Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 17:3 - ކިތާބުލް މުޤައްދަސާ

3 އެއަށް ފަހު މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން ހަނަފަސް ސަހަރާއެއްގެ ތެރެއަށް އެ މަލާއިކަތާ އަހަރެން ގެންދިޔައެވެ. ހަތް ބޮލާއި އަދި ދިހަ ދަޅު ހުރި ރަތްކުލައިގެ ދާއްބައެއްގެ މަތީގައި އިށީނދެ އިން އަންހެނަކު އަހަރެން ދުށީމެވެ. އެ ދާއްބައިގެ މުޅި ހަށިގަނޑު ފޮރުވިގެން ވަނީ މާތްރަސްކަލާނގެ ކިބަފުޅަށް ނިސްބަތް ކޮށް ލިޔެފައިވާ ކުފުރުގެ ބަސްތަކުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 17:3
26 ပူးပေါင်းရင်းမြစ်များ  

އެބައިމީހުން އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި ރިދާކޮޅު ބާލުއްވައި ރަތްކުލައިގެ ރިދާކޮޅެއް ލެއްވިއެވެ.


އެމީހުން އެފެންގަނޑުން އެރި ހިނދު މާތްރޫޙުފުޅު ކުއްލިއަކަށް ފިލިޕު ގެންދެވިއެވެ. އަދި މި ވަޒީރާއި ފިލިޕު އާއި އޭގެ ފަހުން ދުވަހަކު ވެސް ބައްދަލެއްނުވެއެވެ. ނަމަވެސް އޭނާ ރަށަށް ދިއުމަށް ދަތުރުކޮށް ދިޔައީ ވަރަށް އުފާވެ ހިތްހަމަޖެހުމާއި އެކުގައެވެ.


އަދި މީސްތަކުން އަޅުކަން ކުރާ ކޮންމެ އެއްޗަކާއި އޭނާ ދެކޮޅުވެރިވެ އެ ފަރާތްތަކުގެ މައްޗަށް ބާރުވެރިވެ އޭނާއަށް އަޅުކަން ކުރުމަށް ބުނާނެއެވެ. އަދި އެކަލާނގެ ބޮޑު ދުޝްމަން ފަރާތް ބައިތުލް މަޤްދިސްއަށް ގޮސް އެތަނުގައި އިށީނދެގެން އިނދެ ތިމަންނައަކީ މާތް ކަލާނގެ ކަމަށް އޭނާ ދަޢުވާ ކުރާނެއެވެ.


މާތްސާހިބާގެ ދުވަހުގައި މާތްރޫޙުފުޅުގެ ބާރުފުޅުން އަހަރެން ފުރިގެން ވިއެވެ. އަދި ތާޅަފިލީގެ އަޑުފަދަ ގަދަ އަޑެއް އަހަރެންނަށް އިވުނެވެ. އެ ހިނދު އެއަޑު އަހަރެންގެ ފުރަގަހުން ވާހަކަ ދައްކަމުން ދިޔައެވެ.


ނަމަވެސް ބޮޑު ބާޒަކަށް ލިބިފައިވާ ފަދަ ދެފިޔަ އެ އެކަނބުލޭގެއަށް ވެސް ވަނީ ލިބިފައެވެ. ވީމާ، ސަހަރާގެ ތެރޭގައި އެކަނބުލޭގެއަށް ތައްޔާރު ކުރެވިފައިވާ ތަނަށް ދިއުމަށްޓަކައި އެކަނބުލޭގެއަށް އުދުހެވޭނެއެވެ. އަދި އެތަނުގައި އެކަނބުލޭގެއަށް އަޅާލުމާއި އަދި ޑްރޭގަންގެ ކިބައިން ތިން އަހަރު ބައި ވަންދެން ސަލާމަތްތެރިކަން ލިބިގެންވިއެވެ.


ދެން އެހެން އަލާމާތެއް އުޑުން ފައުޅު ވިއެވެ. އެއީ ހަތް ބޮލާއި ދިހަ ދަޅު ވާ ރަތްކުލައިގެ ބޮޑު ޑްރޭގަނެކެވެ. އަދި އެ ހަތް ބޮލުން ކުރެ ކޮންމެ ބޮލެއްގައި ތާޖެއް ވިއެވެ.


ސަހަރާ ތެރޭގައި މާތްރަސްކަލާނގެ އެ އެކަނބުލޭގެއަށް ތައްޔާރު ކޮށްދެއްވި ތަނަށް ގޮސް އެކަނބުލޭގެ ފިލިއެވެ. އެތަނުގައި އެއްހާސް ދުއިސައްތަ ފަސްދޮޅަސް ދުވަސް ވަންދެން އެކަނބުލޭގެއަށް އެކަލާނގެ އަޅާލެއްވިއެވެ.


އަދި ތިބާއަށް ފެނުނު ނާސި އަންހެނާ ތަމްސީލުކޮށްދެނީ ދުނިޔޭގެ ބިމުގައި ރަސްކަން ކުރެއްވި ރަސްރަސްކަލުންގެ މައްޗަށް އަމުރުވެރި ކަމުގައިވި މަތިވެރި ސަހަރު.⁠“


އޭނާ ލައިގެން ހުރި ދަނބުކުލަ އާއި ރަތްކުލައިގެ ހެދުން ރަނުގެ ގަހަނާތަކުންނާއި އަގުބޮޑު ޖަވާހިރުތަކާއި އަދި މުތްތަކުން ފުރިފައި ވިއެވެ. އޭނާގެ އަތުގައި ހުރި ތަށި ފުރިފައި ވަނީ އޭނާ ކޮށްފައިވާ ވަޙުޝީ އަދި ފާޙިޝް ފާފަތަކުންނެވެ.


އެއްވެސް މީހަކު އެބައިމީހުންގެ އަތުން ރަނާއި، ރިއްސާއި، އަގުބޮޑު ޖަވާހިރާ، މުތާއި، ލިނެން ފޮތީގެ ފޭރާމާއި، ދަނބުކުލައިގެ ފޮއްޗާއި، ފަށުއި ފޮއްޗާއި، ރަތްކުލައިގެ ފޭރާން ފޮއްޗާއި، ލިބުން ދަތި ލަކުޑިއާއި، އެތުދަތާއި، އަދި އަގުބޮޑު ލަކުޑިއާއި، ކަފުލޮޔާއި، ދަގަނޑާއި އަދި ސަންގުމަރުމަރު ހިލައިގެ ތަފާތު ހިލަތަކާއި އަދި މިދެންނެވި އެއްވެސް އެއްޗަކުން ހަދާފައިވާ އެއްވެސް އެއްޗެއް ނުގަންނާތީއެވެ.


އަދި ބުނާނެއެވެ. ”⁠ހުރި ހިތާމައެއްގެ ބޮޑުކަމާއޭ! އެސަހަރަށް ކުރިމަތިވި ނުތަނަވަސްކަމާއެ! އެ ސަހަރު ލައިއުޅުނީ މޮޅު ލިނެން ފޮތީގެ ދަނބުކުލައާއި ރަތްކުލައިގެ ފޭރާންމެ. އަދި ރަނުގެ ޒޭވަރުތަކުންނާއި، އަގުބޮޑު ޖަވާހިރުތަކުންނާއި މުތްތައް ފަދަ ތަކެތިން އެ ސަހަރު ޒީނަތްތެރި ކުރެވިފައިވި.


އަދި މާތްރޫޙުފުޅުގެ ބާރުން އެ މަލާއިކަތާ ވަރަށް އުސް ފަރުބަދައެއްގެ މައްޗަށް އަހަރެން ނެންގެވިއެވެ. މުޤައްދަސް ސަހަރު ކަމުގައިވާ ޖެރޫސަލަމް މާތްރަސްކަލާނގެ ޙަޟްރަތުން އުޑުން ތިރިއަށް ފައިބަމުން އައިތަން އެ މަލާއިކަތާ އަހަރެންނަށް ދެއްކެވިއެވެ.


ކުއްލިއަކަށް މާތްރޫޙުފުޅުގެ ބާރުފުޅުން އަހަރެން ފުރިގެން ވިއެވެ. އަދި އުޑުގައިވާ ތަޚުތެއްގައި މީހަކު އިށީނދެ ވަޑައިގެން އިންނެވިތަން އަހަރެން ދުށީމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ