Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 17:18 - ކިތާބުލް މުޤައްދަސާ

18 އަދި ތިބާއަށް ފެނުނު ނާސި އަންހެނާ ތަމްސީލުކޮށްދެނީ ދުނިޔޭގެ ބިމުގައި ރަސްކަން ކުރެއްވި ރަސްރަސްކަލުންގެ މައްޗަށް އަމުރުވެރި ކަމުގައިވި މަތިވެރި ސަހަރު.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 17:18
7 ပူးပေါင်းရင်းမြစ်များ  

ޔަޙުޔާގެފާނުގެ އުމުރުފުޅުން ގާތްގަނޑަކަށް ހަމަހުގައި އޭރު ރޯމު ކަރައިގެ ރަސްކަލަކަށް ހުންނެވި ކައިސަރު އައުގުސްތު އަމުރުފުޅެއް ނެރުއްވިއެވެ. އެ އަމުރުފުޅަކީ ރޯމުގެ ދައުލަތުގައި ހިމެނޭ ހުރިހާ ޤައުމެއްގެ އެންމެން އެމީހެއްގެ ކާބަފައިންގެ ރަށަށް ގޮސް ސަރުކާރުގެ ބޯހިމެނުމުގައި ނަން ނޯޓު ކުރުމަށެވެ. ފުރަތަމަ ފަހަރަށް މިބޯހިމެނުން ހިމެނުނީ ސޫރިޔާގެ ގަވަރުނަރަކަށް ކިރީނިޔުސް ހުންނެވި ދުވަސްވަރުއެވެ.


އެމީހުންގެ މާތްސާހިބާ ސަލީބަށް އެރުވިދިޔަ މަތިވެރި ސަހަރުގެ މަގުގެމަތީގައި މި ދެ ހެކިވެރިންގެ ހަށިގަނޑު ބޭއްވިފައި ވާނެއެވެ. އެ ސަހަރުގެ ރަމްޒީ ނަމަކީ ސަދޫމު އަދި މިޞްރެވެ.


އެ ޑްރޭގަންގެ ނަގުލުން ތަރިތަކުގެ ތިން ބައިކުޅަ އެއްބައި ތަރި އުޑުން ދަމައިގަނެ، އެ ތަރިތައް ދުނިޔެއަށް އެއްލާލިއެވެ. އެ ޑްރޭގަން އެކަނބުލޭގެ ކުރިމަތީގައި ހުއްޓެވެ. އެ އެކަނބުލޭގެ ވިހެއުމުން އޭނާ ވިހާ ދަރި ކައިލުމަށްޓަކައެވެ.


މަތިވެރި ސަހަރެއް ކަމުގައިވާ ބާބިލް ތިން ބަޔަކަށް ބެހިގެން ދިޔައެވެ. އަދި އެންމެހާ ޤައުމުތަކުގައި ހުރި ސަހަރުތައް ހަލާކުވެ ދިޔައެވެ. އަދި ބާބިލުގެ ފާފަވެރިކަން މާތްރަސްކަލާނގެ ހަނދުމަ ކުރެއްވިއެވެ. ވީމާ، އެކަލާނގެ ކޯފާއިން ފުރިގެންވާ މޭބިސްކަދުރުގެ ރާތަށި ބާބިލަށް ބޯންދެއްވިއެވެ.


އެކަލޭގެފާނު ހަރު އަޑުން ގޮވާލެއްވިއެވެ. ”⁠އެ ސަހަރު ނެތި ހިނގައްޖެ! މަތިވެރި ބާބިލް ނެތި ފަނާވެއްޖެ! އެ ސަހަރު ވަނީ ޝައިތާނުންނާއި ނުތާހިރު ރޫޙުތައް އަވަލާފައި. ހުރިހާ ބާވަތެއްގެ ނަޖިސް އަދި ފަކުރުގަންނަފަދަ ދޫނިތަކާއި ޖަނަވާރުތަކުން އެރަށް ވަނީ ފުރިފައި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ