ހާމަކޮށްދެއްވުންތަކެއް 18:14 - ކިތާބުލް މުޤައްދަސާ14 ސައުދާގަރުން އެ ސަހަރަށް ބުނާނެއެވެ. ”ތިބާގެ އަތުގައިވާ އެދެވިގެންވާ އެންމެހާ ތަކެތި ވަނީ ނެތި ގޮސްފަ. އަދި ތިބާގެ ލައްޒަތާއި އުޖާލާކަން ވަނީ ނެތިގޮސްފަ. އަދި ކުރިއަށް އޮތްތަނުގައި ތިބާއަށް އެތަކެތި އިތުރަށް ލިބިގެން ވެސް ނުވާނެމެ!“ အခန်းကိုကြည့်ပါ။ |
ކަލޭމެންނަށް ލިބިގެންނުވާ ތަކެއްޗަށް އެދުންވެރިވާތީއެވެ. އަނެކުންނަށް ލިބިފައިވާ ތަކެއްޗާއިމެދު ކަލޭމެން ޙަސަދަވެރިވެ މީސްތަކުން މަރައި އެތަކެތި ހޯދުމަށް ދަހިވެތި ވާތީއެވެ. ނަމަވެސް ކަލޭމެން ލިބުމަށް އެދޭ ތަކެތި ކަލޭމެންނަށް ނުމެލިބޭނެއެވެ. އެހެންވީމާ ކަލޭމެން އެކަކު އަނެކަކަށް އަރާރުންވެ އަދި ތަޅާފޮޅަނީއެވެ. ކަލޭމެން ލިބުމަށް އެދިގެންވާ ތަކެތި ކަލޭމެންނަށް ލިބިގެންނުވާ ސަބަބަކީ އެ ތަކެތި ލިބުމަށް އެދި މާތްރަސްކަލާނގެ ކިބަފުޅަށް ނުދަންނަވާތީއެވެ.