Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 14:15 - ކިތާބުލް މުޤައްދަސާ

15 އެއަށް ފަހު، މާތްކަލާނގެ ގެކޮޅުގެ ތެރެއިން މަލާއިކަތަކު ބޭރަށް ނުކުމެވަޑައިގެން ވިލާގަނޑުގައި އިށީނދެވަޑައިގެން އިންނެވި ފަރާތަށް ހަރުއަޑުން ވިދާޅުވިއެވެ. ”⁠ކަލޭގެފާނުގެ ބަޅުވަޅި ނަންގަވައިގެން ބިމުގައިވާ ގޮވާން ކަނޑުއްވާ. ސަބަބަކީ ގޮވާން ކެނޑުމުގެ ވަގުތު އަތުވެއްޖެ. އަދި ބިމުގައި ހުރި މޭވާތައް ވަނީ ދޮންވެ ތާޒާވެފަ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 14:15
20 ပူးပေါင်းရင်းမြစ်များ  

އަބްރާމް މާތްރަސްކަލާނގެ ބަސްފުޅު ގަބޫލުކުރެއްވިއެވެ. އަދި އެކަލާނގެ އަބްރާމްގެ އީމާންކަމުގެ ސަބަބުން އެކަލޭގެފާނު ޞާލިޙެއް ކަމުގައި ކަނޑައެޅުއްވިއެވެ.


ގޮވާން ކެނޑުމާއި ހަމައަށް ވިނަގަސްތަކާއި އެކުގައި ގޮދަންގަސްތައް ހެދި ދިއުމަށް ދޫކޮށްލާ. ގޮވާންކެނޑުމުގެ ވަގުތު އައުމުން ގޮވާންކަނޑާ މީހުންނަށް އަހަރެން ބުނާނަން. ”⁠ފުރަތަމަ ވިނަގަސްތައް ބޮނޑި ބޮނޑިއަށް ބަނދެ އެ ތަކެތި އަންދާލާށޭ. އަދި އެއަށް ފަހު ގޮދަންތައް އަހަރެންގެ ގުދަނަށް ލައި ރައްކާ ކޮށްލާށޭ.⁠“⁠‘⁠“


އަދި ދަނޑުގައި ނުބައި އޮށްތައް އިންދި ޢަދުއްވަކީ ޝައިތާނާ. ގޮވާން ކަނޑާނީ އާޚިރަތް ދުވަހުން. އަދި ގޮވާން ކަނޑައިދޭ ފަރާތްތަކަކީ މަލާއިކަތުން.


ވީމާ ކަލޭމެންގެ ކާބަފައިން ފެށިކަންތައް ކަލޭމެންވެސް ގޮސް ކޮށް ނިންމާ!


ދެން ގޮވާން ނުކުމެ ތާޒާވެ ގޮވާން ކަނޑާ ވަގުތު ކުރިމަތިވެދޭ. އެ ހިނދު ދަނޑުވެރިޔާ އޭނާގެ ވަޅިން ގޮވާން ކަނޑާނެ.⁠“


ބަނީއިސްރާއީލު ނޫން ދަރިކޮޅުގެ މީހުންނަށް ލިބިދޭ ދިންނެވުމުގެ ވަޢުޡު އިއްވުން ހުއްޓުވުމަށް ބަނީއިސްރާއީލުން މަސައްކަތް ކުރެއެވެ. މިފަދައިން އަމަލުކުރުމުން ބަނީއިސްރާއީލުންގެ ފާފަތައް ގިނަވެ، އެމީހުންގެ ފާފައިގެ ހައްދުފަހަނަޅައި ދެއެވެ. އެންމެފަހުން މާތްރަސްކަލާނގެ ކޯފާ އެބައިމީހުންގެ މައްޗަށް ފޮނުއްވައެވެ.


އުޑުގައި ހުރި މާތްކަލާނގެ ގެކޮޅު ވަނީ ހުޅުވިފައެވެ. އަދި ޢަހުދުނާމާ ފޮށިކޮޅު ވެސް އެތަނުން ފެނުނެވެ. އެއަށް ފަހު، ހޮނުގެ ވިދުވަރާއި ގުގުރީގެ ބާރު އަޑާއި ބިންހެލުން އައެވެ. އަދި ގަނޑުފެނުގެ ބަރު ގުޅަގުޅަ ވެހުނެވެ.


މި ބިމު ދާއްބަ ކަނޑު ދާއްބައަށް ލިބިގެންވާ ހުރިހާ ބާރެއް ކަނޑުދާއްބައަށްޓަކއި ބޭނުންކުރިއެވެ. ދުނިޔޭގައި ދިރިއުޅެމުން ގެންދާ ހުރިހާ އެންމެން އެ ފަސޭހަނުވާފަދަ ޒަޚަމް ރަނގަޅުވެފައިވާ ކަނޑު ދާއްބައަށް އަޅުކަން ކުރުމަށް ބިމު ދާއްބަ މަޖުބޫރު ކުރިއެވެ.


އެއަށް ފަހު، އަހަރެން ބަލައިލީމެވެ. އަދި އަހަރެންގެ ކުރިމަތީގައި ހުދު ކުލައިގެ ވިލާގަނޑެއް ވަނިކޮށް އަހަރެން ދުށީމެވެ. އަދި އެ ހުދު ކުލައިގެ ވިލާގަނޑުގައި އިށީނދެ ވަޑައިގެން އިންނެވީ އިންސާނާގެ ދަރިކަލުން ހެން ހީވާ މީހެކެވެ. އެކަލޭގެފާނުގެ އިސްތަށިފުޅުގައި ރަނުގެ ތާޖެއް ވިއެވެ. އަދި ވަރަށް ތޫނު ބަޅުވަޅިއެއް އެކަލޭގެފާނުގެ އަތްޕުޅުގައި އޮތެވެ.


ވީމާ، ވިލާގަނޑުގައި އިށީނދެވަޑައިގެން އިންނެވި ފަރާތުން އެކަލޭގެފާނުގެ އަތްޕުޅުގައިވި ބަޅުވަޅި ދުނިޔޭގެ ތެރެއަށް ވިހުރުވައި ލެއްވިއެވެ. އަދި ދުނިޔޭގައިވި ގޮވާންތައް ކަނޑައި އެއްކުރިއެވެ.


އެއަށް ފަހު އެހެން މަލާއިކަތަކު ސުވަރުގޭގައި ހުރި މާތްކަލާނގެ ގެކޮޅުން ވަޑައިގަންނަވަނިކޮށް އަހަރެން ދުށީމެވެ. އަދި އެ މަލާއިކަތާގެ އަތްޕުޅުގައި ވެސް ތޫނު ބަޅުވަޅިއެއް އޮތެވެ.


އެއަށް ފަހު އިތުރު އެހެން މަލާއިކަތެއް ޤުރުބާން ހުށަހަޅުއްވާ މުޤައްދަސް އަށިން ނުކުމެ ވަޑައިގެންނެވިއެވެ. އެއީ އަލިފާނުގެ މައްޗަށް ބާރު ދެއްވާފައިވާ މަލާއިކަތާއެވެ. އެ މަލާއިކަތާ ތޫނު ބަޅުވަޅި ހިއްޕަވައިގެން ހުންނެވި މަލާއިކަތާއަށް ހަރުއަޑުން ވިދާޅުވަމުން ގެންދެވިއެވެ. ”⁠ތިބާގެ ބަޅުވަޅީގެ ބޭނުން ކުރައްވާ. ދުނިޔޭގައި ހުރި މޭބިސްކަދުރު ވެލުން މޭބިސްކަދުރު ކަނޑުއްވާ. ސަބަބަކީ މޭބިސްކަދުރުތައް ވަނީ ދޮންވެފަ!⁠“


ހަތް އާފާތްތައް ހިފަހައްޓަވައިގެން ތިއްބެވި ހަތް މަލާއިކަތުން މާތްކަލާނގެ ގެކޮޅުން ބޭރަށް ނުކުމެ ވަޑައިގަތެވެ. އެ މަލާއިކަތުން ތުރުކުރައްވައިގެން ތިއްބެވި ސާފު ލިނެން ފޮތީގެ ފޭރާން ކޮޅުތައް ބަބުޅަމުން ދިޔައެވެ. އެ މަލާއިކަތުންގެ މޭމަތިފުޅުގެ ވަށައިގެން ރަން ބާސްކީލިތަކެއް އެޅުވިގެން ވިއެވެ.


އެންމެފަހުން، ހަތްވަނަ މަލާއިކަތާ އެ މަލާއިކަތާގެ ބޯތަށިކޮޅު ވައިގެ ތެރެއަށް އޮއްސާލެއްވިއެވެ. މާތްކަލާނގެ ގެކޮޅުގެ ތެރޭގައި ހުރި ތަޚުތުން ހަރުއަޑަކުން ވިދާޅުވިއެވެ. ”⁠ހުރިހާކަމެއް ނިމިއްޖެ!⁠“


އެބައިމީހުން ހަރު އަޑުން ގޮވަމުން ދިޔައެވެ. ”⁠ސާހިބުވަންތަ ރަސްކަލާކޮ! އިނބަރަސްކަލާނގެއީ މުޤައްދަސް އަދި ތެދުވެރި ފަރާތްމެ! މި ދުނިޔޭގައި އަޅަމެން ގަތުލުކުރި މީހުންނަށް ޢުޤޫބާތް ދެއްވުމުގައި ފައިސަލާ ކުރެއްވުމަށް އިނބަރަސްކަލާނގެ ކިހާ މުއްދަތެއް ނަންގަވާނަންތޯ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ