Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 14:18 - ކިތާބުލް މުޤައްދަސާ

18 އެއަށް ފަހު އިތުރު އެހެން މަލާއިކަތެއް ޤުރުބާން ހުށަހަޅުއްވާ މުޤައްދަސް އަށިން ނުކުމެ ވަޑައިގެންނެވިއެވެ. އެއީ އަލިފާނުގެ މައްޗަށް ބާރު ދެއްވާފައިވާ މަލާއިކަތާއެވެ. އެ މަލާއިކަތާ ތޫނު ބަޅުވަޅި ހިއްޕަވައިގެން ހުންނެވި މަލާއިކަތާއަށް ހަރުއަޑުން ވިދާޅުވަމުން ގެންދެވިއެވެ. ”⁠ތިބާގެ ބަޅުވަޅީގެ ބޭނުން ކުރައްވާ. ދުނިޔޭގައި ހުރި މޭބިސްކަދުރު ވެލުން މޭބިސްކަދުރު ކަނޑުއްވާ. ސަބަބަކީ މޭބިސްކަދުރުތައް ވަނީ ދޮންވެފަ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 14:18
7 ပူးပေါင်းရင်းမြစ်များ  

ދެން ގޮވާން ނުކުމެ ތާޒާވެ ގޮވާން ކަނޑާ ވަގުތު ކުރިމަތިވެދޭ. އެ ހިނދު ދަނޑުވެރިޔާ އޭނާގެ ވަޅިން ގޮވާން ކަނޑާނެ.⁠“


މިއަށް ފަހު، ޤުރުބާނީ އަށިން މިފަދައިން ވިދާޅުވި އަޑު އަހަރެން އެހީމެވެ. ”⁠ސާހިބުވަންތަ، ކުޅަދުންވަންތަ މާތްރަސްކަލާކޮ! ހަމަކަށަވަރުން އިނބަރަސްކަލާނގެއީ ތެދުވެރިކަމާއި ޢަދުލްވެރިކަމާއެކު އިންސާފުކުރައްވާ ރަސްކަލާނގެމެ!⁠“


އެއަށް ފަހު ހަތަރުވަނަ މަލާއިކަތާ އެ މަލާއިކަތާގެ ބޯތަށިކޮޅު އިރަށް އޮއްސާލެއްވިއެވެ. އަދި އޭގެ ހޫނުން މީސްތަކުން އަނދައިގެން ދިއުމަށް ހުއްދަ ކުރެވުނެވެ.


ހުވަނދު އަޅާ ރަނުގެ ދުންކިބާއެއް ހިއްޕަވައިގެން އިތުރު އެހެން މަލާއިކަތަކު ވަޑައިގެން ޤުރުބާނީ އަށިކޮޅުގެ ކައިރީގައި ކޮއްޅަށް ހުންނެވިއެވެ. މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންގެ ދުޢާތަކާއެކުގައި ހުށަހެޅުމަށްޓަކައި އެ މަލާއިކަތާއަށް ނުހަނު ގިނަ ހުވަނދު ދެއްވިފައިވިއެވެ. އަދި އެމަލާއިކަތާ ތަޚުތުގެ ކުރިމަތީގައި ހުރި ރަނުން ހައްދަވާފައިވާ ޤުރުބާނީ އަށިކޮޅަށް ވެސް ހުވަނދު އެޅުއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ