ހާމަކޮށްދެއްވުންތަކެއް 16:15 - ކިތާބުލް މުޤައްދަސާ15 ”ދެކިބަލަ! އަހަރެން ވަގަކު އަންނަފަދައިން އަންނާނަން! އެމީހެއްގެ ފޭރާންތައް ރައްކާތެރިކޮށްގެން ހޭލާ ހުރި ފަރާތަކަށް ބަރަކާތް ލިބިގެންވާނެ! އެގޮތުން، އޭނާ ބަރަހަނާ ޙާލުގައި އަދި ލަދުވެތިވެ ޢާންމުންގެ ތެރޭގައި ހިނގާކަށް ނުޖެހޭނެމެ!“ အခန်းကိုကြည့်ပါ။ |
ނަމަވެސް މާތްސާހިބާ އެނބުރި ވަޑައިގަންނަވާނީ ވަގަކު ވައްކަން ކުރަން ވަންނަ ފަދައިން އިންޒާރެއް ނެތިއެވެ. އެ ހިނދު ބުންޒީލަ އަޑުފަށް ގަނޑަކާއެކު އުޑު ގެއްލިދެއެވެ. ހަމައެހެންމެ ކާއިނާތުގައިވާ އުންސުރުތައް ގަދަ ހޫނުގައި ވިރިގެން ގޮސް ނެތިދެއެވެ. އަދި ދުނިޔެއާއި ދުނިޔޭގައި ވާހާ ތަކެއްޗެއް އިންސާފުގެ ކުރިމައްޗަށް ހާމަކަމާއިއެކު ހުށަހެޅިދެއެވެ.
އުއްތާފައިވާ ޚާލިސް ރަން އަހަރެންގެ އަތުން ގަތުމަށް ތިޔަބައިމީހުންނަށް އަހަރެން ނަސޭޙަތްތެރިވަން. އެހެނީ ތިޔަބައިމީހުން ޙަޤީޤަތުގައި މުއްސަނދި ވުމަށް. އަދި އަހަރެންގެ އަތުން ތިޔަބައިމީހުން ފޭރާން ލުމަށްޓަކައި ހުދު ފޭރާން ގަނެ ތިޔަބައިމީހުންގެ ލަދުވެތިކަމާއި އައުރަ ނިވާ ކުރޭ. އަދި ލޮލަށް އަޅާ ބޭހެއް ގަނެ ތިޔަބައިމީހުންގެ ލޮލުގައި އުނގުޅާ. އޭރުން ތިޔަބައިމީހުންނަށް ފެންނާނެ.