Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 18:1 - ކިތާބުލް މުޤައްދަސާ

1 މިއަށް ފަހު އެހެން މަލާއިކަތަކު އުޑުން ފައިބައި ވަޑައިގަންނަވަނިކޮށް އަހަރެން ދުށީމެވެ. މި މަލާއިކަތާއަށް މަތިވެރި ބާރެއް ދެއްވާފައި ވެއެވެ. އަދި މުޅި ދުނިޔެ އުޖާލާ ވެގެން ވަނީ މި މަލާއިކަތާގެ ނޫރުފުޅުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 18:1
8 ပူးပေါင်းရင်းမြစ်များ  

އިންސާނާގެ ދަރިކަލުން އެނބުރި ވަޑައިގަންނަވާ ދުވަހު އުޑުގެ އެއްކޮޅުން އަނެއްކޮޅަށް ދިއްލިގެން ދާފަދަ ވިދުވަރެއް ފަދައިން ވާނެ.


އެކަލާނގެ ބޮޑު ދުޝްމަން ފަރާތް ފައުޅު ވާނީ އޭގެ ފަހުންނެވެ. ނަމަވެސް މާތްސާހިބާ އީސާގެފާނު އޭނާ ގަތުލު ކުރައްވާނީ އެކަލޭގެފާނުގެ ނޭވާފުޅު ލައްވައެވެ. އަދި މާތްސާހިބާ ވަޑައިގެންނެވުމުގެ މަތިވެރިކަމުން އޭނާ މުޅީންމެ ނެތިކޮށްލާނެއެވެ.


ބާރުގަދަ އެހެން މަލާއިކަތަކު އުޑުން ތިރިއަށް ފައިބައި ވަޑައިގަންނަވަނިކޮށް އަހަރެން ދުށީމެވެ. އެ މަލާއިކަތާ ވަނީ ވިލާގަނޑަކުން އޮޅާލެވިފައެވެ. އަދި އެ މަލާއިކަތާގެ އިސްތަށިފުޅުގެ ވަށައިގެން ވިއްސާރަދުންޏެއް ވިއެވެ. އެ މަލާއިކަތާގެ މޫނުފުޅު އިރުފަދައިން ވިއެވެ. އަދި އެ މަލާއިކަތާގެ ފައިތިލަފުޅު އަލިފާނުގެ ތަނބުތަކެއް ފަދައިންވިއެވެ.


އެއަށް ފަހު، ހަތް ބޯތަށި ހިފަހައްޓަވައިގެން ތިއްބެވި ހަތް މަލާއިކަތުންގެ ތެރެއިން މަލާއިކަތަކު އަހަރެންގެ ކައިރިއަށް ވަޑައިގެން ވިދާޅުވިއެވެ. ”⁠އަހަރެންނާއި އެކުގައި އާދޭ. ގިނަ ކޯރުތަކުގެ ފެންމަތީގައި އިށީނދެގެން އިން ގަދަފަދަ ނާސި އަންހެނާއަށް ހުރި ޢުޤޫބާތް އަހަރެން ތިބާއަށް ދައްކައިދޭނަން.


އަދި އެ މަލާއިކަތާ އަހަރެންނާއި ދިމާއަށް ވިދާޅުވިއެވެ. ”⁠ތިބާ ޙައިރާންވީ ކީއްވެ؟ ހަތް ބޮލާއި ދިހަ ދަޅުގެ ދާއްބައިގެ މަތީގައި އިށީނދެ އިން އަންހެނާގެ ކިބައިގައި ވަންހަނާ ކުރެވިގެންވާ ކަންތައްތައް އަހަރެން ތިބާއަށް އޮޅުންފިލުވައި ދޭނަމު.


އެ ސަހަރަށް އަލިކަން ލިބިދިނުމަށް އިރާއި ހަނދު ބޭނުމެއް ނުވެއެވެ. ސަބަބަކީ މާތްރަސްކަލާނގެ ނޫރުފުޅު އެ ސަހަރުގައި ބަބުޅަމުން ދެއެވެ. އަދި އެ ސަހަރުގެ ބައްތިއަކީ ޅަކަންބަޅި ކަމުގައި ވުމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ