ހާމަކޮށްދެއްވުންތަކެއް 16:1 - ކިތާބުލް މުޤައްދަސާ1 އެއަށް ފަހު، މާތްކަލާނގެ ގެކޮޅުގެ ތެރެއިން ހަތް މަލާއިކަތުންނަށް ހަރުއަޑުން މިފަދައިން ވިދާޅުވި އަޑު އަހަރެން އެހީމެވެ. ”އެ ހަތް ބޯތަށިތަކުގައި ވީ މާތްރަސްކަލާނގެ ކޯފާތައް ދުނިޔެއަށް އޮއްސާލާ!“ အခန်းကိုကြည့်ပါ။ |
އެއަށް ފަހު، މާތްކަލާނގެ ގެކޮޅުގެ ތެރެއިން މަލާއިކަތަކު ބޭރަށް ނުކުމެވަޑައިގެން ވިލާގަނޑުގައި އިށީނދެވަޑައިގެން އިންނެވި ފަރާތަށް ހަރުއަޑުން ވިދާޅުވިއެވެ. ”ކަލޭގެފާނުގެ ބަޅުވަޅި ނަންގަވައިގެން ބިމުގައިވާ ގޮވާން ކަނޑުއްވާ. ސަބަބަކީ ގޮވާން ކެނޑުމުގެ ވަގުތު އަތުވެއްޖެ. އަދި ބިމުގައި ހުރި މޭވާތައް ވަނީ ދޮންވެ ތާޒާވެފަ.“
އެއަށް ފަހު އިތުރު އެހެން މަލާއިކަތެއް ޤުރުބާން ހުށަހަޅުއްވާ މުޤައްދަސް އަށިން ނުކުމެ ވަޑައިގެންނެވިއެވެ. އެއީ އަލިފާނުގެ މައްޗަށް ބާރު ދެއްވާފައިވާ މަލާއިކަތާއެވެ. އެ މަލާއިކަތާ ތޫނު ބަޅުވަޅި ހިއްޕަވައިގެން ހުންނެވި މަލާއިކަތާއަށް ހަރުއަޑުން ވިދާޅުވަމުން ގެންދެވިއެވެ. ”ތިބާގެ ބަޅުވަޅީގެ ބޭނުން ކުރައްވާ. ދުނިޔޭގައި ހުރި މޭބިސްކަދުރު ވެލުން މޭބިސްކަދުރު ކަނޑުއްވާ. ސަބަބަކީ މޭބިސްކަދުރުތައް ވަނީ ދޮންވެފަ!“