Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 16:17 - ކިތާބުލް މުޤައްދަސާ

17 އެންމެފަހުން، ހަތްވަނަ މަލާއިކަތާ އެ މަލާއިކަތާގެ ބޯތަށިކޮޅު ވައިގެ ތެރެއަށް އޮއްސާލެއްވިއެވެ. މާތްކަލާނގެ ގެކޮޅުގެ ތެރޭގައި ހުރި ތަޚުތުން ހަރުއަޑަކުން ވިދާޅުވިއެވެ. ”⁠ހުރިހާކަމެއް ނިމިއްޖެ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 16:17
13 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އެއިން ރަހަ ބެއްލެވުމަށް ފަހު ވިދާޅުވިއެވެ. ”⁠ހުރިހާ ކަމެއް މިނިމުނީ.⁠“ އެހެން ވިދާޅުވުމަށް ފަހު އެކަލޭގެފާނު އިސްޖައްސަވައި ފުރާނަފުޅު ދޫކޮށްލެއްވިއެވެ.


އެ ދުވަސްތަކުގައި ތިޔަބައިމީހުން ބަލަމުން ދިޔައީ ދުނިޔޭގައި ވީ ނުބައި ގޮތްތަކަށެވެ. އަދި ކިޔަމަންތެރި ވެވުނީ ޝައިތާނާއަށެވެ. މުޅި ދުނިޔޭގެ މައްޗަށް އޭނާގެ ބާރު ހިންގައެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް އުރެދޭ ހުރިހާ އެންމެންގެ މައްޗަށް އެ ޝައިތާނާގެ ރޫޙުގެ ބާރު ފޯރުވާނެއެވެ.


އަހަރެމެން ހަނގުރާމަ ކުރަމުން މިގެންދަނީ މަހާއި ލެއިން އެކުލެވޭ އަދާވާތްތެރިންނަކާއެއް ނޫނެވެ. އެއީ ނުފެންނަ ދުނިޔެއެކެވެ. އަހަރެމެން ހަނގުރާމަ ކުރަނީ އެއަނދިރި ދުނިޔޭގެ ޝައިތާނީ ވެރިންތަކާއި ބާރުވެރިންނާއި އުޑުތަކުގައިވާ ނުބައިވެގެންވީ ގަދަފަދަބާރުތަކާއި ރޫޙުތަކާ ދެކޮޅަށް ވެސް މެއެވެ.


އެއަށް ފަހު ހަތްވަނަ މަލާއިކަތާ، އެ މަލާއިކަތާގެ އަތުގައި އޮތް ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު ހަރުއަޑުތަކުން ސުވަރުގެއިން މިފަދައިން ވިދާޅުވިއެވެ.: ”⁠ދުނިޔޭގައި ވެރިކަން ހިންގުމުގެ ބާރު މިހާރު ލިބިވަޑައިގެން ވަނީ އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށާއި އަދި އެކަލާނގެ މަސީޙާއަށް. އަދި އެކަލޭގެފާނު އަބަދުގެ އަބަދަށް ވެރިކަން ކުރައްވާނެ!⁠“


އުޑުގައި ހުރި މާތްކަލާނގެ ގެކޮޅު ވަނީ ހުޅުވިފައެވެ. އަދި ޢަހުދުނާމާ ފޮށިކޮޅު ވެސް އެތަނުން ފެނުނެވެ. އެއަށް ފަހު، ހޮނުގެ ވިދުވަރާއި ގުގުރީގެ ބާރު އަޑާއި ބިންހެލުން އައެވެ. އަދި ގަނޑުފެނުގެ ބަރު ގުޅަގުޅަ ވެހުނެވެ.


އެއަށް ފަހު، މާތްކަލާނގެ ގެކޮޅުގެ ތެރެއިން މަލާއިކަތަކު ބޭރަށް ނުކުމެވަޑައިގެން ވިލާގަނޑުގައި އިށީނދެވަޑައިގެން އިންނެވި ފަރާތަށް ހަރުއަޑުން ވިދާޅުވިއެވެ. ”⁠ކަލޭގެފާނުގެ ބަޅުވަޅި ނަންގަވައިގެން ބިމުގައިވާ ގޮވާން ކަނޑުއްވާ. ސަބަބަކީ ގޮވާން ކެނޑުމުގެ ވަގުތު އަތުވެއްޖެ. އަދި ބިމުގައި ހުރި މޭވާތައް ވަނީ ދޮންވެ ތާޒާވެފަ.⁠“


އެއަށް ފަހު އެހެން މަލާއިކަތަކު ސުވަރުގޭގައި ހުރި މާތްކަލާނގެ ގެކޮޅުން ވަޑައިގަންނަވަނިކޮށް އަހަރެން ދުށީމެވެ. އަދި އެ މަލާއިކަތާގެ އަތްޕުޅުގައި ވެސް ތޫނު ބަޅުވަޅިއެއް އޮތެވެ.


އެއަށް ފަހު، މާތްކަލާނގެ ގެކޮޅުގެ ތެރެއިން ހަތް މަލާއިކަތުންނަށް ހަރުއަޑުން މިފަދައިން ވިދާޅުވި އަޑު އަހަރެން އެހީމެވެ. ”⁠އެ ހަތް ބޯތަށިތަކުގައި ވީ މާތްރަސްކަލާނގެ ކޯފާތައް ދުނިޔެއަށް އޮއްސާލާ!⁠“


ތަޚުތުގައި އިށީނދެ ވަޑައިގެން އިންނެވި ފަރާތުން އަހަރެންނަށް ވަޙީކުރެއްވިއެވެ. ”⁠ހުރިހާ ކަމެއްމެ ނިމިއްޖެ. އަހަރެންނަކީ އަލްފާ އަދި އޮމޭގާ. ފެށުމާއި ނިމުން ވެސް. ކަރުހިއްކައިގަނެފައިވާ ކޮންމެ މީހަކަށް ޙަޔާތުގެ ދިރުންދޭ ފެން އާރުން އަގަކާއި ނުލައި އަހަރެން ފެން ދޭނަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ