ހާމަކޮށްދެއްވުންތަކެއް 17:6 - ކިތާބުލް މުޤައްދަސާ6 މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި އަދި ގަތުލު ކުރެވިގެންވީ މީސްތަކުންގެ ލޭ އެ އަންހެނާ ބޮނިކޮށް އަހަރެން ދުށީމެވެ. ސަބަބަކީ އެބައިމީހުންނީ އީސާގެފާނާއި މެދު ހެކިވަނިވި މީހުން ކަމުގައި ވީތީއެވެ. އަހަރެންނަށް އެ އަންހެނާ ފެނުނު ހިނދު އަހަރެން މުޅިން ޙައިރާންވެ ދިޔައެވެ. အခန်းကိုကြည့်ပါ။ |
އަދި މާތް ސާހިބާ އާއި ބެހޭ ގޮތުން ވާހަކަދައްކާ މީސްތަކުންނަށް އަންގައިދީ އުޅުނު އިސްތިފާނު ގައިގައި ގަލުން ތަޅާ މަރާލިއިރު ވެސް އަޅުގަނޑު އެތާނގައި އެބައިމީހުންނާއި އެއްކޮޅުވެ އެމީހުންނަށް ތާއީދު ކުރަން ހުރީމޭ، އަދި އެ ގަލުން ތެޅި މީހުންގެ ކޮނޑުގައި ވީ ފޮށާތައް ވެސް ބެލެހެއްޓީ ވެސް ހަމަ އަޅުގަނޑޭ.‘
މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އޭއްޗަށް ބާރު ލިބުނެވެ. އަދި އެބައިމީހުންގެ މައްޗަށް ފަތަޙަ ހޯއްދުމަށް ވެސް މެއެވެ. އަދި އެންމެހާ ގަބީލާތަކަށާއި، ނަސްލުތަކަށާއި، ބަހުރުވަތަކަށާއި، ޤައުމުތަކަށް އެފަދައިން އަމަލު ކުރުމަށްޓަކައި ވެސް އެ އެއްޗަށް ބާރު ލިބިގެން ވިއެވެ.
ތިޔަބައިމީހުން ޙަޔާތު ވޭތުކުރަމުން ގެންދަނީ ކޮން ތަނެއްގައިކަން އަހަރެންނަށް އެނގޭ. އަދި އެއީ އެތަނެއްގައި ޝައިތާނާގެ ތަޚުތު ބެހެއްޓިފައި ހުރި ތަން ވެސްމެ. ނަމަވެސް ތިޔަބައިމީހުން އަހަރެންނަށް ތެދުވެރިވީމު. އަދި އަހަރެންގެ ވަފާތެރި ހެކިވެރިޔާ ކަމުގައިވާ އަންތިޕާސް ތިޔަބައިމީހުންގެ ތެރޭގައި އުޅުނު ހިނދު އެތަނެއްގައި ޝައިތާނާ ދިރިއުޅެމުން ގެންދާ ތިޔަބައިމީހުންގެ ސަހަރުގައި އަންތިޕާސް ޝަހީދުކުރެވުނު. އެހެނަސް އަހަރެންނާއިމެދު ތިޔަބައިމީހުންގެ ކިބައިގައި ހުރި އީމާންތެރިކަން ދޫކޮށްނުލަން.