Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 14:7 - ކިތާބުލް މުޤައްދަސާ

7 އެ މަލާއިކަތާ ހަރުއަޑުފުޅުން ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވޭ! އަދި އެކަލާނގެ ޖަލާލަތުކަމާއި މެދު ޙަމްދުކުރޭ! އެހެނީ އެންމެހައި މީސްތަކުންނާއި މެދު އެކަލާނގެ އިންސާފު ކުރެއްވުމުގެ ވަގުތު މިވަނީ އައިސްފައި. އުޑުތަކާއި، ބިމާއި، ކަނޑާއި، އަދި ފެން އާރުތައް ހެއްދެވި އެކަލާނގެ ކިބަފުޅަށް އަޅުކަންކުރޭ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 14:7
44 ပူးပေါင်းရင်းမြစ်များ  

އެ ހިނދު މަލާއިކަތާ އެންގެވިއެވެ. ”⁠އެއް ވެސް ޙާލަތެއްގައި ތިޔަ ދަރިކަލުންނަށް އެއްވެސް ގެއްލުމެއް ނުދެއްވާތި! މިހާރު ކަލޭގެފާނު މާތްކަލާނގެ ކިބަފުޅަށް ތެދު ނިޔަތުގައި ކިޔަމަންތެރިވެ ވަޑައިގަންނަވާކަން ދެނެހުރީމު. ތިއީ ކަލޭގެފާނަށް ވަޢުދު ކުރެވުނު ދަރިކަލުން. މާތްކަލާނގެ ކިބަފުޅަށް އެ ދަރިކަލުން ޤުރުބާނުގެ ގޮތުގައި ހުށަހެޅުއްވުމަށް ކަލޭގެފާނު ފަސްޖެހިވެވަޑައެއް ނުގެންނެވި.⁠“


އެހެނީ އަހަރެން އުޑާއި ބިމާއި ކަނޑާއި އެތަނުގައި ވާހައި ތަކެއްޗެއް އުފެއްދީ ހަދުވަހުގެ ތެރޭގައި. އެކަމަކު ހަތްވަނަ ދުވަހު އަހަރެން ޗުއްޓީ ކުރީ. ހަތްވަނަ ދުވަހަކީ އަރާމުގެ ދުވަހެއްކަމުގައި ހަދައި އެދުވަސް މާތް ދުވަހަކަށް އަހަރެން ހެދީ އެހެންވެ.


އީސާގެފާނު މި މާނަފުން ވާހަކަ މިފަދައިން ވިދާޅުވެ ނިންމަވާލައްވަމުން ވިދަޅުވިއެވެ. ”⁠އަބަދުވެސް ތައްޔާރުގައި ތިބޭ! މި ހުރިހާ ކަމެއް ހިނގައިދާނީ ކޮން ދުވަހެއްގައި، ކޮން ވަގުތެއްގައިކަން، ތިޔަބައިމީހުންނަކަށް ނޭނގޭނެ.⁠“


މިސަމީރިއްޔާގެ މީހާ އެކަނި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރުމަށްޓަކައި މިއައީ ކީއްވެ؟⁠“


”⁠އޭ އެކުވެރިންނޭ، ކަލޭމެން ތިޔަ ފަދައިން ތިޔަ ކަން ކުރަނީ އަޅެ ކީއްވެ؟ އަހަރެމެން ވެސް މިއީ ހަމަ ކަލޭމެން ފަދަ އިންސާނުން. އަހަރެމެން މި ރަށަށް މި އައީ ތިޔަބައިމީހުންނަށް މި ކަހަލަ ފައިދާއެއް ނެތް ކަންތައްތަކުން ދުރުވެ ދިރިވޮޑިގެންވާ ކަލާނގެ ކިބަފުޅަށް އެނބުރުމުގެ ހެޔޮޚަބަރުފުޅު ދިނުމަށް. އެކަލާނގެއީ އުޑާއިބިމާ ކަނޑާއި އަދި އެތަންތަނުގައިވާ ހުރިހާ އެއްޗެއް ހެއްދެވި ކަލާނގެ.


ދުނިޔެ ނިމުމުގެ ވަގުތު މިވަނީ ކައިރީގައެވެ. އެހެންވީމާ، ސާފު ގޮތުގައި ބުއްދިން ބަލައި އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުމާއެކު، އެކުގައި ދުޢާ ދެންނެވުމަށް ކެރިކުޅަދާނަވާށެވެ.


ހަމައެވަގުތު ގަދަފަދަ ބިންހެލުމެއްއައިސް އެ ސަހަރުގެ ދިހަބައިކުޅަ އެއްބައި ނެތިކޮށްލިއެވެ. އެ ބިންހެލުމުގައި ހަތްހާސް މީހުން މަރުވެ ދިޔައެވެ. ދިރިތިބި މީހުން ވަރަށް ބިރުވެތި ވިއެވެ. އަދި އުޑުގައި ވޮޑިގެންވާ ރަސްކަލާނގެ ކިބަފުޅަށް ޙަމްދު ކުރިއެވެ!


ދުނިޔޭގައި ތިބި މީސްތަކުން ވަނީ ރުޅިން ފުރިފަ. ނަމަވެސް މިހާރު އިނބަރަސްކަލާނގެ ކޯފާގެ ވަގުތު އަތުވެއްޖެ. މިއީ މަރުވެފައިވާ ފަރާތްތަކަށް ޙުކުމް ކުރުމުގެ ވަގުތުމެ. އަދި އިނބަރަސްކަލާނގެ ޚާދިމުން ކަމަށްވާ ނަބިއްޔުންނާއި، އިނބަރަސްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި އަދި އިނބަރަސްކަލާނގެ ކިބަފުޅަށް ޤަދަރުކުރި ހުރިހާ އެންމެންނަށް ޘަވާބު ދެއްވާނޭ ވަގުތު ވެސްމެއެވެ. އޭގެތެރޭގައިވާ އެންމެ ނިކަމެތިންނާއި އެންމެ މަތިވެރި ފަރާތްތަކަށް ވެސްމެ. އެއީ ދުނިޔެ ފަނާކުރި މީސްތަކުން ފަނާކުރުމަށްވާ ވަގުތު. އެއީ އެބައިމީހުން ދުނިޔެ ފަނާކުރި ފަދައިން ވެސްމެ!⁠“


ސާހިބުވަންތަ ރަސްކަލާކޮ! އިނބަ ކަލާނގެ ނަންފުޅަށް ގަދަރާއި ޙަމްދު ނުކުރާނީ ކާކު؟ އިނބަރަސްކަލާނގެ މަތިވެރިކަމާއި ދެކޮޅު ހަދާނީ ކާކު؟ ހަމައެކަނި މާތްކުރެވިގެން ވަނީ އިނބަރަސްކަލާނގެމެ. އެންމެހާ ޤައުމުތަކެއް އައިސް އިނބަރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރާނެ. ސަބަބަކީ އިނބަރަސްކަލާނގެ އަދުލުވެރި ގޮތްތައް އެމީހުންނަށް ފެނުނީތީ ވެސްމެ.⁠“


އެ ގަދަހޫނުން އެބައިމީހުން އަނދައިގެން ދިޔައެވެ. އަދި އެ މުސީބާތްތައް ފޮނުއްވީތީ މާތްރަސްކަލާނގެ ނަންފުޅަށް އެބައިމީހުން ކުފުރުގެ ބަސްތައް ބުންޏެވެ. ނަމަވެސް އެބައިމީހުން ތައުބާނުވެ އެކަލާނގެ ޖަލާލުވަންތަކަމާއިމެދު އިންކާރު ކުރިއެވެ.


އެބައިމީހުން ދުރުގައި ވާނެއެވެ. އެއީ އޭނާގެ ވޭންތަކުގައި ޙިއްސާކުރުމަށް އެބައިމީހުން ބިރުވެތިވެގެން ވާތީއެވެ. އެބައިމީހުން ބުނާނެއެވެ. ”⁠ހުރި ހިތާމައެއްގެ ބޮޑުކަމާއޭ! ހުރި ނުތަނަވަސްކަމާއޭ! އޭ މަތިވެރި ސަހަރު ބާބިލޭ! އެންމެ ގަޑިއެއްގެ ތެރޭގައި ތިޔަ ސަހަރަށް ޢުޤޫބާތް ލިބިދިނީއޭ!⁠“


ނަމަވެސް އެ ސަހަރަށް ލިބިގެންވާ ތަނަވަސްކަން ހަމަ އެއްމެ ގަޑިއެއްގެ ތެރޭގައި ގެއްލިގެން ދިޔަ.⁠“ އެންމެހައި އާގުބޯޓު ފަހަރުގެ ކައްޕިތާނުންނާއި، ފަޅުވެރިންނާއި، ކަލާސީނުންނާއި، އެނޫންވެސް އެސަހަރުގެ ކަނޑުގެ މުއްސަނދިކަމުން ފައިދާ ނެގި މީހުން ވެސް ތިބޭނީ އެސަހަރާއި ދުރުގައެވެ.


އެބައިމީހުންގެ އަމިއްލަ ބޮލަށް ވެލި އުކަމުން ދާނެއެވެ. އަދި އެބައިމީހުން ހިތާމަކޮށް ރޮމުން މިފަދައިން ގޮވަމުން ދާނެއެވެ. ”⁠ހުރި ހިތާމައެއްގެ ބޮޑުކަމާއޭ! މި މަތިވެރި ސަހަރަށް ހުރި ނުތަނަވަސްކަމުގެ ދެރަކަމާއޭ! މި ސަހަރަކީ އެންމެހާ ކަނޑު އުޅަނދުފަހަރުތަކުގެ ވެރިންނަށް އެއަންހެނާގެ މުއްސަނދިކަމުގެ ސަބަބުން މުއްސަނދި ކަން ގެނެސްދިން ސަހަރެއް! އަދި އެއްމެ ގަޑިއެއްގެ ތެރޭގައި އެ ހުރިހާ މުއްސަނދިކަމެއް ގެއްލިއްޖެ!⁠“


އެއަށް ފަހު ތަޚުތުކޮޅުން މިފަދައިން އަޑެއް އިވިގެން ދިޔައެވެ. ”⁠އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށް ޙަމްދުކުރޭ! އެކަލާނގެ އެންމެހައި ޚާދިމުންނާއި، އެކަލާނގެ އަށް ބިރުވެތިވާ ފަރާތްތަކުގެ ތެރެއިން އެންމެ ދަށް ފަރާތްތަކުން ފެށިގެން އެންމެ މަތިވެރި ފަރާތްތައް!⁠“


”⁠އަޅަމެންގެ ސާހިބުވަންތަ ރަސްކަލާކޮ! ޖަލާލަތާއި ގަދަރާއި ބާރު ލިބިގަތުމަށް އިނބަރަސްކަލާނގެ ކިބަފުޅަށް އެކަށީގެންވޭ. އެހެނީ ހުރިހާ ތަކެއްޗެއް ޚަލްޤު ކުރެއްވީ އިނބަރަސްކަލާނގެމެ. އަދި އިނބަރަސްކަލާނގެ ރުހިވޮޑިގެންވާ ފަދައިން އެތަކެއްޗަށް ދިރިހުރުމާއި އަދި ޙަޔާތު ދެއްވިން.⁠“


ދިރިހުރި އެހަތަރު މަޚުލޫގުން ކިޔަމުން ގެންދާ ސަނާތަކަކީ އެ ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތުގެ ޖަލާލަތުވަންތަކަމާއި އިއްޒަތްތެރިވަންތަކަމާއި އަދި އެފަރާތަށް ޝުކުރުވެރިވެ ކިޔަމުން ދާ ސަނާތަކެވެ. އެހެނީ އެފަރާތަކީ ދާއިމަށް ދިރިދެމި ވޮޑިގެންވާ ފަރާތް ކަމަށްވާތީއެވެ. މިފަދައިން އެމީހުން ކަންތައް ކުރާހިނދު،


އެއަށް ފަހު، ތިންވަނަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު ދަންމަރެއް ފަދައިން އަނދަމުން ދިޔަ ބޮޑު ތަރިއެއް އުޑުން ވެއްޓުނެވެ. އަދި އޭގެ ތިން ބައިކުޅަ އެއްބައި ކޯރުގެ ތެރެއަށާއި ފެންއާރުތަކުގެ ތެރެއަށް ވެއްޓުނެވެ.


ކަލޭމެންގެ ގައިގައި ނަގާފައި ހުރި މުލިހީގެ ސޫރައާއި އަދި ޤައުމު ހަލާކުކުރަމުން ދާ މީދާތަކުގެ ސޫރަ ހަދައިގެން ގެންގޮސް އިސްރާއީލުގެ ކަލާނގެއަށް މާތްކޮށް ހިތައިފި ނަމަ، ފަހަރުގައި ކަލޭމެންގެ ގައިންނާއި ކަލޭމެންގެ ކަލާނގެތަކުންނާއި ކަލޭމެންގެ ބިމުން އަތްޕުޅު އުފުއްލަވައިފާނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ