Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 17:16 - ކިތާބުލް މުޤައްދަސާ

16 ތިބާ ދުށް ދާއްބަ އާއި އޭގެ ދިހަ ދަޅު އެ އަންހެނާ ދެކެ ނަފްރަތު ކުރާނެ. އެ އަންހެނާގެ އަތުގައިވާ އެންމެހާ ތަކެތި އެބައިމީހުން އަތުލައިގަންނާނެ. އަދި އޭނާ އޮރިޔާން ޙާލުގަ ދޫކޮށްލާނެ. އެބައިމީހުން އެ އަންހެނާގެ މަސްކައި އަދި އެ އަންހެނާގެ ހަށިގަނޑު އަލިފާނުގައި އަންދައިލާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 17:16
17 ပူးပေါင်းရင်းမြစ်များ  

ދެން އެހެން އަލާމާތެއް އުޑުން ފައުޅު ވިއެވެ. އެއީ ހަތް ބޮލާއި ދިހަ ދަޅު ވާ ރަތްކުލައިގެ ބޮޑު ޑްރޭގަނެކެވެ. އަދި އެ ހަތް ބޮލުން ކުރެ ކޮންމެ ބޮލެއްގައި ތާޖެއް ވިއެވެ.


އެއަށް ފަހު ހަވަނަ މަލާއިކަތާ އެމަލާއިކަތާގެ ބޯތަށިކޮޅު ބޮޑުވެގެންވާ ފުރާތު ކޯރަށް އޮއްސާލެއްވިއެވެ. އެ ކޯރު މުޅިން ހިނދުނެވެ. އަދި އިރުމަތީ ފަރާތުގެ ރަސްރަސްކަލުންނާއި އެ ރަސްކަލުންގެ ލަޝްކަރުތައް އައުމަށްޓަކައި މަގެއް ހާމަވެގެން ދިޔައެވެ.


އަދި އެއީ ހަތް ރަސްކަލުން ވެސް މެ. އޭގެ ތެރެއިން ފަސް ރަސްކަލުން ވަނީ ނެތި ގޮސްފައި. އަދި އޭގެތެރެއިން އެއް ރަސްކަލަކު މިހާރު ވެސް ދުނިޔޭގައި އުޅެމުން ގެންދޭ. އަދި ދެން ހުރި ރަސްގެފާނު އަދި ނާދޭ. އެ ރަސްގެފާނު އައުމުން އޭނާގެ ވެރިކަން އޮންނާނީ ކުރު މުއްދަތެއްގައި.


އެބައިމީހުންގެ އަމިއްލަ ބޮލަށް ވެލި އުކަމުން ދާނެއެވެ. އަދި އެބައިމީހުން ހިތާމަކޮށް ރޮމުން މިފަދައިން ގޮވަމުން ދާނެއެވެ. ”⁠ހުރި ހިތާމައެއްގެ ބޮޑުކަމާއޭ! މި މަތިވެރި ސަހަރަށް ހުރި ނުތަނަވަސްކަމުގެ ދެރަކަމާއޭ! މި ސަހަރަކީ އެންމެހާ ކަނޑު އުޅަނދުފަހަރުތަކުގެ ވެރިންނަށް އެއަންހެނާގެ މުއްސަނދިކަމުގެ ސަބަބުން މުއްސަނދި ކަން ގެނެސްދިން ސަހަރެއް! އަދި އެއްމެ ގަޑިއެއްގެ ތެރޭގައި އެ ހުރިހާ މުއްސަނދިކަމެއް ގެއްލިއްޖެ!⁠“


މިސަބަބަށްޓަކައި އެއްދުވަހަކުން އޭނާގެ މައްޗަށް މުސީބާތްތައް ފޮނުއްވޭނެ. ބަލިމަޑުކަމާއި ހިތާމައާއި ބަނޑުހައިހޫނުކަން ފޮނުއްވޭނެ. އަދި އޭނާ އަލިފާނުގައި އަންދާލެވޭނެ. އެހެނީ އޭނާގެ މައްޗަށް އިންސާފު ކުރައްވާ ސާހިބުވަންތަ ކަލާނގެ އަކީ ބާރުފުޅު ގަދަ ކަލެއް.⁠“


ރަސްރަސްކަލުންގެ މަހާއި، ވެރިންގެ މަހާއި، ހަނގުރާމަވެރި ފަހުލަވާނުންގެ މަހާއި، އަސްތަކާއި އަދި އޭގެ އަސްވާރުންގެ މަހާއި، ހުރިހާ އެންމެންގެ މަހާއި، އޭގެތެރޭގައިވާ ހުރިހާ އަޅުންނާއި މިނިވަނުންގެ މަހާއި، މަތިވެރި އަދި ދަށު ދަރަޖައިގެ މީހުންގެ މަސްކެއުމަށް މިކޮޅަށް އާދޭ!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ