ހާމަކޮށްދެއްވުންތަކެއް 16:13 - ކިތާބުލް މުޤައްދަސާ13 އެއަށް ފަހު، ބޮއްތަކެއްގެ ސިފައިގައި ހުރި ނުބައި ތިން ރޫޙު އަހަރެން ދުށީމެވެ. އެއީ ޑްރޭގަންގެ އަނގައިން ނުކުތް ނުބައި ރޫޙާއި، ކަނޑު ދާއްބައިގެ އަނގައިން ނުކުތް ނުބައި ރޫޙާއި އަދި ދޮގުވެރި ނަބިއްޔާގެ އަނގައިން ނުކުތް ނުބައި ރޫހެވެ. အခန်းကိုကြည့်ပါ။ |
މި ނުބައި ތިން ރޫޙަށް ޝައިތާނީ ޖާދޫތައް ދެއްކުމުގެ ބާރު ލިބިގެން ވިއެވެ. މި ނުބައި ތިން ރޫޙު ދުނިޔޭގައި ތިބި އެންމެހާ ރަސްރަސްކަލުންގެ ކައިރިއަށް ގޮސް ކުޅަދުންވަންތަ މާތްރަސްކަލާނގެ އާއި ދެކޮޅަށް ހަނގުރާމަ ކުރެއްވުމަށް އެބައިމީހުން ގެނެއެވެ. ނަމަވެސް އެދުވަހަކީ މާތްރަސްކަލާނގެ ކިބަފުޅަށް މަތިވެރި ކާމިޔާބީ ލިބޭނޭ ދުވަހެވެ.
އަދި ކަނޑުދާއްބަ އަތުލައިގަނެ އެ އެއްޗާއި އެއްބައިވެ އޭތީގެ ޙާޟިރުގައި އޭތީގެ ސިލު ޖަހައި އަދި އޭތީގެ ސޫރައަށް އަޅުކަންކުރި ފަރާތްތަކަށް މުޢުޖިޒާތްތައް ދައްކައި މަކަރު ހެދި ދޮގުވެރި ނަބީކަލޭގެއާއި އެކުގައި އޭތި ވެސް ހުރަގެއަށް ލެވުނެވެ. އެ ކަނޑުދާއްބައާއި ދޮގުވެރި ނަބީކަލޭގެ ދިރިތިއްބައި ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައި ލެވުނެވެ.