ހާމަކޮށްދެއްވުންތަކެއް 15:4 - ކިތާބުލް މުޤައްދަސާ4 ސާހިބުވަންތަ ރަސްކަލާކޮ! އިނބަ ކަލާނގެ ނަންފުޅަށް ގަދަރާއި ޙަމްދު ނުކުރާނީ ކާކު؟ އިނބަރަސްކަލާނގެ މަތިވެރިކަމާއި ދެކޮޅު ހަދާނީ ކާކު؟ ހަމައެކަނި މާތްކުރެވިގެން ވަނީ އިނބަރަސްކަލާނގެމެ. އެންމެހާ ޤައުމުތަކެއް އައިސް އިނބަރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރާނެ. ސަބަބަކީ އިނބަރަސްކަލާނގެ އަދުލުވެރި ގޮތްތައް އެމީހުންނަށް ފެނުނީތީ ވެސްމެ.“ အခန်းကိုကြည့်ပါ။ |
އެއަށް ފަހު ހަތްވަނަ މަލާއިކަތާ، އެ މަލާއިކަތާގެ އަތުގައި އޮތް ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު ހަރުއަޑުތަކުން ސުވަރުގެއިން މިފަދައިން ވިދާޅުވިއެވެ.: ”ދުނިޔޭގައި ވެރިކަން ހިންގުމުގެ ބާރު މިހާރު ލިބިވަޑައިގެން ވަނީ އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށާއި އަދި އެކަލާނގެ މަސީޙާއަށް. އަދި އެކަލޭގެފާނު އަބަދުގެ އަބަދަށް ވެރިކަން ކުރައްވާނެ!“
އެ މަލާއިކަތާ ހަރުއަޑުފުޅުން ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވޭ! އަދި އެކަލާނގެ ޖަލާލަތުކަމާއި މެދު ޙަމްދުކުރޭ! އެހެނީ އެންމެހައި މީސްތަކުންނާއި މެދު އެކަލާނގެ އިންސާފު ކުރެއްވުމުގެ ވަގުތު މިވަނީ އައިސްފައި. އުޑުތަކާއި، ބިމާއި، ކަނޑާއި، އަދި ފެން އާރުތައް ހެއްދެވި އެކަލާނގެ ކިބަފުޅަށް އަޅުކަންކުރޭ!“
”ފިލަދެލްފިޔާގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ މާތް އަދި ތެދުވެރި ފަރާތުން ދިން ޚަބަރެއް. ދާއޫދުގެފާނަށް މިލްކުވެގެންވީ ތަޅުދަނޑި ވަނީ އަހަރެންގެ އަތުގައި. އަދި އަހަރެން ދޮރެއް ހުޅުވައިފިނަމަ އެ ދޮރެއް ބަންދުކުރެވެނޭ ފަރާތެއް ނުހުންނާނެ. އަދި އަހަރެން ދޮރެއް ލައްޕައިފިނަމަ އެ ދޮރެއް ހުޅުވޭނޭ ފަރާތެއް ވެސް ނުހުންނާނެމެ.
މި ދިރިހުރި މަޚުލޫގުންގެ ތެރެއިން ކޮންމެ މަޚުލޫގެއްގެ ހަށިގަނޑުގައި ހަ ފިޔަ ވެއެވެ. އަދި އޭގެ ކޮންމެ އެއްޗެއްގެ ހަށިގަނޑުވަނީ ލޯތަކުން ފުރިފައެވެ. އޭގެ ފިޔަތަކުގެ ދަށާއި އެކުވެސް މެއެވެ. ދުވާލާއި ރޭގަނޑު ހުއްޓުމެއް ނެތި މި އެއްޗެތި ޙަމްދު ސަނާ ކިޔަމުން ގެންދެއެވެ. ”ޤުއްދޫސް، ޤުއްދޫސް، ޤުއްދޫސް ވަންތަ ފަރާތްޕުޅަކީ ސާހިބުވަންތަ، ކުޅަދުންވަންތަ މާތް ރަސްކަލާނގެ. އެކަލާނގެއީ މާޒީގައި ވޮޑިގެންވީ، މި ހިނދުގައި ވޮޑިގެންވާ، އަދި މުސްތަޤްބަލުގައި ވެސް އަބަދަށްމެ ވޮޑިގެންވާނެ ފަރާތްމެ.“