ހާމަކޮށްދެއްވުންތަކެއް 16:11 - ކިތާބުލް މުޤައްދަސާ11 އަދި އެމީހުންނަށް ލިބުނު ޒަޚަމާއި ވޭނުގެ ސަބަބުން އުޑުގައި ވޮޑިގެންވާ މާތްރަސްކަލާނގެ ކިބަފުޅަށް ކުފުރުގެ ބަސްތައް ރައްދު ކުރިއެވެ. ނަމަވެސް އެމީހުންގެ ނުބައި އަމަލުތައް ދޫކޮށް ތައުބާވުމަށް އިންކާރު ކުރިއެވެ. အခန်းကိုကြည့်ပါ။ |
ގަދަފަދަ ވެގެންވާ ގަނޑުފެނުގެ ބޮޑެތި ގުޅަތަކެއް އޮހުނެވެ. އެއިން ކޮންމެ ގުޅައެއްގެ ބަރުދަނުގައި ގާތްގަނޑަކަށް ސަތޭކަ ރާތާ ހުއްޓެވެ. އުޑުން އެ ގުޅަތައް މީސްތަކުންގެ މައްޗަށް ފޮނުވަމުން ދިޔައެވެ. ގަނޑުފެނުގެ ތޫފާނުގެ މުސީބާތުގެ ބޮޑުކަމުން އެބައިމީހުން މާތްރަސްކަލާނގެ ކިބަފުޅަށް ކުފުރުގެ ބަސް ބުނެ ހެދިއެވެ.