Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 15:1 - ކިތާބުލް މުޤައްދަސާ

1 އެއަށް ފަހު، އުޑުން އަލާމާތެއް އަހަރެން ދުށީމެވެ. އެއީ މަތިވެރި އަދި ޙައިރާން ކުރުވަނިވި ކަމެކެވެ. ހަތް މަލާއިކަތުން އެކަލާނގެ އެންމެފަހުން ފޮނުއްވާނޭ ހަތް މުސީބާތް ހިފަހައްޓަވައިގެން ތިއްބެވިއެވެ. ސަބަބަކީ އެއީ މާތްރަސްކަލާނގެ ކޯފާވެ ވޮޑިގެންނެވުމުގެ އެންމެ ފަހުގެ ތަސައްވުރު ވެސް މެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 15:1
21 ပူးပေါင်းရင်းမြစ်များ  

އަދި ސިންގާއެއްގެ އަޑުފަދައިން ހަރުއަޑުފުޅަކުން ގޮވާލެއްވިއެވެ. އެއާއެކު ބަރު އަޑަކުން ހަތް ގުގުރި ރައްދު ދިނެވެ.


އެނިމިދިޔައީ ދެވަނަ ބިރުވެރިކަމެވެ. ތިންވަނަ ބިރުވެރިކަން އަވަސްކަމާއެކު އަންނާނެއެވެ.


އެމީހަކީ މާތްރަސްކަލާނގެ ކޯފާގެ މޭބިސްކަދުރުގެ ރާ ބޯންޖެހޭނޭ ފަރާތެއްމެ. އަދި އެކަލާނގެ ކޯފާގެ ތަށީގެ ގަދަ އިޙްސާސް އެމީހަކަށް ކުރުވާނެ. އަދި އެމީހަކަށް އަލިފާނުންނާއި އަދަމުން ދާ ކައްސަނދުވާނިން ޢުޤޫބާތް ދެވޭނެ. އެއީ މާތްވެގެންވާ މަލާއިކަތުންނާއި ޅަކަންބަޅީގެ ޙާޟިރުގައި ވެސްމެ.


ވީމާ، އެ މަލާއިކަތާ، އެ މަލާއިކަތާގެ އަތްޕުޅުގައި އޮތް ބަޅުވަޅި ދުނިޔޭގެ ތެރެއަށް ވިހުރުވައި ލެއްވިއެވެ. އަދި މޭބިސްކަދުރު ވެލުން މޭބިސްކަދުރު ބިނދެ މާތްކަލާނގެ ގަދަފަދަ ކޯފާގެ މޭބިސްކަދުރުދިޔަ ހަދާ އެތީގެ ތެރެއަށް އެއްލާލިއެވެ.


އެއަށް ފަހު، މާތްކަލާނގެ ގެކޮޅުގެ ތެރެއިން ހަތް މަލާއިކަތުންނަށް ހަރުއަޑުން މިފަދައިން ވިދާޅުވި އަޑު އަހަރެން އެހީމެވެ. ”⁠އެ ހަތް ބޯތަށިތަކުގައި ވީ މާތްރަސްކަލާނގެ ކޯފާތައް ދުނިޔެއަށް އޮއްސާލާ!⁠“


އެއަށް ފަހު، ހަތް ބޯތަށި ހިފަހައްޓަވައިގެން ތިއްބެވި ހަތް މަލާއިކަތުންގެ ތެރެއިން މަލާއިކަތަކު އަހަރެންގެ ކައިރިއަށް ވަޑައިގެން ވިދާޅުވިއެވެ. ”⁠އަހަރެންނާއި އެކުގައި އާދޭ. ގިނަ ކޯރުތަކުގެ ފެންމަތީގައި އިށީނދެގެން އިން ގަދަފަދަ ނާސި އަންހެނާއަށް ހުރި ޢުޤޫބާތް އަހަރެން ތިބާއަށް ދައްކައިދޭނަން.


އެކަލޭގެފާނުގެ އަނގައިން ތޫނު ކަނޑިއެއް ނުކުތެވެ. އެ ކަނޑިން އެންމެހާ ޤައުމުތައް އެކަލޭގެފާނު ފަތަޙަ ކުރައްވާނެއެވެ. ދަގަނޑު އަސާއަކުން އެބައިމީހުންގެ މައްޗަށް އެކަލޭގެފާނު ބާރު ހިންގަވާނެއެވެ. އަދި މާތް ކުޅަދުންވަންތަ މަތިވެރި ރަސްކަލާނގެ ކޯފާއިން މޭބިސްކަދުރުތައް އަޅާފައިވާ ތާނގީގެ ތެރޭގައި ހުރި މޭބިސްކަދުރުތައް އެކަލޭގެފާނުގެ ފައިންޕުޅުން ޗިސްކޮށް އެމޭބިސްކަދުރުން ދިޔަ ހައްދަވާނެއެވެ.


އެންމެ ފަހުގެ ހަތް މުސީބާތްތައް އަޅާފައިވާ ހަތް ބޯތަށި ހިފައިގެން ތިއްބައި ކުރީގައި ފެނުނު ހަތް މަލާއިކަތުންގެ ތެރެއިން އެއް މަލާއިކަތަކު އަހަރެންގެ ކައިރިއަށް އައިސް ވިދާޅުވިއެވެ. ”⁠އަހަރެންނާއި އެކުގައި އާދޭ! ތިބާއަށް ޅަކަންބަޅީގެ އަލަތު އަނބިމީހާ އަހަރެން ދައްކައިދޭނަން.⁠“


އެއަށް ފަހު، އަހަރެން މައްޗަށް ބަލާލީމެވެ. އަދި ބާޒެއް ވައިގެ ތެރޭގައި އުދުހެމުން ހަރުއަޑުން ގޮވަމުން ދިޔައެވެ. ”⁠ހުރި ހިތާމައިގެ ބޮޑުކަމާއޭ! ބިރުވެރިކަމޭ! ބިރުވެރިކަމޭ! މި ދުނިޔޭގައި ޙަޔާތު ވޭތުކުރަމުން ގެންދާ ހުރިހާ އެންމެންނަށް ހުރި ބިރުވެރިކަމެއްގެ ބޮޑުކަމާއޭ! ދެން ތިއްބެވި ތިން މަލާއިކަތުން ވެސް އެ މަލާއިކަތުންގެ ތާޅަފިލިތައް ފުމެލެއްވުމަށް ތައްޔާރު ވެއްޖެ!⁠“


އެއަށް ފަހު، މާތްރަސްކަލާނގެ ކުރިފުޅު މަތީގައި ހަތް މަލާއިކަތުން ވަނިކޮށް އަހަރެން ދުށީމެވެ. އަދި އެ މަލާއިކަތުންނަށް ހަތް ތާޅަފިލި ލިބުނެވެ.


އެއަށް ފަހު، ހަތް ތާޅަފިލި ހިފަހައްޓަވައިގެން ތިއްބެވި ހަތް މަލާއިކަތުން ތާޅަފިލިތައް ފުމެލެއްވުމަށް ތައްޔާރުވެ ވަޑައިގަތެވެ.


މި މުސީބާތްތަކުން މަރުނުވެ ތިބި މީސްތަކުން އެބައިމީހުންގެ އަތުން ހަދާފައިވާ އެއްޗިއްސަށް އަޅުކަން ކުރުން ހުއްޓައި އެމީހުންގެ ފާފަތަކަށް ތައުބާ ނުމެވިއެވެ. އެމީހުން ޖިންނިތަކަށާއި ނުވަތަ ރަނާއި ރިހިންނާއި، ކަފުލޮއިންނާއި ހިލައިގެ އިތުރުން އަދި ލަކުޑިން ހަދާފައިވާ ބުދުތަކަށް އަޅުކަން ކުރުން ނުމެ ހުއްޓިމެއެވެ. އެތަކެއްޗަކީ ފެނުމެއް ލިބިގެންނުވާ އަދި އިވުމެއްނުވާ އަދި ނުހިނގޭ ތަކެއްޗެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ