Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 16:4 - ކިތާބުލް މުޤައްދަސާ

4 ތިންވަނަ، މަލާއިކަތާ އެމަލާއިކަތާގެ ބޯތަށިކޮޅު ކޯރުތަކަށާއި ފެންއާރުތަކަށް ހުސްކޮށް ލެއްވިއެވެ. އެ ހިނދު އެތަންތަން ލެއަށް ބަދަލުވެގެން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 16:4
10 ပူးပေါင်းရင်းမြစ်များ  

ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ހާރޫނުގެ ގާތު ބުނޭ އޭނާގެ އަސާ މިޞްރުގެ ހުރިހާ ކޯރަކާއި ފެންއާރަކާއި، ފެންފެންގަނޑަކަށް ދިއްކުރާށޭ. އެގޮތުން މިޞްރުގެ ހުރިހާ ތަނަކަށް ބޮއްތައް އަރުވާށޭ.⁠“


މި ދެ ހެކިވެރިން އެބައިމީހުން މާތްރަސްކަލާނގެ އެންގެވި ޣައިބުގެ ޚަބަރުފުޅު އިޢުލާން ކުރަމުން ގެންދާހިނދު އުޑު ބަންދުކޮށް ވާރޭ ވެހުނަ ނުދިނުމުގެ އަމުރުކުރުމުގެ ހުއްދަ އެމީހުންނަށް ލިބިގެން ވެއެވެ. އަދި އެމީހުން ބޭނުން ކޮންމެ އިރަކު ފެން ލެއަށް ބަދަލުކުރުމުގެ ބާރާއި ދުނިޔެއަށް އެކި އެކި މުސީބާތްތައް ކުރިމަތި ކުރުވުމުގެ ބާރު ވެސް އެބައިމީހުންނަށް ލިބިގެން ވެއެވެ.


އެ މަލާއިކަތާ ހަރުއަޑުފުޅުން ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވޭ! އަދި އެކަލާނގެ ޖަލާލަތުކަމާއި މެދު ޙަމްދުކުރޭ! އެހެނީ އެންމެހައި މީސްތަކުންނާއި މެދު އެކަލާނގެ އިންސާފު ކުރެއްވުމުގެ ވަގުތު މިވަނީ އައިސްފައި. އުޑުތަކާއި، ބިމާއި، ކަނޑާއި، އަދި ފެން އާރުތައް ހެއްދެވި އެކަލާނގެ ކިބަފުޅަށް އަޅުކަންކުރޭ!⁠“


ހުރިހާ ފެނަކާއި ހަވާލުވެ ވަޑައިގެން ހުންނެވި މަލާއިކަތާ މިފަދައިން ވިދާޅުވި އަޑު އަހަރެން އެހީމެވެ. ”⁠މާތް ރަސްކަލާކޯ! އިނބަރަސްކަލާނގެއީ މިހިނދުގައި ވޮޑިގެންވާ، އަދި މާޒީގައި ވެސް ވޮޑިގެންވީ މާތް ވެގެންވާ ކަލާނގެ. އިނބަރަސްކަލާނގެ އިންސާފު ކުރައްވަނީ ޢަދުލްވަންތަ ކަމާއެކުގައި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ