Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 17:1 - ކިތާބުލް މުޤައްދަސާ

1 އެއަށް ފަހު، ހަތް ބޯތަށި ހިފަހައްޓަވައިގެން ތިއްބެވި ހަތް މަލާއިކަތުންގެ ތެރެއިން މަލާއިކަތަކު އަހަރެންގެ ކައިރިއަށް ވަޑައިގެން ވިދާޅުވިއެވެ. ”⁠އަހަރެންނާއި އެކުގައި އާދޭ. ގިނަ ކޯރުތަކުގެ ފެންމަތީގައި އިށީނދެގެން އިން ގަދަފަދަ ނާސި އަންހެނާއަށް ހުރި ޢުޤޫބާތް އަހަރެން ތިބާއަށް ދައްކައިދޭނަން.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 17:1
20 ပူးပေါင်းရင်းမြစ်များ  

އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠އެކަލޭގެފާނު މިއައި މަގުމަތީ އަހަރެމެންނާއި ވާހަކަ ދައްކަވާ ފޮތްތަކުގައި އެކަލޭގެފާނާއި ބޭހެގޮތުން ލިޔެވިގެން ވީ ބަސްފުޅުތައް އަހަރެމެންނަށް ތަފްސީލު ކޮށްދެއްވި އިރު އަޅެ އަހަރެމެންގެ ހިތުގައި ފުން އިހުސާސްތަކެއް އިހުސާސް ކުރެވުމަކުން ނުދޭ ތަ؟⁠“


އަދި ކުއްލިއަކަށް މޫސާގެފާނާއި އިލްޔާސްގެފާނު އެތަނުގައި އީސާގެފާނާއި ވާހަކަފުޅު ދައްކަވަނިކޮށް ފާޅުވެގެން ދިޔައެވެ.


މި ފޮތަކީ އީސާ އަލްމަސީޙަށް މާތްރަސްކަލާނގެ ހާމަކޮށްދެއްވި ހާމަކޮށްދެއްވުން ތަކެކެވެ. އެއީ ދުރުނޫން ގޮތެއްގައި ހިނގާނެ ޙާދިސާ ތަކެއްގެ ޚަބަރު އެކަލޭގެފާނުގެ ޚާދިމުންނަށް ބުނެދެއްވުމަށެވެ. އަދި އަލްމަސީޙުގެ މަލާއިކަތާ އެކަލޭގެފާނުގެ ޚާދިމު ޔޫޙަންނާއަށް ހިނގާނެ މި ޙާދިސާތައް އަންގައި ދިނުމަށް ފޮނުއްވިއެވެ.


އެއަށް ފަހު، އުޑުން އަލާމާތެއް އަހަރެން ދުށީމެވެ. އެއީ މަތިވެރި އަދި ޙައިރާން ކުރުވަނިވި ކަމެކެވެ. ހަތް މަލާއިކަތުން އެކަލާނގެ އެންމެފަހުން ފޮނުއްވާނޭ ހަތް މުސީބާތް ހިފަހައްޓަވައިގެން ތިއްބެވިއެވެ. ސަބަބަކީ އެއީ މާތްރަސްކަލާނގެ ކޯފާވެ ވޮޑިގެންނެވުމުގެ އެންމެ ފަހުގެ ތަސައްވުރު ވެސް މެއެވެ.


މަތިވެރި ސަހަރެއް ކަމުގައިވާ ބާބިލް ތިން ބަޔަކަށް ބެހިގެން ދިޔައެވެ. އަދި އެންމެހާ ޤައުމުތަކުގައި ހުރި ސަހަރުތައް ހަލާކުވެ ދިޔައެވެ. އަދި ބާބިލުގެ ފާފަވެރިކަން މާތްރަސްކަލާނގެ ހަނދުމަ ކުރެއްވިއެވެ. ވީމާ، އެކަލާނގެ ކޯފާއިން ފުރިގެންވާ މޭބިސްކަދުރުގެ ރާތަށި ބާބިލަށް ބޯންދެއްވިއެވެ.


މިއަށް ފަހު އެހެން މަލާއިކަތަކު އުޑުން ފައިބައި ވަޑައިގަންނަވަނިކޮށް އަހަރެން ދުށީމެވެ. މި މަލާއިކަތާއަށް މަތިވެރި ބާރެއް ދެއްވާފައި ވެއެވެ. އަދި މުޅި ދުނިޔެ އުޖާލާ ވެގެން ވަނީ މި މަލާއިކަތާގެ ނޫރުފުޅުންނެވެ.


އެކަލާނގެ ފައިސަލާ ކުރައްވަނީ ތެދުވެރިކަމާއި އިންސާފުން ވެސްމެ! އެކަލާނގެ ބިމުގައި ފަސާދަކުރި އެ ގަދަފަދަ ނާސިއަންހެނާއަށް އޭނާގެ ޖިންސީ ފާފަވެރިކަމުގެ ޢުޤޫބާތް ދެއްވި. މާތްރަސްކަލާނގެ އެ އަންހެނާއަށް ޢުޤޫބާތް ދެއްވީ އެ އަންހެނާ އެކަލާނގެ ޚާދިމުން ގަތުލުކުރުމުގެ ސަބަބުން ވެސްމެ.⁠“


އެއަށް ފަހު، އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”⁠މި ތަކެތި ލިޔޭ: ޅަކަންބަޅީގެ ކައިވެނީގެ ޖާފަތަށް ދަޢުވަތު ލިބިގެންވާ ހުރިހާ އެންމެންނަށް އުފާވެރިކަން ލިބިގެންވޭ.⁠“ އަދި އިތުރަށް ވެސް އެ މަލާއިކަތާ ވިދާޅުވިއެވެ. ”⁠މިއީ މާތްރަސްކަލާނގެ ޙައްޤު ތެދު ބަސްފުޅު.⁠“


އަހަރެންނާއި މުޚާތަބު ކުރެއްވި މަލާއިކަތާގެ އަތްޕުޅުގައި މުޤައްދަސް ސަހަރުގައްޔާއި އެ ސަހަރުގެ ދޮރުތަކާއި އަދި އެ ސަހަރުގެ ފާރުގެ މިން އަޅާނޭ ރަނުގެ ދަނޑިއެއް އޮތެވެ.


އެންމެ ފަހުގެ ހަތް މުސީބާތްތައް އަޅާފައިވާ ހަތް ބޯތަށި ހިފައިގެން ތިއްބައި ކުރީގައި ފެނުނު ހަތް މަލާއިކަތުންގެ ތެރެއިން އެއް މަލާއިކަތަކު އަހަރެންގެ ކައިރިއަށް އައިސް ވިދާޅުވިއެވެ. ”⁠އަހަރެންނާއި އެކުގައި އާދޭ! ތިބާއަށް ޅަކަންބަޅީގެ އަލަތު އަނބިމީހާ އަހަރެން ދައްކައިދޭނަން.⁠“


އެއަށް ފަހު، އުޑުން ދޮރެއް ހުޅުވުނު ތަން އަހަރެން ދުށީމެވެ. އަދި ތާޅަފިލީގެ އަޑުފަދައިން އަޑެއް ވެސް އިވުނެވެ. އެއީ މީގެ ކުރިން އަހަރެންނާއި ވާހަކަ ދެއްކި އަޑެއްފަދަ އަޑެކެވެ. އެ އަޑު އަހަރެންނަށް ބުންޏެވެ. ”⁠މިތާ މައްޗަށް އާދޭ. އަދި މިއަށް ފަހު ހިނގައިދާނޭ ކަންތައްތަކުގެ ޙާދިސާތައް އަހަރެން ތިބާއަށް ދައްކައިދޭނަން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ