Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 16:16 - ކިތާބުލް މުޤައްދަސާ

16 އެއަށް ފަހު، ނުބައިރޫޙުތައް ރަސްރަސްކަލުން ގެނެސް ޢިބްރާނީ ބަހުން އާމަގެޑަން ކިޔާ ތަނަށް އެއްތަން ކުރިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 16:16
14 ပူးပေါင်းရင်းမြစ်များ  

އެމީހުން މިހެން ބުނުމުން ޕިލާތުސް އަނެއްކާވެސް އީސާގެފާނު އެމީހުންގެ ކުރިމައްޗަށް ނެރުމަށް ފަހު ފަނޑިޔާރުގެ ގޮނޑީގައި އިށީނދެ ވަޑައިގަތެވެ. މި ޝަރީއަތް ކުރެވުނީ ހިލައިގެ ތަޅުންގަނޑުގެ ނަމުން ނަންދެވިފައިވާ ތަނުގައެވެ. މި ތަނަށް ޢިބްރާނީ ބަހުން ކިޔެނީ ”⁠ގައްބާތަ⁠“ އެވެ.


އެމީހުން އީސާގެފާނު އެރުވުމަށް ހެދި ސަލީބު ހިއްޕަވައިގެން ”⁠ގޮލުގޮތާ⁠“ ޢިބްރާނީ ބަހުން ބޮލުގެ ނާށިގަނޑުގެ މަޤާމޭ ކިޔުނު އުސްބިމަށް އީސާގެފާނު އަރައި ވަޑައިގެންނެވިއެވެ.


ޖެރޫސަލަމުގައި ޢިބްރާނީ ބަހުން ބެތުޒާތަ އޭ ކިޔާ ވެވެއް އޮވެއެވެ. މި ވެވުގައި ފަސް ފެންޑާ ހުރެއެވެ. މި ވެޔޮ އޮންނަނީ ކަންބަޅި ދޮރޯށްޓާއި ކައިރީގައެވެ.


ވަގުތުން އަޅުގަނޑުމެން އެންމެން ބިންމައްޗަށް ވެއްޓުނު. ދެން ބަނީއިސްރާއީލު މީހުންގެ ބަސް ކަމުގައިވާ ޢިބްރާނީ ބަހުން މި ފަދައިން ބުނެވުނު އަޑު އަޅުގަނޑު އެހީން. ’⁠ޝާއުލް، ޝާއުލް! ކަލޭ ތިމަންކަލޭގެފާނަށް އަނިޔާ ތިޔަ ދެނީ ކީއްވެ؟ ތިމަންކަލޭގެފާނާއި ދެކޮޅަށް ތިޔަ ކުރާ ހުރިހާ ކަމަކުން ދެރަޔާ ހިތާމަ ތިލިބެނީ ހަމަ ކަލެއަށް.⁠‘


ޅަކަންބަޅި އާއި ދެކޮޅަށް އެބައިމީހުން ހަނގުރާމަ ކުރާނެ. ނަމަވެސް އެބައިމީހުންގެ މައްޗަށް ޅަކަންބަޅި ފަތަޙަ ހޯއްދަވާނެ. ސަބަބަކީ އެކަލޭގެފާނީ ސާހިބުންގެ ސާހިބާ. އަދި ރަސްރަސްކަލުންގެ ރަސްގެފާނު ވެސްމެ. އެބައިމީހުންގެ މައްޗަށް އެކަލޭގެފާނު ފަތަޙަ ހޯއްދަވާނީ އެކަލޭގެފާނު ގޮވާ ޚިޔާރު ކުރެއްވި އެކަލާނގެ ކިބަފުޅަށް ތެދުވެރިވި މީސްތަކުންނާއި އެކުގައި ވެސްމެ.⁠“


އެތަކެތީގެ މައްޗަށް ވެރިކަން ހިންގާ ރަސްކަލަކު ވިއެވެ. އެ ރަސްގެފާނީ ފޫނެތް ފުން ވަޅުގަނޑުގެ އިސްވެރިއެއްގެ ގޮތުގައިވި މަލާއިކަތާ ވެސް މެއެވެ. ޢިބްރާނީ ބަހުން އެ މަލާއިކަތާގެ ނަމަކީ އަބައްދޫން އެވެ. ގުރީކު ބަހުން އަޕައްލިޔޯން އެވެ. މީގެ މާނައަކީ ”⁠ފަނާކުރާ މީހާ⁠“ އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ