ހާމަކޮށްދެއްވުންތަކެއް 15:6 - ކިތާބުލް މުޤައްދަސާ6 ހަތް އާފާތްތައް ހިފަހައްޓަވައިގެން ތިއްބެވި ހަތް މަލާއިކަތުން މާތްކަލާނގެ ގެކޮޅުން ބޭރަށް ނުކުމެ ވަޑައިގަތެވެ. އެ މަލާއިކަތުން ތުރުކުރައްވައިގެން ތިއްބެވި ސާފު ލިނެން ފޮތީގެ ފޭރާން ކޮޅުތައް ބަބުޅަމުން ދިޔައެވެ. އެ މަލާއިކަތުންގެ މޭމަތިފުޅުގެ ވަށައިގެން ރަން ބާސްކީލިތަކެއް އެޅުވިގެން ވިއެވެ. အခန်းကိုကြည့်ပါ။ |
އެއަށް ފަހު، މާތްކަލާނގެ ގެކޮޅުގެ ތެރެއިން މަލާއިކަތަކު ބޭރަށް ނުކުމެވަޑައިގެން ވިލާގަނޑުގައި އިށީނދެވަޑައިގެން އިންނެވި ފަރާތަށް ހަރުއަޑުން ވިދާޅުވިއެވެ. ”ކަލޭގެފާނުގެ ބަޅުވަޅި ނަންގަވައިގެން ބިމުގައިވާ ގޮވާން ކަނޑުއްވާ. ސަބަބަކީ ގޮވާން ކެނޑުމުގެ ވަގުތު އަތުވެއްޖެ. އަދި ބިމުގައި ހުރި މޭވާތައް ވަނީ ދޮންވެ ތާޒާވެފަ.“