Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 13:5 - ކިތާބުލް މުޤައްދަސާ

5 މާތްރަސްކަލާނގެއަށް ކުފުރުބަސް ރައްދުކޮށް ފޮނިކެނޑުމަށް މި ކަނޑު ދާއްބައަށް ވަނީ ހުއްދަ ދެއްވާފައެވެ. އަދި އޭއްޗަށް ސާޅީސް ދެ މަސްދުވަސް ވަންދެން މި ބާރު ދެއްވާފައި ވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 13:5
17 ပူးပေါင်းရင်းမြစ်များ  

ހަމައެހެންމެ، މީސްތަކުން ދައްކާ ވާހަކަތަކުން ތިޔަބައިމީހުން އެއްގޮތަކަށް ވެސް މޮޔަހެއްދިޔަ ނުދޭށެވެ! އެހެނީ މީސްތަކުން މާތްރަސްކަލާނގެ އާއި އިދިކޮޅަށް ބަޣާވާތް ހިންގައި، އަދި މާތްރަސްކަލާނގެ ނައްތާލުމަށް ނިޔާކަނޑައަޅާފައިވާ އެކަލާނގެ ބޮޑު ދުޝްމަން ފަރާތް ފައުޅުވުމުގެ ކުރިން މާތްސާހިބާ އެނބުރި ވަޑައި ނުގަންނަވާނެއެވެ.


އަދި މީސްތަކުން އަޅުކަން ކުރާ ކޮންމެ އެއްޗަކާއި އޭނާ ދެކޮޅުވެރިވެ އެ ފަރާތްތަކުގެ މައްޗަށް ބާރުވެރިވެ އޭނާއަށް އަޅުކަން ކުރުމަށް ބުނާނެއެވެ. އަދި އެކަލާނގެ ބޮޑު ދުޝްމަން ފަރާތް ބައިތުލް މަޤްދިސްއަށް ގޮސް އެތަނުގައި އިށީނދެގެން އިނދެ ތިމަންނައަކީ މާތް ކަލާނގެ ކަމަށް އޭނާ ދަޢުވާ ކުރާނެއެވެ.


އެކަލާނގެ ބޮޑު ދުޝްމަން ފަރާތް ފައުޅު ވާނީ އޭގެ ފަހުންނެވެ. ނަމަވެސް މާތްސާހިބާ އީސާގެފާނު އޭނާ ގަތުލު ކުރައްވާނީ އެކަލޭގެފާނުގެ ނޭވާފުޅު ލައްވައެވެ. އަދި މާތްސާހިބާ ވަޑައިގެންނެވުމުގެ މަތިވެރިކަމުން އޭނާ މުޅީންމެ ނެތިކޮށްލާނެއެވެ.


މި ދެ ހެކިވެރިން މާތްރަސްކަލާނގެ ޚަބަރުފުޅު އިއްވަވައި ނިމުމުން ފޫނެތް ފުން ވަޅުގަނޑުގެ ތެރެއިން ދާއްބައެއް ނުކުމެ، އެ ދެމީހުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އަންނާނެއެވެ. އެ ދެމީހުންގެ މައްޗަށް އެދާއްބަ ފަތަޙަ ހޯދައި އެދެމީހުން ގަތުލު ކުރާނެއެވެ.


ނަމަވެސް ބޮޑު ބާޒަކަށް ލިބިފައިވާ ފަދަ ދެފިޔަ އެ އެކަނބުލޭގެއަށް ވެސް ވަނީ ލިބިފައެވެ. ވީމާ، ސަހަރާގެ ތެރޭގައި އެކަނބުލޭގެއަށް ތައްޔާރު ކުރެވިފައިވާ ތަނަށް ދިއުމަށްޓަކައި އެކަނބުލޭގެއަށް އުދުހެވޭނެއެވެ. އަދި އެތަނުގައި އެކަނބުލޭގެއަށް އަޅާލުމާއި އަދި ޑްރޭގަންގެ ކިބައިން ތިން އަހަރު ބައި ވަންދެން ސަލާމަތްތެރިކަން ލިބިގެންވިއެވެ.


ސަހަރާ ތެރޭގައި މާތްރަސްކަލާނގެ އެ އެކަނބުލޭގެއަށް ތައްޔާރު ކޮށްދެއްވި ތަނަށް ގޮސް އެކަނބުލޭގެ ފިލިއެވެ. އެތަނުގައި އެއްހާސް ދުއިސައްތަ ފަސްދޮޅަސް ދުވަސް ވަންދެން އެކަނބުލޭގެއަށް އެކަލާނގެ އަޅާލެއްވިއެވެ.


މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އޭއްޗަށް ބާރު ލިބުނެވެ. އަދި އެބައިމީހުންގެ މައްޗަށް ފަތަޙަ ހޯއްދުމަށް ވެސް މެއެވެ. އަދި އެންމެހާ ގަބީލާތަކަށާއި، ނަސްލުތަކަށާއި، ބަހުރުވަތަކަށާއި، ޤައުމުތަކަށް އެފަދައިން އަމަލު ކުރުމަށްޓަކައި ވެސް އެ އެއްޗަށް ބާރު ލިބިގެން ވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ