Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 18:10 - ކިތާބުލް މުޤައްދަސާ

10 އެބައިމީހުން ދުރުގައި ވާނެއެވެ. އެއީ އޭނާގެ ވޭންތަކުގައި ޙިއްސާކުރުމަށް އެބައިމީހުން ބިރުވެތިވެގެން ވާތީއެވެ. އެބައިމީހުން ބުނާނެއެވެ. ”⁠ހުރި ހިތާމައެއްގެ ބޮޑުކަމާއޭ! ހުރި ނުތަނަވަސްކަމާއޭ! އޭ މަތިވެރި ސަހަރު ބާބިލޭ! އެންމެ ގަޑިއެއްގެ ތެރޭގައި ތިޔަ ސަހަރަށް ޢުޤޫބާތް ލިބިދިނީއޭ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 18:10
17 ပူးပေါင်းရင်းမြစ်များ  

އެމީހުންގެ މާތްސާހިބާ ސަލީބަށް އެރުވިދިޔަ މަތިވެރި ސަހަރުގެ މަގުގެމަތީގައި މި ދެ ހެކިވެރިންގެ ހަށިގަނޑު ބޭއްވިފައި ވާނެއެވެ. އެ ސަހަރުގެ ރަމްޒީ ނަމަކީ ސަދޫމު އަދި މިޞްރެވެ.


ދެވަނަ މަލާއިކަތާ، ފުރަތަމަ މަލާއިކަތާގެ ފަސްފަހަތުން ވިދާޅުވަމުން ދިޔައެވެ. ”⁠ވީރާނާ ވެއްޖެ! މަތިވެރި ބާބިލް ވެއްޓިއްޖެ! އެންމެހާ ޤައުމުތައް އެ ޒާނީގެ ރަލުގެ މަސްތުގައިވި. އެ ރަލަކީ ޖިންސީ އެދުމުގެ އިންތިހާ ވެސްމެ!⁠“


މަތިވެރި ސަހަރެއް ކަމުގައިވާ ބާބިލް ތިން ބަޔަކަށް ބެހިގެން ދިޔައެވެ. އަދި އެންމެހާ ޤައުމުތަކުގައި ހުރި ސަހަރުތައް ހަލާކުވެ ދިޔައެވެ. އަދި ބާބިލުގެ ފާފަވެރިކަން މާތްރަސްކަލާނގެ ހަނދުމަ ކުރެއްވިއެވެ. ވީމާ، އެކަލާނގެ ކޯފާއިން ފުރިގެންވާ މޭބިސްކަދުރުގެ ރާތަށި ބާބިލަށް ބޯންދެއްވިއެވެ.


ތިބާ ދުށް ދިހަ ދަޅަކީ އިތުރު ދިހަ ރަސްކަލުން. އެބައިމީހުންނަށް އަދި ބާރެއް ލިބިގެން ނުވޭ. އަދި ދާއްބައާއި އެކުގައި އެބައިމީހުން ވެރިކަން ކުރާނީ އެއްމެ ގަޑިއެއްހާ ކުރު ވަގުތުކޮޅެއްގައި.


އެސަހަރު އަނދައިގެން ދާހިނދު އަރަމުން ދާ ދުންތައް އެބައިމީހުންނަށް ފެނުމުން އެބައިމީހުން ހަރުއަޑުން ގޮވަމުން ދާނެއެވެ. ”⁠މިފަދަ މަތިވެރި އިތުރު ސަހަރެއް ނުވޭ!⁠“


އެބައިމީހުންގެ އަމިއްލަ ބޮލަށް ވެލި އުކަމުން ދާނެއެވެ. އަދި އެބައިމީހުން ހިތާމަކޮށް ރޮމުން މިފަދައިން ގޮވަމުން ދާނެއެވެ. ”⁠ހުރި ހިތާމައެއްގެ ބޮޑުކަމާއޭ! މި މަތިވެރި ސަހަރަށް ހުރި ނުތަނަވަސްކަމުގެ ދެރަކަމާއޭ! މި ސަހަރަކީ އެންމެހާ ކަނޑު އުޅަނދުފަހަރުތަކުގެ ވެރިންނަށް އެއަންހެނާގެ މުއްސަނދިކަމުގެ ސަބަބުން މުއްސަނދި ކަން ގެނެސްދިން ސަހަރެއް! އަދި އެއްމެ ގަޑިއެއްގެ ތެރޭގައި އެ ހުރިހާ މުއްސަނދިކަމެއް ގެއްލިއްޖެ!⁠“


އެއަށް ފަހު، ވަރުގަދަ މަލާއިކަތަކު ބޮޑު ހިލައެއް ނަގައި މިފަދައިން ވިދާޅުވެ ކަނޑަށް އެއްލާލެއްވިއެވެ. ”⁠ހަމަ މިފަދަ ބާރަކާއެކު ކުއްލިއަކަށް މިމަތިވެރި ސަހަރު އެއްލާލެވޭނެ. އިތުރަށް ދެން މިސަހަރު ނުފެންނާނެ.


މިސަބަބަށްޓަކައި އެއްދުވަހަކުން އޭނާގެ މައްޗަށް މުސީބާތްތައް ފޮނުއްވޭނެ. ބަލިމަޑުކަމާއި ހިތާމައާއި ބަނޑުހައިހޫނުކަން ފޮނުއްވޭނެ. އަދި އޭނާ އަލިފާނުގައި އަންދާލެވޭނެ. އެހެނީ އޭނާގެ މައްޗަށް އިންސާފު ކުރައްވާ ސާހިބުވަންތަ ކަލާނގެ އަކީ ބާރުފުޅު ގަދަ ކަލެއް.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ