ހާމަކޮށްދެއްވުންތަކެއް 12:6 - ކިތާބުލް މުޤައްދަސާ6 ސަހަރާ ތެރޭގައި މާތްރަސްކަލާނގެ އެ އެކަނބުލޭގެއަށް ތައްޔާރު ކޮށްދެއްވި ތަނަށް ގޮސް އެކަނބުލޭގެ ފިލިއެވެ. އެތަނުގައި އެއްހާސް ދުއިސައްތަ ފަސްދޮޅަސް ދުވަސް ވަންދެން އެކަނބުލޭގެއަށް އެކަލާނގެ އަޅާލެއްވިއެވެ. အခန်းကိုကြည့်ပါ။ |
ނަމަވެސް ބޮޑު ބާޒަކަށް ލިބިފައިވާ ފަދަ ދެފިޔަ އެ އެކަނބުލޭގެއަށް ވެސް ވަނީ ލިބިފައެވެ. ވީމާ، ސަހަރާގެ ތެރޭގައި އެކަނބުލޭގެއަށް ތައްޔާރު ކުރެވިފައިވާ ތަނަށް ދިއުމަށްޓަކައި އެކަނބުލޭގެއަށް އުދުހެވޭނެއެވެ. އަދި އެތަނުގައި އެކަނބުލޭގެއަށް އަޅާލުމާއި އަދި ޑްރޭގަންގެ ކިބައިން ތިން އަހަރު ބައި ވަންދެން ސަލާމަތްތެރިކަން ލިބިގެންވިއެވެ.
އެއަށް ފަހު މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން ހަނަފަސް ސަހަރާއެއްގެ ތެރެއަށް އެ މަލާއިކަތާ އަހަރެން ގެންދިޔައެވެ. ހަތް ބޮލާއި އަދި ދިހަ ދަޅު ހުރި ރަތްކުލައިގެ ދާއްބައެއްގެ މަތީގައި އިށީނދެ އިން އަންހެނަކު އަހަރެން ދުށީމެވެ. އެ ދާއްބައިގެ މުޅި ހަށިގަނޑު ފޮރުވިގެން ވަނީ މާތްރަސްކަލާނގެ ކިބަފުޅަށް ނިސްބަތް ކޮށް ލިޔެފައިވާ ކުފުރުގެ ބަސްތަކުންނެވެ.