Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 13:7 - ކިތާބުލް މުޤައްދަސާ

7 މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އޭއްޗަށް ބާރު ލިބުނެވެ. އަދި އެބައިމީހުންގެ މައްޗަށް ފަތަޙަ ހޯއްދުމަށް ވެސް މެއެވެ. އަދި އެންމެހާ ގަބީލާތަކަށާއި، ނަސްލުތަކަށާއި، ބަހުރުވަތަކަށާއި، ޤައުމުތަކަށް އެފަދައިން އަމަލު ކުރުމަށްޓަކައި ވެސް އެ އެއްޗަށް ބާރު ލިބިގެން ވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 13:7
20 ပူးပေါင်းရင်းမြစ်များ  

އެކަމަކު އެކަންތައް ތިމަން ކަލާނގެ ނުކުރައްވައި މިހުންނެވީ ވަކި މަގުސަދަކަށްޓަކައޭ. އެއީ ތިމަންކަލާނގެ ކުޅަދުންވަންތަކަން މަނިކުފާނަށް ދައްކަވައި ތިމަންކަލާނގެ ނަންފުޅު ދުނިޔޭގައި ދެންތިބިހާ ބަޔަކަށް ދައްކަވައި ހާމަ ކުރެއްވުމަށޭ.


އަދި އިބިލީސް ބުންޏެވެ. ”⁠ކަލޭގެފާނު އަހަރެންނަށް ސަޖިދަކޮށްފި ނަމަ އަހަރެން ކަލޭގެފާނަށް މިހުރިހާ ޤައުމުތަކުގެ ވެރިކަން ކުރުމުގެ ބާރާއި އެޤައުމުތަކުގެ މުއްސަނދިކަން މިލްކުކޮށް ދޭނަން. އަހަރެންނަށް އެތަކެތި އަހަރެން ބޭނުން މީހަކަށް މިލްކު ކޮށްދިނުމުގެ ބާރު ލިބިގެން ވޭ. އެއީ މި ތަކެތީގެ މިލްކުވެރިއަކީ އަހަރެން.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އެފަދައިން ހިންމަވައި އެ ބާރު ތިބޭފުޅާއަށް ނުދެއްވި ނަމަ، ތިބޭފުޅާއަކަށް އަޅުގަނޑާ މެދަކު އެއްވެސް ކަމެއް ނުކުރެއްވުނީސް. އެހެންކަމުން އަޅުގަނޑު ތިބޭފުޅާގެ އަރިހަށް ގެނައި މީހާގެ ފާފަ، ތިބޭފުޅާގެ ފާފައަށް ވުރެން މާ ބޮޑު.⁠“


އެއަށް ފަހު، އަހަރެންނަށް އެންގެވިއެވެ. ”⁠އަދި އިތުރަށް ގިނަ ޤައުމުތަކަށާއި، ނަސްލުތަކަށާއި ބަހުރުވަތަކާއި ރަސްރަސްކަލުންނާއި މެދު މާތްރަސްކަލާނގެ ދެއްވި ޣައިބުގެ ޚަބަރުފުޅު އިޢުލާންކުރޭ.⁠“


ދުނިޔޭގައި ތިބި މީސްތަކުން ވަނީ ރުޅިން ފުރިފަ. ނަމަވެސް މިހާރު އިނބަރަސްކަލާނގެ ކޯފާގެ ވަގުތު އަތުވެއްޖެ. މިއީ މަރުވެފައިވާ ފަރާތްތަކަށް ޙުކުމް ކުރުމުގެ ވަގުތުމެ. އަދި އިނބަރަސްކަލާނގެ ޚާދިމުން ކަމަށްވާ ނަބިއްޔުންނާއި، އިނބަރަސްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި އަދި އިނބަރަސްކަލާނގެ ކިބަފުޅަށް ޤަދަރުކުރި ހުރިހާ އެންމެންނަށް ޘަވާބު ދެއްވާނޭ ވަގުތު ވެސްމެއެވެ. އޭގެތެރޭގައިވާ އެންމެ ނިކަމެތިންނާއި އެންމެ މަތިވެރި ފަރާތްތަކަށް ވެސްމެ. އެއީ ދުނިޔެ ފަނާކުރި މީސްތަކުން ފަނާކުރުމަށްވާ ވަގުތު. އެއީ އެބައިމީހުން ދުނިޔެ ފަނާކުރި ފަދައިން ވެސްމެ!⁠“


މި ދެ ހެކިވެރިން މާތްރަސްކަލާނގެ ޚަބަރުފުޅު އިއްވަވައި ނިމުމުން ފޫނެތް ފުން ވަޅުގަނޑުގެ ތެރެއިން ދާއްބައެއް ނުކުމެ، އެ ދެމީހުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އަންނާނެއެވެ. އެ ދެމީހުންގެ މައްޗަށް އެދާއްބަ ފަތަޙަ ހޯދައި އެދެމީހުން ގަތުލު ކުރާނެއެވެ.


އެއަށް ފަހު، އެ އެކަނބުލޭގެދެކެ ޑްރޭގަން ނުހަނު ރުޅި އައެވެ. އަދި އެކަނބުލޭގެ ދަރިންނާއި ދެކޮޅަށް ޑްރޭގަން ހަނގުރާމަ ކުރިއެވެ. އެއީ މާތްރަސްކަލާނގެ އެންމެހާ އަމުރުފުޅުތަކަށް ބޯލަނބައި، އީސާގެފާނަށް އީމާންވެ އެކަލޭގެފާނުގެ މައްޗަށް ހެކިދޭ ހުރިހާ އެންމެން ވެސްމެއެވެ.


އެއަށް ފަހު އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”⁠ތިބާ ދުށް އެ ފާޙިޝް އަންހެނާ އިށީނދެގެން އިން ކޯރުތަކަކީ ނަސްލުތަކާއި، ގަބީލާތަކާއި، ޤައުމުތަކާއި އަދި ބަހުރުވަތައް ވެސްމެ.


އެބައިމީހުން އާ ސަނާގެ ލަވައެއް ކިޔެވެ: ”⁠ފޮތް ނެގުމަށް އެކަށީގެން ވަނީ ކަލޭގެފާނު. އަދި ސިލު ކަނޑާލުމަށް ވެސްމެ. ކަލޭގެފާނު ވީ ގަތުލު ކުރެވިފަ. އަދި ކަލޭގެފާނު އަވަހާރަވެ ވަޑައިގެން ޤުރުބާންވި، އަދި ކަލޭގެފާނުގެ ލެއިން ކަލޭގެފާނު މާތްކަލާނގެއަށްޓަކައި މީހުން ގަނެދެއްވައިފީމު. އޭގެތެރޭގައި އެންމެހައި ޤަބީލާތަކުންނާއި، ބަހުރުވަތަކުންނާއި، ނަސްލުތަކުންނާއި، ޤައުމުތަކުން އައި މީހުން ހިމެނޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ