Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 16:21 - ކިތާބުލް މުޤައްދަސާ

21 ގަދަފަދަ ވެގެންވާ ގަނޑުފެނުގެ ބޮޑެތި ގުޅަތަކެއް އޮހުނެވެ. އެއިން ކޮންމެ ގުޅައެއްގެ ބަރުދަނުގައި ގާތްގަނޑަކަށް ސަތޭކަ ރާތާ ހުއްޓެވެ. އުޑުން އެ ގުޅަތައް މީސްތަކުންގެ މައްޗަށް ފޮނުވަމުން ދިޔައެވެ. ގަނޑުފެނުގެ ތޫފާނުގެ މުސީބާތުގެ ބޮޑުކަމުން އެބައިމީހުން މާތްރަސްކަލާނގެ ކިބަފުޅަށް ކުފުރުގެ ބަސް ބުނެ ހެދިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 16:21
15 ပူးပေါင်းရင်းမြစ်များ  

އެހެން ވިއްޔާ މާދަމާގެ މިވަގުތު ތިބޭފުޅުންގެ މައްޗަށް މިޞްރުގެ ތާރީޚުގައި ވެސް ފެނިފައި ނުވާފަދަ ގެއްލުންބޮޑު ގަނޑުފެނުގެ ތޫފާނެއް ފޮނުއްވާނަމޭ.


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠ކަލޭގެ އަތް އުޑާ ދިމާއަށް އުފުލާ. އޭރުން މިޞްރުގެ މީހުންނާއި ޖަނަވާރުތަކާއި ގަސްގަހާގެއްސަށާއި މުޅި މިޞްރުގެ ބިމަށް ގަނޑުފެނުގެ ވާރޭ ވެހިގެންފާނެ.⁠“


އުޑުގައި ހުރި މާތްކަލާނގެ ގެކޮޅު ވަނީ ހުޅުވިފައެވެ. އަދި ޢަހުދުނާމާ ފޮށިކޮޅު ވެސް އެތަނުން ފެނުނެވެ. އެއަށް ފަހު، ހޮނުގެ ވިދުވަރާއި ގުގުރީގެ ބާރު އަޑާއި ބިންހެލުން އައެވެ. އަދި ގަނޑުފެނުގެ ބަރު ގުޅަގުޅަ ވެހުނެވެ.


އަދި އެމީހުންނަށް ލިބުނު ޒަޚަމާއި ވޭނުގެ ސަބަބުން އުޑުގައި ވޮޑިގެންވާ މާތްރަސްކަލާނގެ ކިބަފުޅަށް ކުފުރުގެ ބަސްތައް ރައްދު ކުރިއެވެ. ނަމަވެސް އެމީހުންގެ ނުބައި އަމަލުތައް ދޫކޮށް ތައުބާވުމަށް އިންކާރު ކުރިއެވެ.


އެ ގަދަހޫނުން އެބައިމީހުން އަނދައިގެން ދިޔައެވެ. އަދި އެ މުސީބާތްތައް ފޮނުއްވީތީ މާތްރަސްކަލާނގެ ނަންފުޅަށް އެބައިމީހުން ކުފުރުގެ ބަސްތައް ބުންޏެވެ. ނަމަވެސް އެބައިމީހުން ތައުބާނުވެ އެކަލާނގެ ޖަލާލުވަންތަކަމާއިމެދު އިންކާރު ކުރިއެވެ.


އެ ހިނދު ފުރަތަމަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލެއްވުމާއެކު ގަނޑުފެނުގެ ގުޅަގުޅަ އާއި އަދި އަލިފާން ލެއާއި އެކު މަސްހުނިވެ ނުހަނު ގިނައިން ދުނިޔެއަށް އެއްލާލެވުނެވެ. ދުނިޔޭގެ ތިން ބައިކުޅަ އެއްބަޔާއި، ގަސްގަހާގެހީގެ ތިން ބައިކުޅަ އެއްބަޔާއި އަދި ފެހި ވިނައިގެ ތިން ބައިކުޅަ އެއްބައި އަނދައިގެން ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ