Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 12:5 - ކިތާބުލް މުޤައްދަސާ

5 އެއަށް ފަހު، އެ އެކަނބުލޭގެ ފިރިހެން ދަރިއަކު ވިހެއެވެ. އެ ދަރިފުޅަކީ ދަގަނޑު އަސާއެއް ބޭނުންކޮށްގެން މުޅި ދުނިޔޭގެ ޤައުމުތަކުގެ މައްޗަށް ވެރިކަން ހިންގާނޭ ކުއްޖެކެވެ. ނަމަވެސް ނުހަނު އަވަހަށް އެ ކުއްޖާ މާތްރަސްކަލާނގެ ޙަޟްރަތާއި އެކަލާނގެ ތަޚުތުކޮޅަށް ނެންގެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 12:5
14 ပူးပေါင်းရင်းမြစ်များ  

ނަމަވެސް މަރިޔަމްގެފާނު އެ ދަރިކަލުންނާއިގެން ރައްކައުވެ ވަޑައިގެންނެވުމަށް ދާންދެން އޭނާ މަރިޔަމްގެފާނާއި އެއްދާން ނުކުރޭމެއެވެ. އަދި އެ ދަރިކަލުންގެ ނަމަކަށް އީސާގެ ނަމުން ނަން ދެއްވިއެވެ.


މާތްސާހިބާ އީސާގެފާނު އެބޭކަލުންނަށް މިވާހަކަފުޅުތައް ވިދާޅުވެދެއްވައި ނިންމެވި ހިނދު އެކަލޭގެފާނު އުޑަށް އުފުއްލެވިގެން ދިޔައެވެ. އަދި މާތްރަސްކަލާނގެ ޙަޟްރަތުގައި އެންމެ މަތިވެރިވެގެންވީ މަޤާމުގައި އެކަލޭގެފާނު ވަނީ ލަހައްޓަވާފައެވެ.


އެއަށް ފަހު، ސުވަރުގެއިން މިފަދައިން ވިދާޅުވެ ދިޔަ އަޑު އެ ދެ ނަބީ ބޭކަލުންނަށް އިވި ވަޑައިގަތެވެ. ”⁠މިތާ މައްޗަށް އާދޭ!⁠“ އަދި އެބޭކަލުންގެ ޢަދުއްވުން ބަލަން ތިއްބައި ވިލާގަނޑެއްގައި އެބޭކަލުން ސުވަރުގެއަށް ވަޑައިގެންނެވިއެވެ.


އެ ޑްރޭގަނަށް އޭތި ދުނިޔޭގެ ބިމަށް އެއްލައިލިކަން އެނގުނު ހިނދު ޑްރޭގަން އެކުއްޖާ ވިހެއި ކަނބުލޭގެ ފަހައިގަތެވެ.


އެކަނބުލޭގެ ވަނީ ވިހެއުމަށް ތައްޔާރުވެފައިވާ ޙާލުގައެވެ. އަދި ދަރިފުޅު ވިހެއުމުގެ ވޭނާއި ތަދުން ހަޅޭއްލެވިއެވެ.


އެކަލޭގެފާނުގެ އަނގައިން ތޫނު ކަނޑިއެއް ނުކުތެވެ. އެ ކަނޑިން އެންމެހާ ޤައުމުތައް އެކަލޭގެފާނު ފަތަޙަ ކުރައްވާނެއެވެ. ދަގަނޑު އަސާއަކުން އެބައިމީހުންގެ މައްޗަށް އެކަލޭގެފާނު ބާރު ހިންގަވާނެއެވެ. އަދި މާތް ކުޅަދުންވަންތަ މަތިވެރި ރަސްކަލާނގެ ކޯފާއިން މޭބިސްކަދުރުތައް އަޅާފައިވާ ތާނގީގެ ތެރޭގައި ހުރި މޭބިސްކަދުރުތައް އެކަލޭގެފާނުގެ ފައިންޕުޅުން ޗިސްކޮށް އެމޭބިސްކަދުރުން ދިޔަ ހައްދަވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ