Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 17:4 - ކިތާބުލް މުޤައްދަސާ

4 އޭނާ ލައިގެން ހުރި ދަނބުކުލަ އާއި ރަތްކުލައިގެ ހެދުން ރަނުގެ ގަހަނާތަކުންނާއި އަގުބޮޑު ޖަވާހިރުތަކާއި އަދި މުތްތަކުން ފުރިފައި ވިއެވެ. އޭނާގެ އަތުގައި ހުރި ތަށި ފުރިފައި ވަނީ އޭނާ ކޮށްފައިވާ ވަޙުޝީ އަދި ފާޙިޝް ފާފަތަކުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 17:4
22 ပူးပေါင်းရင်းမြစ်များ  

ދެވަނަ މަލާއިކަތާ، ފުރަތަމަ މަލާއިކަތާގެ ފަސްފަހަތުން ވިދާޅުވަމުން ދިޔައެވެ. ”⁠ވީރާނާ ވެއްޖެ! މަތިވެރި ބާބިލް ވެއްޓިއްޖެ! އެންމެހާ ޤައުމުތައް އެ ޒާނީގެ ރަލުގެ މަސްތުގައިވި. އެ ރަލަކީ ޖިންސީ އެދުމުގެ އިންތިހާ ވެސްމެ!⁠“


އެއްވެސް މީހަކު އެބައިމީހުންގެ އަތުން ރަނާއި، ރިއްސާއި، އަގުބޮޑު ޖަވާހިރާ، މުތާއި، ލިނެން ފޮތީގެ ފޭރާމާއި، ދަނބުކުލައިގެ ފޮއްޗާއި، ފަށުއި ފޮއްޗާއި، ރަތްކުލައިގެ ފޭރާން ފޮއްޗާއި، ލިބުން ދަތި ލަކުޑިއާއި، އެތުދަތާއި، އަދި އަގުބޮޑު ލަކުޑިއާއި، ކަފުލޮޔާއި، ދަގަނޑާއި އަދި ސަންގުމަރުމަރު ހިލައިގެ ތަފާތު ހިލަތަކާއި އަދި މިދެންނެވި އެއްވެސް އެއްޗަކުން ހަދާފައިވާ އެއްވެސް އެއްޗެއް ނުގަންނާތީއެވެ.


އަދި ބުނާނެއެވެ. ”⁠ހުރި ހިތާމައެއްގެ ބޮޑުކަމާއޭ! އެސަހަރަށް ކުރިމަތިވި ނުތަނަވަސްކަމާއެ! އެ ސަހަރު ލައިއުޅުނީ މޮޅު ލިނެން ފޮތީގެ ދަނބުކުލައާއި ރަތްކުލައިގެ ފޭރާންމެ. އަދި ރަނުގެ ޒޭވަރުތަކުންނާއި، އަގުބޮޑު ޖަވާހިރުތަކުންނާއި މުތްތައް ފަދަ ތަކެތިން އެ ސަހަރު ޒީނަތްތެރި ކުރެވިފައިވި.


އެކަލާނގެ ފައިސަލާ ކުރައްވަނީ ތެދުވެރިކަމާއި އިންސާފުން ވެސްމެ! އެކަލާނގެ ބިމުގައި ފަސާދަކުރި އެ ގަދަފަދަ ނާސިއަންހެނާއަށް އޭނާގެ ޖިންސީ ފާފަވެރިކަމުގެ ޢުޤޫބާތް ދެއްވި. މާތްރަސްކަލާނގެ އެ އަންހެނާއަށް ޢުޤޫބާތް ދެއްވީ އެ އަންހެނާ އެކަލާނގެ ޚާދިމުން ގަތުލުކުރުމުގެ ސަބަބުން ވެސްމެ.⁠“


ބާރަ ދޮރުގެ ތެރެއިން ކޮންމެ ދޮރެއް ހަދާފައި ވަނީ މުތަކުންނެވެ. ސަހަރުގެ މަގުތައް ހަދާފައި ވަނީ ސާފު ބިއްލޫރި ފަދައިން ސާފުކޮށްފައިވާ ޚާލިސް ރަނުންނެވެ.


އަދި މީހުން މެރުމުންނާއި ފަންޑިތަ ހެދުމުންނާއި، އެބައިމީހުންގެ ޖިންސީ ފާޙިޝްކަމާއި ނުވަތަ އެބައިމީހުން ވައްކަންކުރުން ނުމެ ހުއްޓިއެވެ. އަދި އެބައިމީހުން ތައުބާ ވުމަކަށް އެދިގެން ނުމެވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ