Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 14:17 - ކިތާބުލް މުޤައްދަސާ

17 އެއަށް ފަހު އެހެން މަލާއިކަތަކު ސުވަރުގޭގައި ހުރި މާތްކަލާނގެ ގެކޮޅުން ވަޑައިގަންނަވަނިކޮށް އަހަރެން ދުށީމެވެ. އަދި އެ މަލާއިކަތާގެ އަތްޕުޅުގައި ވެސް ތޫނު ބަޅުވަޅިއެއް އޮތެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 14:17
7 ပူးပေါင်းရင်းမြစ်များ  

އުޑުގައި ހުރި މާތްކަލާނގެ ގެކޮޅު ވަނީ ހުޅުވިފައެވެ. އަދި ޢަހުދުނާމާ ފޮށިކޮޅު ވެސް އެތަނުން ފެނުނެވެ. އެއަށް ފަހު، ހޮނުގެ ވިދުވަރާއި ގުގުރީގެ ބާރު އަޑާއި ބިންހެލުން އައެވެ. އަދި ގަނޑުފެނުގެ ބަރު ގުޅަގުޅަ ވެހުނެވެ.


ވީމާ، ވިލާގަނޑުގައި އިށީނދެވަޑައިގެން އިންނެވި ފަރާތުން އެކަލޭގެފާނުގެ އަތްޕުޅުގައިވި ބަޅުވަޅި ދުނިޔޭގެ ތެރެއަށް ވިހުރުވައި ލެއްވިއެވެ. އަދި ދުނިޔޭގައިވި ގޮވާންތައް ކަނޑައި އެއްކުރިއެވެ.


އެއަށް ފަހު އިތުރު އެހެން މަލާއިކަތެއް ޤުރުބާން ހުށަހަޅުއްވާ މުޤައްދަސް އަށިން ނުކުމެ ވަޑައިގެންނެވިއެވެ. އެއީ އަލިފާނުގެ މައްޗަށް ބާރު ދެއްވާފައިވާ މަލާއިކަތާއެވެ. އެ މަލާއިކަތާ ތޫނު ބަޅުވަޅި ހިއްޕަވައިގެން ހުންނެވި މަލާއިކަތާއަށް ހަރުއަޑުން ވިދާޅުވަމުން ގެންދެވިއެވެ. ”⁠ތިބާގެ ބަޅުވަޅީގެ ބޭނުން ކުރައްވާ. ދުނިޔޭގައި ހުރި މޭބިސްކަދުރު ވެލުން މޭބިސްކަދުރު ކަނޑުއްވާ. ސަބަބަކީ މޭބިސްކަދުރުތައް ވަނީ ދޮންވެފަ!⁠“


އެއަށް ފަހު، މާތްކަލާނގެ ގެކޮޅުގެ ތެރެއިން ހަތް މަލާއިކަތުންނަށް ހަރުއަޑުން މިފަދައިން ވިދާޅުވި އަޑު އަހަރެން އެހީމެވެ. ”⁠އެ ހަތް ބޯތަށިތަކުގައި ވީ މާތްރަސްކަލާނގެ ކޯފާތައް ދުނިޔެއަށް އޮއްސާލާ!⁠“


އެންމެފަހުން، ހަތްވަނަ މަލާއިކަތާ އެ މަލާއިކަތާގެ ބޯތަށިކޮޅު ވައިގެ ތެރެއަށް އޮއްސާލެއްވިއެވެ. މާތްކަލާނގެ ގެކޮޅުގެ ތެރޭގައި ހުރި ތަޚުތުން ހަރުއަޑަކުން ވިދާޅުވިއެވެ. ”⁠ހުރިހާކަމެއް ނިމިއްޖެ!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ