Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 17:7 - ކިތާބުލް މުޤައްދަސާ

7 އަދި އެ މަލާއިކަތާ އަހަރެންނާއި ދިމާއަށް ވިދާޅުވިއެވެ. ”⁠ތިބާ ޙައިރާންވީ ކީއްވެ؟ ހަތް ބޮލާއި ދިހަ ދަޅުގެ ދާއްބައިގެ މަތީގައި އިށީނދެ އިން އަންހެނާގެ ކިބައިގައި ވަންހަނާ ކުރެވިގެންވާ ކަންތައްތައް އަހަރެން ތިބާއަށް އޮޅުންފިލުވައި ދޭނަމު.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 17:7
6 ပူးပေါင်းရင်းမြစ်များ  

މި ބޮޑު ދުޝްމަން ފަރާތުގެ ނުފޫޒު މިހާރު ވެސް ސިއްރުން ދުނިޔޭގައި ހިނގަމުން ދެއެވެ. ނަމަވެސް ކޮންމެވެސް ފަރާތަކުން އޭނާ ވަނީ ހިފަހައްޓާފައެވެ. އަދި އޭނާ ހިފަހައްޓާފައިވީ ފަރާތް އޭނާއާއި ދުރަށް ޖެހި ވަޑައިގެންނެވުމުގެ ކުރިން އޭނާ ފައުޅެއް ނުވާނެއެވެ.


ތިބާއަށް އަހަރެންގެ ކަނާއަތުގައި ވަނިކޮށް ފެނުނު ހަތްތަރިއާއި، އަދި ދިއްލާފައިވާ ބައްތި ބަހައްޓާ ރަނުގެ ހަތް ހަރުގެ ފޮރުވިފައިވާ މާނައަކީ މިއީ. އެ ހަތްތަރި ރަމްޒު ކޮށްދެނީ މަސީޙީ ހަތް ޖަމާޢަތުގެ މަލާއިކަތުން. އަދި ދިއްލާފައިވާ ބައްތި ބަހައްޓާ ރަނުގެ ހަތް ހަރު ރަމްޒު ކޮށްދެނީ މަސީޙީ ހަތް ޖަމާޢަތް.⁠“


ދެން އެހެން އަލާމާތެއް އުޑުން ފައުޅު ވިއެވެ. އެއީ ހަތް ބޮލާއި ދިހަ ދަޅު ވާ ރަތްކުލައިގެ ބޮޑު ޑްރޭގަނެކެވެ. އަދި އެ ހަތް ބޮލުން ކުރެ ކޮންމެ ބޮލެއްގައި ތާޖެއް ވިއެވެ.


ތިބާއަށް މިހާރު ތިޔަ ފެންނަ ދާއްބައަކީ އެއްއިރެއްގައި ދިރިއުޅެފައިވާ، އެކަމަކު މިހާރު ދިރިނޫޅޭ އެއްޗެއް. އޭތި ފޫނެތް ފުން ވަޅުގަނޑުން އަލުން ނުކުމެގެން އަންނާނެ. އެކަމަކު އޭތި ނައްތާލެވޭނެ. ބިންމަތީގައި ތިބި އެބައެއްގެ ނަންތައް ޙަޔާތުގެ ފޮތުގައި ލިޔެވިފައި ނުވާ މީހުންނަށް، މިއީ ހައިރާންވާ ވަރުގެ ކަމެއް. އެހެނީ އެފޮތުގައި ލިޔެވިފައިވާ ނަންތަކަކީ ޚަލްޤު ކުރެއްވުމުގެ މާކުރީގައިވެސް ލިޔެވިފައިވާ ނަންތަކެއް. އެމީހުން ހައިރާންވަނީ އެއް އިރެއްގައި ދިރި އުޅެފައިވާ، އެކަމަކު މިހާރު ދިރި ނޫޅޭ ދާއްބައެއް އަލުން ދިރިގެން އަންނަތަން ފެނުމުން.


މިއަށް ފަހު އެހެން މަލާއިކަތަކު އުޑުން ފައިބައި ވަޑައިގަންނަވަނިކޮށް އަހަރެން ދުށީމެވެ. މި މަލާއިކަތާއަށް މަތިވެރި ބާރެއް ދެއްވާފައި ވެއެވެ. އަދި މުޅި ދުނިޔެ އުޖާލާ ވެގެން ވަނީ މި މަލާއިކަތާގެ ނޫރުފުޅުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ