ހާމަކޮށްދެއްވުންތަކެއް 16:12 - ކިތާބުލް މުޤައްދަސާ12 އެއަށް ފަހު ހަވަނަ މަލާއިކަތާ އެމަލާއިކަތާގެ ބޯތަށިކޮޅު ބޮޑުވެގެންވާ ފުރާތު ކޯރަށް އޮއްސާލެއްވިއެވެ. އެ ކޯރު މުޅިން ހިނދުނެވެ. އަދި އިރުމަތީ ފަރާތުގެ ރަސްރަސްކަލުންނާއި އެ ރަސްކަލުންގެ ލަޝްކަރުތައް އައުމަށްޓަކައި މަގެއް ހާމަވެގެން ދިޔައެވެ. အခန်းကိုကြည့်ပါ။ |
އަދި އިރުމަތީ ފަރާތުން ދިރިދެމިވޮޑިގެންވާ ރަސްކަލާނގެ ގެ ސިއްކަ ހިއްޕަވައިގެން އިތުރު މަލާއިކަތަކު ވަޑައިގަންނަވަނިކޮށް ވެސް އަހަރެން ދުށީމެވެ. އެއްގަމާއި އަދި ކަނޑަށް ގެއްލުން ދިނުމުގެ ބާރު މާތްރަސްކަލާނގެ ދެއްވާފައިވާ ހަތަރު މަލާއިކަތުންނަށް ހަރުއަޑުން އެމަލާއިކަތާ މިފަދައިން ވިދާޅުވަމުން ގެންދެވިއެވެ.