަބަށްޓަކައި އެއްދުވަހަކުން އޭނާގެ މައްޗަށް މުސީބާތްތައް ފޮނުއްވޭނެ. ބަލިމަޑުކަމާއި ހިތާމައާއި ބަނޑުހައިހޫނުކަން ފޮނުއްވޭނެ. އަދި އޭނާ އަލިފާނުގައި އަންދާލެވޭނެ. އެހެނީ އޭނާގެ މައްޗަށް އިންސާފު ކުރައްވާ ސާހިބުވަންތަ ކަލާނގެ އަކީ ބާރުފުޅު ގަދަ ކަލެއް.⁠“


އެދުވަހު ޝީލޫހުއަށް ދިޔަ ބަންޔާމީން ދަރިކޮޅު މީހަކު އޭނާގެ ހިތާމަ ފާޅުކުރުމަށް ހެދުން ވީދާލައި ބޮލަށް ވެލި އަޅައިގެން ހުރެ މައިދާނުން ދުވެފައި ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ