ހާމަކޮށްދެއްވުންތަކެއް 13:1 - ކިތާބުލް މުޤައްދަސާ1 އެއަށް ފަހު، ކަނޑުން ދާއްބައެއް އަރައިގެން އަންނަނިކޮށް އަހަރެން ދުށީމެވެ. އެދާއްބާގައި ހަތް ބޮލާއި ދިހަ ދަޅު ވިއެވެ. އޭގެ ކޮންމެ ދަޅެއްގައި ތާޖެއް ވިއެވެ. އަދި އޭގެ ކޮންމެ ބޮލެއްގައި ކުފުރު ނަމެއް ލިޔެވިފައިވިއެވެ. အခန်းကိုကြည့်ပါ။ |
ކަނޑު ދާއްބައިގެ ކުރިމަތީގައި ބިމު ދާއްބައަށް ލިބިގެންވާ ބާރުގެ ބޭނުންކޮށްގެން އޭތި ދެއްކި މުޢުޖިޒާތްތަކުން ދުނިޔޭގައި ތިބި މީސްތަކުން މޮޔަހެއްދުވިއެވެ. ކަނޑު ދާއްބައިގެ ސޫރަ ހަދައި އެއަށް އިޙްތިރާމް ކުރުމަށް ބިމު ދާއްބަ މީސްތަކުންނަށް އަމުރު ކުރިއެވެ. އެހެނީ މި ކަނޑު ދާއްބައަކީ ކަނޑިން ޒަޚަމްވެ ދިޔަ ހިނދު ވެސް މަރުނުވެ ދިރިހުރި ފަރާތެއް ކަމުގައި ވާތީއެވެ.
އެއަށް ފަހު، ސާފު ބިއްލޫރީގެ ކަނޑެއް ހެން ހީވާ ކަހަލަ އެއްޗެއް އަލިފާނާ އެކުވެފައިވާތަން އަހަރެން ދުށީމެވެ. އަދި ކަނޑު ދާއްބައާއި އޭތީގެ ސޫރައާއި ނަމްބަރުގެ މައްޗަށް ކާމިޔާބު ހޯދި ފަރާތްތައް އެ ފަރާތްތަކަށް މާތްކަލާނގެ ދެއްވި ހާޕްތައް ހިފައިގެން ކަނޑުގެ ކައިރީގައި ކޮއްޅަށް ތިބިތަން ވެސް އަހަރެން ދުށީމެވެ.
އެއަށް ފަހު މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން ހަނަފަސް ސަހަރާއެއްގެ ތެރެއަށް އެ މަލާއިކަތާ އަހަރެން ގެންދިޔައެވެ. ހަތް ބޮލާއި އަދި ދިހަ ދަޅު ހުރި ރަތްކުލައިގެ ދާއްބައެއްގެ މަތީގައި އިށީނދެ އިން އަންހެނަކު އަހަރެން ދުށީމެވެ. އެ ދާއްބައިގެ މުޅި ހަށިގަނޑު ފޮރުވިގެން ވަނީ މާތްރަސްކަލާނގެ ކިބަފުޅަށް ނިސްބަތް ކޮށް ލިޔެފައިވާ ކުފުރުގެ ބަސްތަކުންނެވެ.