Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 12:12 - ކިތާބުލް މުޤައްދަސާ

12 އޭ އުޑުތަކާ އަދި އުޑުތަކުގައި ތިބި ހުރިހާ އެންމެން އުފަލުގައިވޭ! ނަމަވެސް ބިމާއި އަދި ކަނޑަށް ބިރުވެރިކަން އަންނާނެ. އެހެނީ ޝައިތާނާ ބިމަށް އައީ ނުހަނު ރުޅިވެރި ކަމާއެކު. އެއީ އޭނާއަށް ލިބިގެންވަނީ ނުހަނު ކުޑަ ވަގުތުކޮޅެއްކަން އޭނާއަށް އެނގޭތީ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 12:12
18 ပူးပေါင်းရင်းမြစ်များ  

ފަހެ އީސާގެފާނު ވިދާޅުވިއެވެ. ”⁠މީސްތަކުންގެ ތެރެއިން އެންމެ ފާފަވެރިއަކުމެ ފާފައިން ދުރުވެ އެކަލާނގެ އެދިވޮޑިގެންވާ ފަދައިން ކަންކުރަން ފަށައިފި ހިނދު މާތްރަސްކަލާނގެ މަލާއިކަތުން ވެސް ހަމަ މިފަދައިން އުފާވެރި ވާނެ.⁠“


”⁠މަތިވެރިވެ ވޮޑިގެންވާ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ހުރި! ދުނިޔޭގައި އެކަލާނގެ ރުއްސެވުން ލިބިފައިވާ މީހުންނަށް އެކަލާނގެ ދެއްވާ ސުލްޙަ އަމާންކަމުގެ މަގު ދެއްވާނެ!⁠“


ފަތްފުށްތަކުގައި މިހެން އޮވެއެވެ: ”⁠ވަޑައިގަންނަވާނެ ފަރާތް ވަޑައިގަންނަވާކަށް މާގިނަ ދުވަހެއް ނެތެވެ.


ރަޙުމަތްތެރިންނޭވެ. ތިޔަބައިމީހުން މިކަން ހަނދާން ނައްތައި ނުލާށެވެ. މާތްރަސްކަލާނގެ ދެކެވޮޑިގަންނަވާ ގޮތުގައި އެންމެ ދުވަހެއް އެއްހާސް އަހަރު ފަދައެވެ. އަދި އެއްހާސް އަހަރުގެ މުއްދަތް އެއްދުވަސް ފަދައެވެ.


ދާއިމަށް ދިރިދެމި ވޮޑިގެންވާ ފަރާތުގެ ނަންފުޅުގައި އެ މަލާއިކަތާ ހުވައި ކުރެއްވިއެވެ. އެ ފަރާތަކީ އުޑުތަކާއި އަދި އެ އުޑުތަކުގައިވާހާ ތަކެއްޗާއި އަދި ދުނިޔެއާއި ދުނިޔޭގައިވާހާ ތަކެއްޗަކާއި އަދި ކަނޑާއި ކަނޑުގައިވާހާ ތަކެއްޗެއް ޚަލްޤު ކުރެއްވި ފަރާތެވެ. އަދި އެ މަލާއިކަތާ ވިދާޅުވިއެވެ. ”⁠އިތުރު އިންތިޒާރެއް ނުމެނެތްމެ!


އެ ދެމީހުން މަރުވުމުގެ ސަބަބުން ދުނިޔެމަތީގައި ޙަޔާތު ވޭތުކުރަމުން ގެންދާ ހުރިހާ އެންމެން އުފާކޮށް މަޖާކޮށް އުޅޭނެއެވެ. އެކަކު އަނެކަކަށް އެބައިމީހުން ހަދިޔާ ފޮނުވާނެއެވެ. އެއީ ދުނިޔެމަތީގައި ދިރިއުޅުނު ފަރާތްތަކަށް މި ދެ ނަބިއްޔުން ތަފާތު މުސީބާތްތައް ކުރިމަތި ކުރައްވާފައިވާތީއެވެ.


އެނިމިދިޔައީ ދެވަނަ ބިރުވެރިކަމެވެ. ތިންވަނަ ބިރުވެރިކަން އަވަސްކަމާއެކު އަންނާނެއެވެ.


އެ ޑްރޭގަން ނަގައި އެއްލާލެވުނެވެ. އެއީ ގަދީމީ ހަރުފަ ވެސްމެއެވެ. އޭގެ ނަމަކީ: އިބިލީސް، ނުވަތަ ދުނިޔޭގެ ކެހިވެރިޔާ ކަމުގައި ވާ ޝައިތާނާއެވެ. އެ ޝައިތާނާ ދުނިޔޭގެ ތެރެއަށް އެއްލާލެވުނެވެ. އޭނާ އާއިއެކު އޭނާގެ މަލާއިކަތުން ވެސް އެއްލާލެވުނެވެ.


އޭތީގެ އަނގަ ހުޅުވައި މާތްރަސްކަލާނގެ ކިބަފުޅަށް ކުފުރު ބަސްތައް ބުނުމަށާއި، އެކަލާނގެ ނަންފުޅަށާއި، އެކަލާނގެ ވޮޑިގެންވާ ތަނަށާއި، އަދި ސުވަރުގޭގައި ޙަޔާތު ވޭތުކުރަމުން ގެންދާ ހުރިހާ އެންމެންނަށް ނުބައި ބަސްތައް ބުނުމަށެވެ.


ސުވަރުގޭގެ އަހުލުވެރިން އުފަލުގައިވާށެވެ. އެހެނީ އެ ސަހަރުގެ ނިމުން ހުރިގޮތާއި މެދު ވެސްމެއެވެ! މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި ނަބީބޭކަލުންނާއި މަންދޫބުން އުފަލުގައިވާށެވެ. އެހެނީ ތިޔަބައިމީހުންނާއި މެދު އެ ސަހަރު އަމަލުކުރި ކުރުމުގެ ޢުޤޫބާތް މާތްރަސްކަލާނގެ އެ ސަހަރަށް ދެއްވައިފިއެވެ!


އެއަށް ފަހު، އަހަރެން މައްޗަށް ބަލާލީމެވެ. އަދި ބާޒެއް ވައިގެ ތެރޭގައި އުދުހެމުން ހަރުއަޑުން ގޮވަމުން ދިޔައެވެ. ”⁠ހުރި ހިތާމައިގެ ބޮޑުކަމާއޭ! ބިރުވެރިކަމޭ! ބިރުވެރިކަމޭ! މި ދުނިޔޭގައި ޙަޔާތު ވޭތުކުރަމުން ގެންދާ ހުރިހާ އެންމެންނަށް ހުރި ބިރުވެރިކަމެއްގެ ބޮޑުކަމާއޭ! ދެން ތިއްބެވި ތިން މަލާއިކަތުން ވެސް އެ މަލާއިކަތުންގެ ތާޅަފިލިތައް ފުމެލެއްވުމަށް ތައްޔާރު ވެއްޖެ!⁠“


ފުރަތަމަ ބިރުވެރިކަން ނިމުނީއެވެ. މިއަށް ފަހު އަންނާނޭ ދެ ބިރުވެރިކަން ވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ