ހާމަކޮށްދެއްވުންތަކެއް 13:18 - ކިތާބުލް މުޤައްދަސާ18 އެ ދާއްބައިގެ ނަމްބަރު އުނގެނިގަތުމަށް އެދޭނަމަ ޙިކުމަތްތެރިކަން ބޭނުންވެއެވެ. ނަމަވެސް ތިޔަބައިމީހުންގެ ވިސްނުން ތޫނު ކަމުގައި ވާނަމަ މި އަދަދު ބަލައި ހެދޭނެއެވެ. އަދި މި އަދަދު އެތުރިފައި ވަނީ އިންސާނެއްގެ ނަމަށް ނިސްބަތް ކޮށެވެ. އޭނާގެ ނަމްބަރަކީ 666 އެކެވެ. အခန်းကိုကြည့်ပါ။ |
އެއަށް ފަހު، ސާފު ބިއްލޫރީގެ ކަނޑެއް ހެން ހީވާ ކަހަލަ އެއްޗެއް އަލިފާނާ އެކުވެފައިވާތަން އަހަރެން ދުށީމެވެ. އަދި ކަނޑު ދާއްބައާއި އޭތީގެ ސޫރައާއި ނަމްބަރުގެ މައްޗަށް ކާމިޔާބު ހޯދި ފަރާތްތައް އެ ފަރާތްތަކަށް މާތްކަލާނގެ ދެއްވި ހާޕްތައް ހިފައިގެން ކަނޑުގެ ކައިރީގައި ކޮއްޅަށް ތިބިތަން ވެސް އަހަރެން ދުށީމެވެ.